މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު، އެމްޑީޕީ ޕީޖީ އިންތިހާބުގައި މިއަދު ވޯޓު ލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ފެބުރުއަރީ 2022 - 15:24
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރާ އެކު، އެ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން ހޮވުމުގެ އިންތިހާބު މިއަދު ފަށައިފި އެވެ.
އެ ޕާޓީގެ އޮފީހުގައި ހަވީރު 5:30 ވަންދެން ކުރިއަށްގެންދާ ވޯޓުލުމުގައި ހަ މަގާމަކަށް މެމްބަރުން ހޮވާނެ އެވެ. އެއީ، ޕީޖީ ލީޑަރުކަމާއި ޑެޕިއުޓީ ޕީޖީ ލީޑަރުކަމާއި އަމީން އާންމު، ޗީވް ވިޕް އަދި ވިޕުންނެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީގެ ޕީޖީގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ އެކު، މިހާރު ވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާދަކުރައްވަ އެވެ.
އެމްޑީޕީ ޕީޖީ ލީޑަރުކަމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މިއަދު ވޯޓު ލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީޖީ ގުރޫޕްގެ ދެ ނައިބުންނަށް ކުރިމަތިލެއްވީ އެ މަގާމުގައި މި ވަގުތު ތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ޕީޖީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.
އެމްޑީޕީ ޕީޖީގެ މަގާމުތަކަށް ކުރިމަތިލައްވާފައިވާ މެމްބަރުނަށް، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މިއަދު ވޯޓު ލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.
ޕީޖީގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ހިޔާލުފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމެވެ. އަދި ޕާޓީގެ ސިޔާސަތު މަޖިލީހުގައި ދިފާއުކުރުން ކަަމަށް އަސާސީ ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްގެފާނު ހަސަން
19 February 2022
ކުރީ ފޮޓޯއިން އެފެންނަނީ ޑިމޮކޮރަސީގެ އައްޕަ ކިޔާގެން އުޅޭ ދިވެހިންގެ ތެރެއައް އިޔާދަވެގެން އުޅޭ ހަސަން ރަސްގެފާނު.
ސީޒަން ޖެކުހަން
18 February 2022
ހުރިހާކަމެއްގާ އެއްބައެއް. ޑިމޮކުރަސީ އޮންނަނީ ހަމައެކަނި ނަމުގާ އެކަނި.
އަހްމަދުު
18 February 2022
އަސްލަމް / ހުސެން ޝަހީމް / ބިގޭ - ހޮވޭނެ ކަމަށް ގަބޫލުކުރެވެނީ