މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ކިޔައިދޭން ބޭއްވި އިވެންޓުގައި މާލޭ ތެރޭގައި އައްޑާތައް ހުންނަ ގޮތުގެ ސްޓޯލްއެއް ފުލުހުން ހަދާފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
22 ފެބުރުއަރީ 2022 - 09:39
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގި ހުރިހާ ތަނެއް ބަންދުކޮށްފައި ވިޔަސް ތިން ތަނެއްގައި ގްރޫޕްތަކުން ގަދަ ދައްކައި ބަންދުކުރާ އިރަށް ހުޅުވަމުންދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
މަސްތުވާތަކެތީގެ އާއްމު ވިޔަފާރި ހުއްޓުވަން އައްޑާތައް ބަންދުކުރުމުގެ އޮޕަރޭޝަންގައި މާލޭގެ ހުރިހާ ތަނެއްގެ ވިޔަފާރި ފުލުހުން ހުއްޓުވައިލި އެވެ. އެކި ސަރަހައްދުތަކުގައި ފުޅާކޮށް ހިންގި 46 އައްޑާއެއްގައި ތަޅުއެޅުވިޔަސް އޭގެ ތެރެއިން ތިން ތަނެއްގެ ވެރިން ދަނީ ފުލުހުންނަށް ރުޅި ބާލައި ގަދަކަން ދައްކަމުންނެވެ. ފުލުހުން ގޮސް ބަންދުކުރާ އިރަށް ތަން ފަޅާލައި ވަދެ ވިޔަފާރި ކުރިއަށް ގެންދަނީ އެވެ.
"އެ ތިން ތަން އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެން ބަންދު ކޮށްފިން. ހަމަ ފަޅާލަނީ. ވެލްޑިން ކޮށްގެން ތިން މަސްކުރިން ބަންދުކުރީމާ ވެސް ފަޅާލި. އެކަމަކު ރޭގައި [އާދީއްތަ ދުވަހުގެ ރޭ] ވެސް އަޅުގަނޑުމެން މި ތަންތަން ބަންދުކޮށްފައި ވާނީ," ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްތުވާތަކެތީ ހާލަތު އޮތް މިންވަރު ފުލުހުން ކިޔައިދެނީ: ތިން އައްޑާއެއް ބަންދުކުރަން ދަނީ ހުރަސްއަޅަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ތަން ފަޅާލައި އެ ގުރޫޕް މީހުން ވަންނަނީ ޕެޓްރޯލްކުރަން ތިބެފައި ފުލުހުން އެ ތަނުން ދާ ވަގުތުތަކުގަ އެވެ.
މީގެ ތެރެއިން އެއް ގޭގެ ވެރިފަރާތަށް އެ މީހުންގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ.
ވިޔަފާރި ހުއްޓުވައި އެ މީހުން އެތަނުން ބޭރުކޮށް ތަޅުއެޅުވުމުން ރުޅި ބޭލީ ގޭގެ ވެރިފަރާތަށެވެ. މަސްތުވާތަކެތީގެ ހާލަތު ކިޔައިދޭން ފުލުހުން އިއްޔެ ބޭއްވި "މީޑިއާ އިވެންޓް" ގައި ދެއްކި ފޮޓޯއެއްގައި ފެންނަން އޮތީ ގެއަށް ވަންނަ ގޯޅިތެރެއަށް ގޭގެ ވެރިފަރާތް އެއްލާލާފައި އޮއްވަ އެވެ.
ފުލުހުން ބުނީ އެ ގޭގެ ވެރިފަރާތަށް ބިރުދައްކައި މަގުމައްޗަށް އެއްލާލީ އޭނާގެ އެއްބާރުލުމާ އެކު އެތަން ބަންދުކުރާތީ ކަމަށެވެ.
"ގޯޅިތެރެއަށް ގޭގެ ވެރިފަރާތް އެއްލާލާފައި އެ މީހުން ވަދެ މަސްތުވާތަކެތި ބޭނުންކުރަނީ. އޭނާ ކޮޓަރި ތެރޭގައި އޮތަސް ވަށާލައިގެން ތިބެ ވެސް މަސްތުވާތަކެތި ބޭނުންކުރޭ," އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ހަދާފައިވާ އައްޑާތަކުގެ ހާލަތު ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލުހުން ބުނި ގޮތުގައި އައްޑާތައް ހަދައި އެއްވެސް ތަނެއްގައި އެ ވިޔަފާރި ހިންގިޔަ ނުދޭނެ އެވެ.
ކެފޭގެ އުސޫލުން އެތަނުގައި ތިބެ ހިދުމަތް ހޯދާ ގޮތަށް ފުޅާދާއިރާގައި އެކަން ފެށީ 2015 ގަ އެވެ. އެ ތަންތަން ބަންދުކުރަން ފުލުހުން މަސައްކަތްތަކެއް ކުރިއަސް ބަންދު ނުވީ އެ މީހުންގެ ބާރުގަދަކަމާއި ގާނޫނީ ހުރަސްތައް ވެސް ހުރެގެންނެވެ. އޭރު އެ އިން ތަނެއްގައި އެއްފަހަރާ މަސްތުވާތަކެތި ބޭނުންކުރަން 20-25 މީހުން ވެސް ތިބެ އެވެ.
އެ ތަނުގައި ބޭނުންކޮށްފައި އެއް ބަޔަކު ނުކުތުމުން އެހެން ބަޔަކަށް އަނެއްކާވެސް އޮންނަނީ ވިޔަފާރި ހުޅުވިފަ އެވެ.
އައްޑާއެއްގެ ފާރުގައި ވިޔަފާރީގެ މައުލޫމާތުތައް ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ / މިހާރު
މި ފަހުން ފުލުހުން އެ ތަންތަން ބަންދުކުރަން ފެށީ ޕްރޮސިކިއުޓަ ޖެނެރަލްއާ މަޝްވަރާކޮށް، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުންނެވެ. އައްޑާތައް ހިންގާ ގެތަކުގެ ވެރިފަރާތަށް އެ ތަނުގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި ބޭނުންކުރާ ކަން އަންގައި ގާނޫނީ އިންޒާރު ދިނުމަށް ފަހު އެވެ. ބައެއް ގެތަކަށް ދައުވާކުރަން ވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިހަމްގެ ކޮއްކޮ
24 February 2022
ހުއްޓުވާ ހުއްޓުވާ...
ފާނަކޮށި
23 February 2022
މަސްތުވާތަކެތި ބޭނުންކުރާމީުންނަށް ގަދަ ބާރެއް ނޯންނާނެ....އެމީހުން ހައްޔަރު ކުރެވެނނެޖެހޭ.....ހައްޔަރު ކުރެވޭނޭ މިޤައުމެގައި ހުވާކޮށްފައި ތިބި ފުލުހުންނަށް
Yes
23 February 2022
ބިމާއި ގެދޮރު ނަގާ ދައުލަތަށް. އެންމެ ހަރުކަށި އަދަބުދީ. ހުއްޓުވޭނެ އިރާދަކުރެއްވިޔާ.
ބާލައާދަނު
23 February 2022
ދަގަނޑު ކެނޑޭނީ ދަގަނޑުން. ގަދަ ދައްކާ މީހާ މައިތިރި ކުރެވޭނީ ވެސް ގަދަ ދައްކައިގެން. ތަނެއް ނޫން ބަންދު ކުރަންވީ އެކަން ކުރާމީހުން. ޑީލަރުން.
ޒައިދު
23 February 2022
ކޮންމެވެސް ރަށެއްގައި ޕޮލިސް ޑްސްކެއް ބަހެއްޓިގެން ހޯމް މިނިސްޓަރު އިމްރާނު އެޔޮއްގެން އުފާ ފާޅު ކުރަނީ... ރޯ ނުފިލާ ތިބި ހޭލުންތެރިކަން ކުޑަ މިކަހަލަ މީހުން ސިޔާސަތު ކަނޑަ އަޅާ ހިސާބުގައި ތިބެގެން ވާނެ ރަނގަޅެއް ނޯންނާނެ.
ކްރޯޑް
22 February 2022
އިންޑިއާ އައުޓް ގޮވާ މީހުން ހައްޔަރު ކުރެވޭނެ އެއީ ކުރެވޭނެ ކަމެއް
ރަނާ
22 February 2022
ފުލުހުންގެ އަމުރަށް ކިޔަމަން ނުވީމަ ހައްޔަރު ކުރެވެނީ ހަމަ އެކަނި އިންޑިއާ އައުޓް ގޮވާ މީހުން އެކަނިތޯ ރައްޔިތުން ގުނބޯ ހެއްދިޔަސް ބިޑުވަރު ތިޔައީ
ވޯލް
22 February 2022
ފުލުުހުން މި ޤއުމުގައި ނެތީތޯ. އައްޑައިގެ ބޭރުގައި ބައިތިއްބަބަލަ ހުކުވޭތޯ. އަމަން އަމާން ކަން ނު ދެމެހެއްޓޭނެ ފުލުހުން ފިނި ކޮޓަރީގައި ތިބެގެން.
ގަނބާއާދަު
22 February 2022
މަ ކަންފަތުން އަޑު އަހާފަ ދެލޮލުން ދެކުނިން މި ގައު މުގަ ވެރިންކުރި ޔާ މީނު ކިޔާ ބޭފުޅަކު ޕޯޑިއަ މް އެތްގަ ހުރެފަ ދެއްކި ވާހަކައެތްގަ 1 ގުރާ މު މަސްތުވާތަކެތި ގެންގުނަސް އެ މީހަކު ކުށްވެރިއެތް ނުވާނޭ ބުނިތަން އެހެން ބުނީ މަ އެ ޖަލްސާގަ ތިބި މީހުން ނިކަން ބާރަށް އަތްޖެހިތަންވެސް މީ މިގައު މުގެ ވެރިންގެ ހާލަތު ދެންކިނެތްހޭ މި ގައު މުގަ ތިކަހަލަ ކަންކަން ހުއްޓުވާނީ މަ މިބުނާއެތި ކޮ މެންޓު ކޮށްފަތިބި މީހުންނަށް ގެޓްވާނެ ކަ މަށް މިބަލަނީ
ޢަލިދީދީއައްޑޫސިޓީ
22 February 2022
އެމްއެންޑީއެފްގެ ވަރުގަދަ ފޯސްއެއް މިގައުމު މިވަބާއިން ސަލާމަތްކޮށް ދިނުމަށް މިއަދު ނުކުންނަން ޖެހިއްޖެކަން މިޚަބަރު ނުވަތަ ލިއުން ކިޔާލުމުން ވަރަށް ސާފުކޮށް އެބައެނގޭ. ދިވެހިސިފައިންނަކީ ދިވެހި ގައުމާ ރައްޔަތުންނާއި ސަރުކާރާއި ރައްޔަތުންގެ މުދަލާއި ގެދޮރުގެ ހިމާޔަތާއި ރައްކައުތެރިކަން ކަށަވަރުކޮށް ދަމަހައްޓައިދިނުމަށް، ރައްޔަތުންގެ ފައިސާއިން ބޮޑުހޭދައެއްކޮށް ވަސީލަތް ހަމަކޮށްދީފައި ތިއްބެވި ބައެއް. ނުކުމެ ދެއްވާ! މިގައުމު ސަލާމަތްކޮށްދެއްވާ!