23 ފެބުރުއަރީ 2022 - 09:50
ގދ. ތިނަދު އަށް ވަރަށް ފަހުން ވެސް ފަސް ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށާއި އެ އެންމެން ވެސް ފިލާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން "ހަރުލާނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސޭނެތޯ" ބެއްލެވުމަށް ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވުމުން އެކަމަކު އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދަނީ ކީއްވެ ކަމެއް އަދި ކިހިނެއް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"މި ފަހުން ވެސް ފަސް ޑޮކްޓަރުން ފޮނުވިން. ހަމަ ފިލައިގެން ދަނީ. ޑޮކްޓަރުން ފޮނުވައި، ކަންކަން އެބަކުރެވޭ. ހިފެހެއްޓޭތޯ ބައްލަވައިދިނުމަކީ ވަރަށް ބޮޑު އެދުމެއް،" ނަސީމް ވިދާޅުވި އެވެ.
އެ ރަށުގައި ޑޮކްޓަރުން ފިލުމުގެ މައްސަލަ ބޮޑުވެގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ. ޑޮކްޓަރުން ފިލައިގެން ދާ ނަމަ އެއާޕޯޓުން ވެސް މިހާރު ހިފަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބޮޑު ހަރަދެއް ކޮށްގެން ޑޮކްޓަރުން ގެންނައިރު، އެ މީހުންގެ ފަރާތުން ސަރުކާރަށް ލިބެން ޖެހޭ އުޖޫރަތަކެއް ވެސް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ރަށްރަށަށް ފޮނުވާ ޑޮކްޓަރުންނަށް ވާނުވާ ގޮތް ކައިރިން ބަލައި ނުފިލާނެ ގޮތަކަށް އަމަލު ކުރެއްވުމަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދެން ފުރައިގެން ނުދެވޭނެ، ނޭނގިއެއް ހުއްދައެއް ނުލައެއް. ހޮސްޕިޓަލުގައި މީހުން ހަރުލެވޭނެ ގޮތް ހޯދުމަށް ދެ ފަރާތުން މަސައްކަތް ކުރަންޖެހޭ. ބޭނުންވާ އެހީއެއް ދޭނަން،" ނަސީމް ވިދާޅުވި އެވެ.
އެކި ގައުމުތަކުން ޑޮކްޓަރުން ގެނެސް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޮނުވުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރެ އެވެ. އެކަމަކު، އެހާ ބޮޑު ހޭދައެއް ކޮށްގެން ގެންނަ ޑޮކްޓަރުން ފިލާ މައްސަލަ ފުރަތަމަ ފަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެނައިއިރު، ރާއްޖެ އަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނުލިބޭ މައްސަލަ ބޮޑުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
23 February 2022
ފިލީ 2 ޑޮކްޓަރުން ، ނަސީމަށްވެސް ނޭނގޭ
ބަރުކަ
23 February 2022
ކުލިނިކަކުން ބިރު ދައްކާ ކަމަށް ވެދާނެ. ވިޔަފާރި
ނައިންޓީ
23 February 2022
ފިލި ޑޮކްޓަރުންގެ ފޮޓޯއާ ނަންތައް އިއުލާންކޮށްގެން މިގައުމުގެ އެހެން ތަނެއްގަ ވަޒީފާ އަދާކުރޭތޯ ބެލިބާ. ފްލައިޓަށް އަރައިގެން ފުރައިގެންދާކަން ނޭނގޭ ގައުމެއްގައި އަދި ފިލަން އެހާ ފަސޭހަ ގައުމެއްގަ ތިޔަ ކަހަލަ ކަންކަން ވާނެ. ނޭނގި ފުރައިގެންދާން އިންޑިއާ ޑރންނަށް މިހާރު މިގައުމުގަ ވަރަށް ފަސޭހަވާނެ. ގެނެވެނީ އަސްލު ޑރން ނޫން ކަމަށްވާނަމަ އަދި ފިލަން މާ ފަސޭހަވާނެ. ދެން ގެންނަ ޑޮކްޓަރުންގެ ޓެގް އަޅުވާފަ ކަންނޭނގެ ދެން ބައިތިއްބަންޖެހޭނީ.
އޭނަ
23 February 2022
ތިނަދޫގައި އަންހެނުންގެ ހާއްސަ ސްކޭން ޑަކުޓަރަކުނެތި 2 މަސް ދުވަސްމިވަނީ. ބޮޑުހުވަދޫ މީހުން މިޖެހެނީ ސްކޭންގަޑެއްހަދަންވެސް މާލެއަށްދާން. ކޮބާ މަޖިލިސް މެންބަރުން މިކަން ބަލައިދީބަލަ. ލާމަރުކަޒު ވިތައުޓް ރިސޯސްއިޒް ޑޭންޖުރެސް. މިއީ މާލޭ މީހާ ކުރުވާކަމެއްބާއޭ ހިތަށްއަރާ.
1828
23 February 2022
މާލޭ މީހާއެއްނޫން. އެހެން ނަމަވެސް މިއީ މާލޭ ސަރުކާރުން މާލޭ ރައްޔިތުންނަށް އާމްދަނީ ހޯދައިދިނުމަށް ކޮށްދޭ ކަމެއް.
ދެންވެސް ނުވިއޭ ނުކިޔާތި.
23 February 2022
ހުސް ބަންގާޅީންތަ ގެންނަނީ. މިހެންމިބުނީ ޕާސްޕޯޓްގަނޑު ހޫރާލާފައި ފިލައިގެން އުޅޭ ބަޔަކީ އެއީ ކަމަށްވާތީ. މީހާ 80 އަހަރަށްވުރެން އުމުރު މަތިވެ ކިޔޭނުކިޔޭ އެއްޗެއް ވާނުވާއެއް ނޭނގޭ ހިސާބަށް ދިޔައިމަ ބޮޑެތިހައި މަގާމްތައް އަދާކުރުމަކީ ތަބައީ ގޮތުންވެސް ކުރެވޭނެ ކަމެއްނޫން.
ޢެޑްމުންޑޯ
23 February 2022
ތިނަދޫން ޑރ އިން ފިލަނީ ކޮންމެވެސް އަޑިނޭގޭ ކަންތައްތަކެއް ހޮސްޕިޓަލުން ، ނުވަތަ އެރަށުން ދިމާވެގެން ،، މިކަން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ،،،
މަންމަ
23 February 2022
ބަލަ ފިލައިގެން ދާތަނެއް ހަމަ ނޭގެނީ ތަ؟ މަށަށް ހީވަނީ ފިލައިގެން އުޅެން ދޫކޮލާފަ ތިބީ ހެން. މި ދެން ބޮޑުވަރު!!
ހިޖާމު
23 February 2022
ދެން ފެންނާނީ ރަށުން ބޭރުން (މާލޭގައި). އިނދެގެން އުޅޭ މީހާވެސް ރާއްޖެގެނުވައިގެން (އޭނާވެސް ވަޒީފާ ދިންފަރާތަށް ފިލައިގެން) ކޮންމެވެސް މަހުޖަނު ވިޔަފާރިވެރިޔަކުން ހިންގާ ޕުރައިވެޓު ކުލިނިކެއްގައި ސައިކޮލޮޖިސްޓެއްގެ ވަޒީފާގައި ހުއްޓާ،.
ހެސްކިޔާފަ
23 February 2022
ޔާމީން އެހިންގާ ހަރަކާތުގެ ސަބަބުންވާގޮތެއް. ފިލަނީ އިންޑިއާ ޑޮކުޓަރުން.ތިނަދޫގެ ކަމެއްނޫން މީ .
1828
23 February 2022
އިންޑިއާ އައުޓް.
ތެނަދޫހުތާ
23 February 2022
ޗެކްކޮށްލަދީ ރަށުގަ ހުންނަ ޕްރައިވެޓް ކުލިނިކުން ޑޮކްޓަރަށް އޮތް ނުފޫޒު....އެމީހުންގެ ވިޔަރާރިއަށް ނުފޮރުޅާ ގަލެއް ނޯންނަާނެ.. މިހާރު ހެލްތު މިނިސްޓްރީގެ ވެރިންނާއި ޑޮކްޓަރުންގެ ކްލިނިކްތައް މުޅި ރާއްޖޭގަ.. އެމީހުންގެ ވިޔަފާރި ހިންގުމަށް ރަށުގަ ހުންނަ ހޮސްޕިޓަލަށް ފިސާރި ދުއްޕާންކުރޭ...ރަނގަޅު ޑޮކްޓަރެއް ހަރުލިޔަ ނުދޭނެ