23 ފެބުރުއަރީ 2022 - 23:12
ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް ގައުމުގެ މަސްލަހަތާއި ސަލާމަތީ ރައްކާތެރިކަން ދޫކޮށްލެވެން ނޯންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޓީވީގެ ޒަރީއާއިން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްވި ކުރު ބަޔާނެއްގައި ޕުޓިން ވިދާޅުވި ގޮތުގައި، ރަޝިޔާގެ ގައުމީ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެންމެ ދަތި އުނދަގޫ ކަންކަމުގައި ވެސް މަޝްވަރާ ކޮށްގެން ހައްލު ހޯދުމަށް ރަޝިޔާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ހާލަތު ބަދަލުވަމުން ދަނީ ކިހާ އުނދަގޫ ގޮތަކަށް ކަން އަހަރެމެންނަށް އެބަ ފެނޭ. މިހާރު ހުރި ގޮންޖެހުންތަކުން ކުރިމަތިވަނީ ކިހާ ނުރައްކާތަކެއްކަން ވެސް އެބަ ފެނޭ. ހަތިޔާރު ފެތުރުން ހުއްޓުވުމުގެ ނިޒާމު ބަލިކަށިވުމާއި، ނޭޓޯ ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް އިތުރުވުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް،" ރައީސް ޕުޓިން ވިދާޅުވި އެވެ.
"ހަމަ އެއާއެކު، ހުރިހާ ގައުމުތަކެއް އިތުބާރާއެކު ހިމާޔަތްކޮށްދޭނެ ބައިބައިވުމެއް ނެތް އަދި ހުރިހާ ގައުމުތަކަކަށް ހަމަހަމަ ގޮތެއްގައި ސަލާމަތީ ރައްކާތެރިކަން ލިބިދޭ ނިޒާމެއް ގާއިމުކުރުމަށް ރަޝިޔާ އިން ގޮވައިލި ގޮވައިލުމަށް އަދިވެސް ޖަވާބެއް ނުލިބޭ."
ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އިން މަޝްވަރާ ކުރާނީ ވަކި ކަހަލަ ކަންތަކެއްގައެއް ނޫނެވެ. ގައުމީ މަސްލަހަތާ ފުށުނާރާ އަދި ގައުމުގެ ސަލާމަތާއި މިނިވަންކަމަށް ގެއްލުމެއް ނެތް ކޮންމެ ކަމެއްގައި މަޝްވަރާ ކުރުމަކީ ރަޝިޔާ އިން ވަރަށް އިހުލާސްތެރިކަމާއި ކުރަން ބޭނުންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ ސިފައިން ފޮނުވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އިއްޔެ ވަނީ އަޅައިފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، ރަޝިޔާގެ އެއްވެސް ވިޔަފާރި ކުންފުންޏަކާ އެކުގައި މާލީ އަދި ވިޔަފާރީގެ މުއާމަލާތެއް ހިންގުމާއި ލޯނުދިނުން އެމެރިކާގެ ގާނޫނު ހިނގާ އެއްވެސް މުއައްސަސާއަކަށް މަނާވާނެ އެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން، ޔޫރަޕާއި ރަޝިޔާއާ ދެމެދު ކުރާ މާލީ މުއާމަލާތްތަކަށް ވެސް ހުރަސް އެޅިގެންދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމީ ލޯބި
25 February 2022
ގައުމުގެ ޙަޒާނާއިން، ރައްޔިތުންގެ ލާރިން އެތަށް ޙަރަދެއް ކޮއްފަ ސިފައިން ފޮނުވައިގެން އެހެން ޤައުމެއްގެ ކުށެއްނެތް ރައްޔިތުން ތަކެށް މެރުން އެއީ ޤައުމީލޯބި؟!؟!
ނޭޓޯ
26 February 2022
ރަށިޔާޣެ ބިމިގެ ސަރަހައްދުގެ ބާޜު އެމެރިކާ ނަގާކަށް ރަށިޔާ ބޭނުމެއްނުވާނެ! ނޭޓޯ އޭކިޔަ ހަމައެކަނި ޤައުމުތަކަށް ހަނގުރާމަޔައް އަރާ ޖަމާއަތުން އެބިމައް ހަތިޔާރު ޖަމާކޮށް ހަދާއިރު ރަށިޔާކަހަލަ ދުނިޔޭގެ ބޮޑުވާރަކުން ބަލަން ތިބުމަކީ ފިނޑިނއަމަލެއް!!
ޙަބީބު.
24 February 2022
ދިވެހި މަސްކަނޑުތަކުން ވައްކަންކުރަނީ ރަހުމަތްތެރި ދެބިހުގެ ވެރި އިންޑި ޔާ ނަމަވެސް ސިފައިން ކީއްކުރާނީ މޯދީގޭގެ ދޮރުގަ ޓަކިޖަހާފަ ބުނީ ވެރިކަމައް ހަރަދުކޮއްދީ ވޯޓައް އަތްބޭނުމުން ގައުމު ހިތަކައް ދޭނެކަމައް ވެރިކަން ލިބުމުން އަގުދައްކަން މިޖެހުނީ ދިވެހިންގެ ކަރުފިއްތާފަ ލޭނެރެގެން ނަމަވެސް ގައުމުދެކެލޯބިވާ މީހުން އެފެންނަނީ ދެބިސްނުދީ ދަތިކުރީމަ އެގެއްލުންވެސް ވާނެ ނަމަވެސް ފަރުވާލެއްނެތް އިންޑި ޔާ މިލިޓަރީ އައުޓް ރައިޓްނައު
ރަދީފްއޮފިޝިއަލް
24 February 2022
''ނަމަވެސް ގައުމުގެ މަސްލަހަތާއި ސަލާމަތީ ރައްކާތެރިކަން ދޫކޮށްލެވެން ނޯންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.'' މިފެންނަނީ ގައުމުދެކެ ލޯބިވާ މީހުން.ފެނޭތަ؟؟ ފެނޭ ދޯ.ވ.ވެދުން
ހިސާބު
24 February 2022
ކޮންކަހަލަ ގައުމީ ލޯތްބެއް. ރައްޔިތުންގެ ޚަޒާނާ ދޮވެގެލައިގެން އެހުންނަނީ.