މަގުމަތީ އުޅޭ ބަޔަކަށް ރާކީ ކާންދެނީ--
23 ފެބުރުއަރީ 2022 - 06:38
ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު، މަގުމަތީގައި އުޅޭ އާއިލާއަކަށް ކާންދޭ ވީޑިއޯއެއް އާންމުވުމުން ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށްފި އެވެ.
ރާކީ އިންސްޓަގްރާމުގައި އާންމުކުރި އެ ވީޑިއޯއެއްގެ ކެޕްޝަންގައި އޭނާ ވަނީ "ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ހުސްކޮށްގެން މަގުމަތީގައި އުޅޭ ފަގީރު ކުދިންނަށް" ކާންދޭން އެންމެންގެ ކިބައިން އެދިފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ އޭނާ ކާއެއްޗެހި ހިފައިގެން ކާރަކުން ފައިބާ މަންޒަރެވެ. އަދި މަގުމަތީގައި ދެ ކުޑަކުދިން ގޮވައިގެން އުޅޭ ދެ އަންހެނަކަށް ކާއެއްޗެހި ގެންގޮސްދީ. އޭނާގެ އަތުން ކުޑަކުއްޖާއަށް ކާން ދެނިކޮށް ވެސް ފެނެ އެވެ.
އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ ރާކީގެ ހިތްހެޔޮ އަމަލަށް ތައުރީފުކޮށްފަ އެވެ. އަދި ތަރިންގެ ފަރާތުން އެ ކަހަލަ ކަމެއް ފެނުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި ވަރަށް އުފާވެއްޖެ ކަމަށް އޭނާގެ ސަޕޯޓަރުން ބުންޏެވެ.
އެއީ ބަޔަކަށް އޭނާ އެހީވަނިކޮށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ޕަޕަރާޒީންނަށް ވާހަކަ ދައްކަން ހުއްޓާ މީހުން އައިސް އެހީ އަށް އެދުމުން ކޮންމެ ވެސް ކާއެއްޗެއް ގަނެފައި ދޭ މަންޒަރު ފެނިފައި އެބަހުއްޓެވެ.
މި ދުވަސްވަރު ރާކީ އުޅެނީ ވެސް ވަރަށް ހިތާމައިގަ އެވެ. އޭނާގެ ފިރިމީހާ ރިތޭޝްއާ ވަކިވާން ނިންމިކަން އިއުލާންކުރުމަށް ފަހު ޕަޕަރާޒީންނަށް ރާކީ ފެންނަނީ ވަރަށް ދެރަވެފައި ހުއްޓަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީމް42
23 February 2022
ތީ ރަގަޅު މީހެއް ނުން! ޕަބްލިސިޓީ ހޯދަނީ! ކުޅަދާނަ ނެށުންތެރިއެއ ވެސް ނުން! ހެލަން މެން ޕަދުމަ ކަންނާ، ކަލްޕަނާ އިޔަރ ، ބިންދޫ މެން ފަދަ އަބުރު ވެރި ކޮށް އުޅުނު ނުވަތަ އެފަދަ ހުނަރެއް ވެސް ހުރި މީހެއް ނުން!
ރަދީފްއޮފިޝިއަލް
23 February 2022
ދެއްކުންތެރިކަން ދެއްތޯ!!؟؟