ޚަބަރު / މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

އަމިއްލައަށް ޔޫކްރެއިނުން އައި ދަރިވަރުންގެ ހަރަދު ސަރުކާރުން ދެނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން--

ޔުކްރެއިންގައި ރަޝިއާ އިން ހަނގުރާމަ ފެށުމުގެ ކުރިން ބައެއް ދަރިވަރުން އަމިއްލަ ހަރަދުގައި ރާއްޖެ އަޔަސް، އެ ދަރިވަރުންގެ އަތުންދިޔަ ހަރަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި އެ ގައުމު ހިފައިފާނެ ކަމުގެ ބިރު ބޮޑުވެފައި ވާތީ، އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ސަރުކާރުގެ ހަރަދުގައި އެ ދަރިވަރުން ގެންނަން ނިންމިއިރު ބައެއް ދަރިވަރުން ތިބީ އަމިއްލަ އަށް ޓިކެޓު ނަގައިގެން ރާއްޖެ އަންނަން ހުރިހާ ކަމެއް ހަމަޖައްސައިގެންނެވެ. އަދި 25 ދަރިވަރަކު އަމިއްލަ ހަރަދުގައި އަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ތަހާރަތު ވަހީދު، "މިހާރު" އަށް ވިދާޅުވީ އެ ހުރިހާ ދަރިވަރުން ރާއްޖެ އައުމަށް ކުރި ހަރަދު މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށާއި މިހާރު ފިނޭންސް މިނިސްޓްރީ އަށް އެ މައުލޫމާތު ފޮނުވާފައިވާނެ ކަމަށެވެ.

ދަރިވަރުން އަމިއްލަ އަށް ކުރި ހަރަދު އެ ދަރިވަރުންނަށް ވަަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިނުގެ ހާލަތު ގޯސްވިއިރު އެކި ސަބަބުތަކާ ހުރެ އެތަނުން 27 ދިވެއްސަކަށް ނުނިކުމެވުނެވެ. އެކަމަކު ޔޫކްރެއިނުގެ އިވާނޯގައި އުޅެމުން އައި 15 ދިވެހިން އެ ގައުމުން ނެރެ ހަންގޭރީ އަށް ގެންގޮސްފައިވާއިރު އެ ދަރިވަރުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ބާކީ ތިބި 12 ދަރިވަރުން ނުގެނެވިގެން އުޅެނީ އެ މީހުން ތިބި ކާކީވް ހިސާބުގައި ވަރަށް ގަދަޔަށް ހަމަލާތައް ދެމުންދާތީ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ އެ ދަރިވަރުން ހަންގޭރީ ބޯޑަރާ ހަމައަށް ގެންދިއުމަށް 15 ގަޑިއިރުގެ ދަތުރެއް ކުރަމުން ޖެހޭ ކަމަށާއި މިވަގުތު ހާލަތު އޮތްގޮތުން އެހާ ދިގު ދަތުރެއްކުރުން ރައްކާތެރި ނޫން ކަމަށް ޔޫކްރެއިނުގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ކަމަަށެވެ. އެކަމަކު ރައްކާތެރިކަން ކަށަވަރުވުމާ އެކު ދަތުރު ފަށާނެ ކަމަށާއި އެ ދަރިވަރުން ހަންގޭރީ ބޯޑަރާ ހަމައަށް ގެންދެވުމުން ދެން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

01 March 2022

މި ގޮތަށް ބަޔަކު ކުރާ ތާކުން ތާކު ނުޖެހޭ ކޮންމެ ިމާންޑަކަށް ސަރުކާރުން ބޯ ލަނބާ ނަމަ، މިއަށްވުރެވެސް ހެއްވާ ޑިމާންޑު އަންނާނެ އަދި...

The name is already taken The name is available. Register?

ކޮވިޑް

01 March 2022

ކޮވިޑްހާލަތުގައި އައި ކިޔަވާ ކުދިންކަށްވެސް އެހެންވީމަ ޖެހޭނެ ލާރިދޭން!!!!!!! ތާކުންތާކުން ނުޖެހޭ ވިސްނުން ނުގެންގުޅެބަލަ

The name is already taken The name is available. Register?

ޖޯޖް

01 March 2022

ސަރުކަރުގެ ދޯހަޅި މޮޔަ ނިންމުމެއް

The name is already taken The name is available. Register?

ދެއްވި

01 March 2022

ބަޔަކު އަޖައިބެއްނުވަނެތަ ... ދައުލަތުގެ ފައިސާއަކީ ކަލޭމެން ހިތުހުރި ގޮތަކަށް ބޭނުންކުރަން ހުރި އެއްޗެއްނޫނޭ

The name is already taken The name is available. Register?

ހަސަނު

28 February 2022

ސަރުކާރުން އެހީވާން ޖެހެނީ ހާލުގަ ޖެހި އެހެން ގޮތެއް ނެތުނީމަ.. އެކަމަކު އެ ތިބީ އައިސް.. އެ ނިމުނީ.. ދެން އެއުޅެނީ ލާރި ކޮޅެއް ލިބޭތޯ، އެއީ ތަނގަޅު ގޮތެއް ނޫން.. ލާރި ބަހާ ނަމަ މަވެސް ބޭނުން...

The name is already taken The name is available. Register?

ޔަަން

28 February 2022

ދިވެހި ދަރިވަރުންނަށް ސަރުކާރުންގެ ބޭފުޅުންތަކެއް ހަނގުރާމަ ނުފަށާނެކަމަށް ވިސްނައިދެއްވީ... މިހާރު ތިބި ކުދިން އުޅެން ޖެހެނީ މެޓްރޯގަ.. ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފަ

The name is already taken The name is available. Register?

ޙަބީބު

28 February 2022

ތީކޮންފަދަ ކަމެއް ދައުލަތުގެ ހަޒާނާ ލޫޓުވަން ކުރާކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454