ތިން އަންހެނުން، އާޓިފިޝަލް ބީޗުގައި އިށީނދެލައިގެން: ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ގިނަކަމަށް ތަޖުރިބާކާރުން ވިދާޅުވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ފެބުރުއަރީ 2022 - 15:30
ރާއްޖޭގައި ސިޒޭރިއަން ހަދާ މީހުން ގިނަވެ، ވިހާ މީހުން މަދުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ސިއްހީ ދާއިރާގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު 99 ޕަސެންޓު މީހުން ވިހާފައި ވަނީ ހެލްތު ފެސިލީޓީއެއްގަ އެވެ. އަދި ހެލްތު ފެސިލިޓީގައި ވިއްސައިގެން ތުއްތު ދަރިފުޅު ނެގުމަށްވުރެ ސިޒޭރިއަން ހެދުން ގިނަ ވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ފާއިތުވި ފަސް އަހަރުގެ ނަމްބަރުތަކަށް ބަލާއިރު، ސިޒޭރިއަން ހަދާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން، 2016 ވަނަ އަހަރު ސިޒޭރިއަން ހަދާފައި ވަނީ 45 ޕަސެންޓު މީހުންނެވެ. އަދި އެ އަހަރު 55 ޕަސެންޓު މީހުން ގުދުރަތީ ގޮތުން ވިހާފައިވެ އެވެ. ޖެހިގެން އައި 2017 އަދި 2018 ވަނަ އަހަރު އެ އަދަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެ ދެ އަހަރު ވެސް 53 ޕަސެންޓު މީހުން ވިހައި 47 ޕަސެންޓް މީހުން ސިޒޭރިއަން ހަދާފައިވެ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ސިޒޭރިއަން އަދި ވިހެއި މީހުންގެ ރޭޓް ހުރީ 50 ޕަސެންޓުގަ އެވެ. އަދި 2020 ވަނަ އަހަރު ވިހެއި މީހުންގެ އަދަދު 48 ޕަސެންޓު އަދި ސިޒޭރިއަން ހެދި މީހުން ހުރީ 52 ޕަސެންޓުގަ އެވެ.
އަމިއްލަ އަށް ބޭނުންވެގެން 1،420 މީހުން ސިޒޭރިއަން ހެދިއިރު، އިމަޖެންސީ ހާލަތެއްގެ ސަބަބުން 1،821 މީހުން ސިޒޭރިއަން ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ..ޑރ.
28 February 2022
ސިޒޭރިއަން ހެދީމާ ޑޮކްޓަރުންނަށް އިތުރު ކޮމިޝަން ލިބޭ... އިންކަމް އިތުރުވޭ....
ނުރަބޯ
28 February 2022
ކޮންމެ ސާޖަރީއަކަށް ޑޮކްޓަރުންނަށް އިތުރަށް ލާރި ލިބޭނެ. އެހެންވެ އަވަސްކޮށްލާފަ ސިޒޭރިއަން ހަދަނީ
ޢާން
28 February 2022
ހާދަ ހިތާމަހުރި ވާހަކައެއް. ޢަޅުގަނޑުގެ ތަޖުރިބާގައި ޑރ ވެސް, ނަރުހުންވެސް އަދި އެހީތެރިންވެސް ވަރަށް ސަޕޯޓިވް. އެ ވޭނުގައި އުޅުނު އިރު ވަރަށް ހިތްވަރުދީ އަޅާލި.
ޙީހީ
28 February 2022
ކަލެއަށް މާ ބޮޑަށް އިނގެނީ. ބަރާބަރަށް ޑރ އަށް ދައްކައިގެން ބޭސް ވެސް ޤަވާއިދުން ކައިގެން މާތް ﷲ ގެ އިރާދަފުޅުން ވިހާ ގަދަވެ މިީނީ.
އެލެކްޓިވް
28 February 2022
"އަމިއްލަ އަށް ބޭނުންވެގެން 1،420 މީހުން ސިޒޭރިއަން ހެދިއިރު" މިއީ ނުބއި ވާހަކައެއް އޭގަ އޮންނާނީ އިލެކްޓިވް ސިޒޭރިއަން އޭގެ މާނައަކީ ކުރިން ޕްލޭން ކުރެވިގެން ޑަކްޓަރުގެ ލަފަޔާ އެއް ގޮތަށް ސިޒޭރިއަން ހެދުން. އޭގެ މާނައެއް ނޫން އަމިއްލަ އަށް އެދިގެން ސިޒޭރިއަން ހެދުމޭ. މައުލޫމާތު އޮޅުން ފިލުވާލައިން ލިއެބަލަ
ޑރ ޕެނަޑޯލް
28 February 2022
ދިވެހިރާއްޖޭގައި ޕެނަޑޯލް ޑޮކްޓަރުން އިތުރުވަމުންދާ ވަރަކަށް މިބާވަތުގެ އެންމެހައި ކަންކަން ދާނީ ގިނަވަމުން ވަމުން.
ށަވިޔަނި
28 February 2022
ތިއަދަދު އެނގުމުން މިއިން ދުވަހަކުސް ކަމަކާ ހައިރާން ނުވާވަރަށް ބޮޑަށް ހައިރާންވެއްޖެ. ތިއީ ބޮޑެތި މައްސަލަތަކަށްވުރެ ސީރިއަސްކަން ކުޑަ މައްސަލައެއް ނޫން.
ޮމާ
28 February 2022
ސަޒޭރިއަން ހެދުމަކީވެސް ހަމަ ވިހެއުން.. އެވެސް ވ ބޮޑު ވޭނެއް.. އެތައް ދުވަހެއް ވަންދެން ތަހައްމަލު ކުރަންޖެހޭ ވޭނެއް.. ޤުދުރަތީ ވިހެއުމަކުން ވިހަން ބޭނުންވާ ވ ގިނަ މީހުން އުޅޭ، އެކަމު މެދުވެރިވާ ހާލަތެއްގެ ސަބަބުން ސީސެކްޝަން އަކަށް ދަނީ.. ބައެއް މީހުންނަށް ހީވާ ކަހަލަ އޮޕަރޭޝަން ކުރަނީ ހައްޓަށް ފަސޭހައަށޭ، އެކަމު އެވެސް ހާދަ ބޮޑު ވޭނެކޭ..
ޖަމީލުބެ
28 February 2022
ފާޑު ފާޑުގެ ޓެބުތައް ބަލިވެ އިނުމުގެ ކުރިންނާއި ފަހުން ކައިގެން ބޭބީ މާ ބޮޑުވަނީ. ނެޗުރަލް ކާއެއްޗިހި ކައިގެން ނޫނީ ނުވިހޭނެ.
ގުދުގުދާބެއްޔާ
27 February 2022
އެއީ ގިނަ ދިވެހިއަންހެނުން ބޭނުންވާގޮތޯ؟ އެހެން ނޫނީ ވިހެއުމަށްފަހު ފިރިމީހާ ފޫހިވަމުން ނޯދާނީ! ހެހެހެ މިހާވަރުން އުޅޭއިރުވެސް ހާދަ ވަރި ގިނައޭދޯ؟
ލޯބި
27 February 2022
3 ދަރިން ވިހާއިރަށް ނުވިހާ ގޮތް ހަދަން ވެގެން ރާވައިގެން ހިންގާ ޖަރީމާއެއް ބޭނުން ނުވިއަސް ސިޒޭރިއަން ހަދަން އެއްބަސް ވާ ޖެހޭ ބޭބީ ގެ މައްސަލައެއް ނުވަތަ މަންމަ ގެ މައްސްލައެއް ދައްކާނެ ދެން ޖެހޭނީ އެއްބަސްވާން