ޝަރީފް ވިދާޅުވީ، މައުމޫންގެ ވެރިކަން ވައްޓާލަން އެމްޑީޕީން އުޅުނު ގޮތަށް މި ސަރުކާރު ވެސް ވައްޓާލުމުގެ މަސައްކަތް އެ ޕާޓީން ފަށާފައިވާ ކަމަށް.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް-- ފޮޓޯ: މަޖިލިސް
01 މާޗް 2022 - 09:55
އެމްޑީޕީގެ ވެރިކަމެއް އޮތަސް އެ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާ ކަމަށާއި ރާވައިގެން ސަރުކާރު ވައްޓައިލަން އުޅޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ޝަރީފް އެ ތުހުމަތު ކުރެއްވީ ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަހުމަދު އާމިރު ވަކިކުރުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ނިންމެވުމާ ގުޅިގެން އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ތަރުޖަމާން އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސަށް ލިބިދޭން ޖެހޭ ވަރަށް ގާނޫނުއަސާސީން ބާރު ލިބިފައި ނުވާއިރު ވެސް ވެރިކަން ކުރައްވަން އޮތް ހަނި ފުރުސަތު ނަގައިލުމަށް ވެރިކަން ކުރާ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި އަދާކުރަނީ އިދިކޮޅު ޕާޓީއެއްގެ ދައުރު ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވިއިރު، އެ ޕާޓީން އެ މަނިކުފާނުގެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށް ޝަރީފް ތުހުމަތު ކުރި އެވެ.
"ރައީސް އަށް ލިބިދޭ ހަނި ފުރުސަތު ނިގުޅައިގަނެ، އަތްފައި ބުރިކޮށްލައި މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީން އަދާކުރާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް. ބިރުވެރިކަމެއް. ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމުގައި އަޅުގަަނޑު ސިފަ މި ކުރަނީ ކެރި ހުރެގެން،" އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ މަގާމެއްގައި ހުރެ އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަޒީފާ އިން ވަކިކުރުމަކީ ރައީސްް ކުރައްވަން ޖެހޭނެ ކަމެކެވެ. ޕާޓީގެ އެތެރެ އާއި ބޭރުގެ އިންތިހާބެއް އޮތަސް މަސައްކަތް ނުކުރެވޭ އަދި މަސްއޫލިއްޔަތުތައް އަދާނުކުރެވޭ މީހުން ވަޒީފާ އިން ވަކި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޕާޓީ މީހަކަށް ވިޔަސް ދަރިއަކަށް ވިޔަސް ހަވާލު ކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރާ ކަމަށް ވަންޏާ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދޭ ކަމަށް ވިއްޔާ ވަޒީފާ އިން ވަކި ކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާ އިރު އެ އިންތިހާބުގައި ވާދަ ކުރައްވާ އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިންތިއާ ވާދަ ކުރައްވާ ފައްޔާޒުގެ ޓީމުގެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ. އަދި ސަރުކާރުން ވެސް ޖަވާބެއް ނުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ އިންތިހާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މެސެޖެއް ވެސް ފޮނުއްވައިފަ އެވެ. އެ މެސެޖުގައި ނަޝީދު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
01 March 2022
ރައްޔިތުންނޭ ކިޔައިގެން އެމްޑީޕީން ވާހަކަދައްކަން ލަދުގަންނަންޖެހޭ. ދެފެކްޝަންވެސް ވެރިކަމާއި ހެދި މޮޔަވަނީ. މަޖްލީހާއި ސަރުކާރާއި ދިނީމަ ވީކަމެއް ހަރާން. ފްލެޓެއް ދިނީކީނޫން. މުސާރައެއް ބޮޑެއް ނުވޭ، އިންސާފެއް ނުލިބޭ، ވައްކަން އިންތިހާއަށް
ާއުނިމާ
01 March 2022
އެމްޑީޕީ ސޯލިހު ފެކްޝަންގައި އެބަތިބި ރައީސް ނަޝީދަށް އޮތް ތާއީދު ހަޖަމުނުވާބަޔަކު! މިބަިއިގަނޑު ދަނީ ނަޝީދުގެ ތާޢދާއި ބާރު ކަނޑުވަން ހިތުން އިބޫއަށް ތާއީދު ބޮޑުކުރާށޭކިޔާ، ނަމަވެސްމި ފެންޝަނުން އަސް ބޭނުމެއްނުވޭ ދެން އޮތް ދައުރަށް އިބޫވެރިކަމަށް ގެންނާކަަށް ސަބަބަކީ ނާޤާބިލްކަން! މިގުރޫޕު ބޭނުންވަނީ ފައްޔާޒުނޫނީ އަބުދުﷲ ޝާހިދުއަށް ތާއީދުކޮށް އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރިމަތިލުމަށް، ސަބަބަކީ އޮބޫއާއި ނަޝީދުއަށް ދެން ރައްޔިތުން ތާއީދު ނުކުރުން!
120687
02 March 2022
ނަޝީދަށް އޮތް ތާޢީދޭ ނުކިޔާ އިބޫ ސޯލިހު އާއި ޕްރައިމެރީގައި ވާދަކޮށްފައި ކާމިޔާބުކޮށްގެން އިންތިޚާބަށްވެސް ނުކުމެ ބަލަ ގިނި ކަންޏާ، 50 އިންސައްތަ އަށް ވުރެ މަތިން ލިބޭތޯ. 2 ވަނަ ބުރަކަށްވެސް ދާންޖެހިއްޖެޔާ ގޮސް، ވާދަކޮށްގެން ގިނިކަން 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު ލިބޭތޯ ބަލާފައި، ދެން ތިޔަ ކިޔާ އެއްޗެއް ކިޔާ ބަލަ، ކޮންހާ ފޮނެއް އަރުވާކަށް، ބޮޑު ވަރަކަށް ވެސް ފަސް އަހަރެއް ނޫންތަ ގެއްލޭނީ. ވެރިކަމަށް ބޫތު ކެޔަސް ތިޔައީ ދެން ބޮޑު ވަރެއް. ސާބަސް
އައިމިނާ
01 March 2022
ކާންދިން އަތުގަ ދަތް އަޅައިފި. ރަނގަޅަށް ވެސް. ފެން އޮތް ތަނަކަށް މަސް ދާނީ.
ސަޅިބާސާ
01 March 2022
އަޅެ ބުނުއްވަބަ ނަންގަވާ މުސާރައާ އެއްވަރައް ސަރީފުގެ ހިދުމަތް ސަރީފުގެ ދާއިރާގެ ރައްޔިތުން އަދި ޖުމްލަކޮއް ދިވެހިރއްޔިތުން ތަމްސީލް ކޮށް. މަޖިލިހުގާ އަދާކުރަން ޖެހޭ ވާޖިބް އަދާކުރެވޭތޯ. ނުކުރެވޭނަމަ އަމިއްލަ އަށް އިސްތިއުފާދޭ ނަންތޯ.
އައިމިނާ
01 March 2022
ހުމްމްމް. "ކުއްޅަވައް ފަލު ރަނިން" މި އުޅެނީ. "ތެލިދޮންނަން އަތިރިމަތީގާ އުޅެއުޅެފާ މާލެ ދިޔާމާ ކަނޑިކިބުރިން ހަނދާން ނެތިއްޖެ."
ދިއްދޫމީހާ
01 March 2022
ރަނގަޅު ގޮތަކީ 2012ގައި ނަޝީދު ސަރުކާރު ވައްޓާލި ގޮތައް، މިސަރުކާރުވެސް ވައްޓާލަން އުޅެނީ، 2012ގައި ޟަރީފް ހުރީ ކޮންތާކުތޯ؟؟؟
ސިމްޕަލް
01 March 2022
"އަޅުގަޑުމެން - ޚުދު އަޅުގަޑުވެސް ހިމެނޭގޮތަށް - ރައީސް މައުމޫންގެ ސަރުކާރު ވައްޓަން މަސައްކަތްކުރި ގޮތަށް" އެމް.ޑީ.ޕީ ބަޔަކު މި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ޝަރީފް ވިދާޅުވިނަމަ.
ބަރެނާ
01 March 2022
ނާހަމަ ތެދެއް؟ ބާގީން އެބަތިބިދޯ ތިޔަ ޕާޓީގަ؟ އަވަހަށް ތަހުގީގުކުރޭ! ޔާނު ކަންކުރި ގޮތުގެ ޕްރިސިޑެންޓް ހުންނާނެ
ހާމިދު ޝާހިދު
01 March 2022
ތިއީ އެމްޑީޕީގެ ދެ ޅިއަނުން ކަމަށްވާ، ރައީސް ސާލިހާއި، ރައީސް ނަޝީދު މީހުންގެ ސަމާލުކަން ހޯދުމަށް ދުރާލާ ރާވައިގެން ކުރާ މަސައްކަތެއް. މިކަމުން ދޭހަވަނީ ފުރިހަމަ ބާރާއެކުވެސް، 3.5 އަހަރު ވޭތުވެގެން ދިޔައިރު ސަރުކާރަށް ރަނގަޅު އެއްޗެއް ރައްޔިތުންނަށް ދެއްކިފައި ނުވާކަން. މިހާރު އެތެރޭގެ އިންތިހާބޭ ކިޔައިގެން މަރުވެފައިތިބި އެކްޓިވިސްޓުންތައް އަލުން ދިރުވޭތޯ މިބަލަނީ 2023 އަންނަންވާއިރަށް.
Okay 123
01 March 2022
ޝަރީފް އިސްތިއުފާ… މޑޕ ފަނިކުރަންނޫޅޭ !!