ޔުކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާކީވްގައި ޔުކްރެއިންގެ ދިދަ ނަގާފައި. -- ފޮޓޯ: އޭއެފްޕީ
22 ފެބުރުއަރީ 2022 - 14:15
ޔުކްރެއިނަށް ރަޝިއާ ސިފައިން އަރައި، އެ ގައުމު ހިފާފާނެ ކަމުގެ ބިރުވެރި ބޮޑުވެފައި ވާތީ، އެ ގައުމުގައި ތިބި ދިވެހި ދަތިވަރުން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.
ވަކިވެގަތުމަށް މަސައްކަތް ކުރާ ޔުކްރެއިންގެ އިރުމަތީގެ ދެ ޖުމްހޫރިއްޔާ އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިޔާ އިން އިއުތިރާފްވެ، އެ އެތަނަށް ރަޝިޔާ ސިފައިން ވަނުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދިވެހި ދަރިވަރުން އަނބުރާ ގެނައުމަށް ރައީސް އެންގެވުމާ ގުޅިގެން ފޮރިން މިނިސްޓްރީން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔުކްރެއުންގަައި 50 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ބައެއް ދަރިވަރުން އަމިއްލަ ހަރަދުގައި ރާއްޖެއަށް އައުމަށް ވެސް މިހާރު މަސައްކަތް ކުރަމުން އެބަދެ އެވެ.
ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ، އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލ2
23 February 2022
އެނގިޔަސް އަންނާނެ ގޮތެއް، އަންނަން ބޭނުން ވާ ލާރި ނުލިބެންޏާ ކިހިނެއް އަންނާނީ؟؟؟؟؟
ހީވޭ
23 February 2022
ޝާހިދު މަސްއޫލިއްޔަތު އަދާ ނުކުރާތީ ރައީސް ސީދާ ވެންނެވީ މިކަމަށް.
ޙިނި
22 February 2022
ތިތާތިބެ ކިޔެވުން ނިންމާލާ ރާއްޖެޔައް އައިއްސިއްޔާ ކިޔެވުން ހަލާކުވާނީ، އަދި ނުޅޭ ހަންގުރާމައެއް ފަށާކައް. ޜާއްޖޭގެ ސިޔާސީ މީހުން މީ ޖަހާހާ ބެރަކައް ނަށާބަޔެއް،
ކިލޯ
22 February 2022
ޔުކުރެއިނަކަށް ރަޝިއާ ސިފައިންނެއް ނާރައޭ، އެހިސާބު ވަކި ދެގައުމަކަށް ސުލްހަ ބަލަހައްޓަން ސިފައިން ފޮނުވީ އެދެގައުމުގެ ރައްޔިތުންގެ އެދުމުގެމަތިން.
ކަލްބުން
22 February 2022
މިއަދު ބައިޑެން އެއުޅެނީ ޕޫޓިންގ އާއި ކުޅެން އެކަމެއް ނުވާނެ
ޔހދ ބކރ
22 February 2022
ޔަހޫދީ އަކަށް ޔުކްރެއިން މީހުން ވެރިކަން ދިނުމަކީ އެމީހުނަށް ހެދުނު އެންމެ ބޮޑު ގޯސް. ޒެލެންސްކީ ގެ މައިންބަފައިން އިޒްރޭލަށް ފުރުވާލައިފި ކަމަށް ވާހަކަ އެބަދެކެވޭ.
ށަަި is
22 February 2022
ރައީސް އެންގެވީމަ ނޫނީ އެއްވެސް ކަމެއް ނުކުރާނެ، ފޮރިން މިނިސްޓްރީން ބުނީ ވަރަށް ގާތުން ބަލާކަމަށް
ހެވަން
22 February 2022
ރާއްޖެ އައުމަށް ވުރެ ތިތާ ތިބެ ކިޔެވުން ނިންމާލިއްޔާ މާ ރަނގަޅުވާނެ. ބޮޑު ހަނގުރާމައެއް ނުހިނގާނެ ތިތާކު. ރަޝިޔާވެސް އެމެރިކާވެސް މޮޔައެއް ނޫން.
ވަހީދު
22 February 2022
ހިސްޓްރީ ކިޔަވަން ދޭބަލަ
އާއިސާން
22 February 2022
އެކަން އެނގޭނެ އެމެރިކާއިން މިކަމުގެ ތެރެއަށް ވަދެގަތީމަ.
ސާބަސް!
22 February 2022
އެއްކަލަ އިނގޭ ކުދިންކޮޅު..... ބޮޑެތި ގައުމުތަކުން ވެސް ތިކަން ނޭނގޭތި ރަށުމީހުން ކާރި އެކިއަނީ އަވަހަށް ފައިބަން، ކަލޭކާރި ޕުޓިން ތަ ބުނީ ހަނގުރާމައެއްނުކުރާނޭ؟