ޚިޔާލު / ދިވެހި ޕްރިމިއާ ލީގް

ގަވާއިދެއް ނެތި މުބާރާތް ރޭވުން، މަސައްކަތެއް ނުކޮށް ލޯގޯ އިސްތިހާރުކުރުން!

(ކ-ވ) އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޖަވާޒް، އެފްއޭއެމްގެ ރައީސް ބައްސާމް، ސްޕޯޓްސް މިނިސްޓަރު މަހުލޫފް އަދި ޓެކްނިކަލް އެޑްވައިޒަރު މުހައްމަދު އާދަމް: ޕްރެމިއާ ލީގް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް މުބާރާތުގެ ގަވައިދެއް އަދި ނެތް.

މުބާރާތަށް އިއުލާނުކުރިއިރު، ގަވާއިދު ނެތެވެ. މުބާރާތް ފެށޭއިރު އަދިވެސް ގަވާއިދު ހަދައި ނުނިމެ އެވެ. އެކަމަކު "އާ ފޯމެޓް" އޭ ކިޔައި ޖެނުއަރީ މަހު އިއުލާނު ކުރުމުން 53 ރަށަކުން 61 ކްލަބް ބައިވެރިވެއްޖެ އެވެ. މާލެ އިން އޯޕަން ޑިވިޝަންގައި ބައިވެރިވި ކްލަބްތަކުގެ އަދަދު އަދިވެސް ނޭނގެ އެވެ. އަންނަ ހޯމަ ދުވަހު ކޮލިފައިން އެ ފަށަނީ މުބާރާތުގެ ގަވާއިދަކާ ނުލަ އެވެ. ކޮލިފައިން ކުޅޭނެ އުސޫލުތައް އޮޅުން ނުފިލައިގެން ކްލަބްތަކުން އެސޯސިއޭޝަނާ ގުޅަން މަސައްކަތް ކުރެ އެވެ. ފޯނެއް ނުނަގަ އެވެ!

އޮޅުންފިލާ ބައެއް ކަންކަން ވެސް އެބަހުއްޓެވެ. އެއްފަސްކޮށް އޮންނަ މާލެއެކޭ އެއްގޮތަށް، ރާއްޖެތެރޭގެ 5-6 އަތޮޅު އެއްކޮށް، ދަތުރުފަތުރުގެ ދަތިކަމަށް ބަލައިލުމެއް ނެތި، އެކުލަވާލާލައިފައިވާ ބޮޑެތި ޒޯންތަކުގައި ވެސް އޯޕަން ޑިވިޝަނަކާއި ތިން ވަނަ ޑިވިޝަނަކާއި ދެ ވަނަ ޑިވިޝަނަކާއި އެއް ވަނަ ޑިވިޝަނެއް އޮންނާނެ ކަމަށް ބުނެ އެވެ. މާލެއަކީ ހަތަރު ވަނަ ޒޯންކަން ވެސް އެނގެ އެވެ. ޕްރެމިއަ ލީގަކީ، ހަތަރު ޒޯނުން ކޮލިފައިކުރާ 12 ކްލަބްގެ މައްޗަށް އެކުލެވޭ "ގައުމީ" ލީގެއް ކަމާއި މެޗްތައް ކުޅޭނީ "ހޯމްއެންޑް އަވޭ" އުސޫލުން ކަމަށް ވެސް ބުނެ އެވެ. އަދި ޕްރެމިއަ ލީގްގެ 12 ޖާގައިގެ ތެރެއިން ނުވަ ޖާގަ ނަގަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ތިބޭ މާލޭގެ ކްލަބްތަކުން ކަން ވެސް ސާފުވެ އެވެ. އަތޮޅުތައް ގްރޫޕްކޮށް އުފެއްދި ބޮޑު ބިޔަ ތިން ޒޯނަކީ ލީގުގައި ބާކީ އޮތް ތިން ޖާގަ ރާއްޖެތެރޭގެ ކްލަބްތަކަށް ދިނުމަށް ކުރަހައިލި ރޮނގެއް ކަން ވެސް ވަނީ ސާފުވެ އޮޅުންފިލައިފަ އެވެ.

މި ވަގުތުގެ ހުލާސާ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް 2019 އިން ފެށިގެން ރާއްޖެތެރެ އަށް ވަކި މުބާރާތެއް ބޭއްވުން ނިމުމަކަށް ގެންނަން ޖެހެ އެވެ. އަދި މާލެ އާއި މުޅި ރާއްޖެ އެކުލެވޭ ގޮތަށް ގައުމީ ފެންވަރުގެ "ހޯމް އެންޑް އަވޭ" ޕްރެމިއާ ލީގެއް އުފަންކުރަން ޖެހެ އެވެ. މި ސިޔާސަތުގެ ދަށުން އެފްއޭއެމަށް ވީ ވަރަކީ، 324،451 ގެ އާބާދީއެއް ބޮޑު ތިން ޒޯނަށް ބަހައި، ލީގުން އެންމެ ތިން ޖާގަ ދިނުމެވެ! ގައުމީ ނިސްބަތުން އިންސާފުވެރި ލީގަކަށް ވެސް ނުހެދުނެވެ. މި ވަގުތު ޕްރެމިއާ ލީގް މަންޒަރު ކޮށްލެވޭ ގޮތް ތިރީގައި އެ ވަނީ އެވެ.

މިހާތަނަށް އޮޅުންފިލި ކަމަކީ ކޮންމެ ޒޯނެއްގައި ވެސް ތިން ވަނަ ޑިވިޝަނަށް 15 ކްލަބް، ދެ ވަނަ ޑިވިޝަނަށް 12 ކްލަބް އަދި އެއްވަނަ ޑިވިޝަނަށް އަށް ކްލަބް ހަމަޖައްސާފައި ވާ ކަމެވެ. މިކަން ވެސް މުޅިން ޔަގީން ވާނީ ގަވާއިދު ނުކުތީމަ އެވެ. ގަވާއިދު ނެތުމުގެ ސަބަބުން 53 ރަށުން ބައިވެރިވި 61 ކްލަބް، އޯޕަން ޑިވިޝަނުން މަތީ ޑިވިޝަންތަކަށް ކޮލިފައިކޮށް، ތަރުތީބުކުރާ އުސޫލުތަކެއް އޮޅުމެއް ނުފިލަ އެވެ.

ޕްރެމިއާ ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗް ކުޅެން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު (މާޗް 7 ގައި) ލ. ގަމުގަ އެވެ. އަޑުއަހާ ގޮތުގައި މިހާރަކަށް އައިސް ގަވާއިދު ނެރެނީ މުބާރާތް ފަށަން ދެ ތިން ދުވަހަށް ވީމަ އެވެ! މި ފަހަކުން ކުޅުނު އޮނަވިހި އަހަރުން ދަށުގެ މުބާރާތުގެ ގަވާއިދު ވެސް ލިބުނީ މުބާރާތް ފަށަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށް ކްލަބްތަކުން ބުނެ އެވެ.

ކޮލިފައި ކުރުމުގެ އުސޫލް

އާ ފޯމެޓް އިއުލާނު ކުރިއިރު، ހޯމް އެންޑް އަވޭ އުސޫލަށް ވާސިލް ވުމަށް، ގެންގުޅޭ އުސޫލުތަކަކީ އިންތިގާލީ އުސޫލުތަކަކަށް ވާން ޖެހޭނެކަން ދެނެގަނެވުނެވެ. ނަމަވެސް، މުބާރާތް ފަށަން ވަގުތު ޖެހުނުއިރު، ގަވާއިދެއް މެދުވެރިކޮށް، މި އުސޫލުތައް އޮޅުންފިލުވައި ދެވިފައެއް ނުވެ އެވެ. މުބާރާތުގެ ގަވާއިދު ނުނިންމުނު ނަމަވެސް ރަސްމީ ދަނޑުގައި ހަވާ އަރުވައި، ލޯގޯއެއް އާއްމުކޮށްފި އެވެ. އޮއްޓަރެއް ނެތި ބުރަވަނީ "މާކެޓިން" އަށެވެ. އަޑުއެރުވުމަށެވެ!

އޯޕަން ޑިވިޝަން

މިދިޔަ ބުރާސްފަތި ދުވަހު "ވަގުތު" ނޫހަން ދީފައިވާ އިންޓަވިއުއަކުން ބުނާ އަޑު އިވެނީ، ފުރަތަމަ މަރުހަލާގައި އޯޕަން ޑިވިޝަނުން ތިންވަނަ ޑިވިޝަނަށް 18 ކްލަބް ކޮލިފައި ކުރާނެ ކަމަށެވެ. އަދި މި 18 ކްލަބްގެ ތެރެއިން ތިންވަނަ ޑިވިޝަނަށް ކަނަޑައަޅާފައިވާ 15 ޖާގަ އަށް ކްލަބްތައް މަދުކުރާނެ ކަމަށެވެ.

ކޮންމެ ޒޯނެއްގެ އޯޕަން ޑިވިޝަނުން ފުރަތަނަ މަރުހަލާގައި 18 ކްލަބް ކޮލިފައި ކުރާ ގޮތް ލަފާކޮށްލަމާތޯ އެވެ. ގަވާއިދެއް ނެތް ނަމަވެސް މެޗުތައް ވަނީ ތާވަލް ކޮށްފަ އެވެ. އެއީ ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާ ހަ ރަށް ފާހަގަކޮށް، އެ އިން ކޮންމެ ރަށެއް އެއް ކްލަބަށް ތިރިކުރުމަށެވެ. މި މެޗުތައް ތާވަލް ކޮށްފައިވާ ގޮތް ތިރީގައި އެ ވަނީ އެވެ.

ފުރަތަމަ މެޗު ކުޅެން ތާވަލް ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު ލ. ގަމުގަ އެވެ.

ރަށަކުން އެއް ކްލަބް ހޮވަން ކަނޑައަޅާފައިވާ ތާވަލް (އޯޕަން ޑިވިޝަން)

• ލ. ގަމުން ހަތަރު ކްލަބް (މާޗް 7-14 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• ލ. ކުނަހަންދޫން ދެ ކްލަބް (މާޗް 18-22 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• އައްޑޫ ހިތަދޫން ދެ ކްލަބް (މާޗް 26-30 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• އައްޑޫ ފޭދޫން ދެ ކްލަބް (މާޗް 27-31 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• ށ. ނަރުދޫން ދެ ކްލަބް (މޭ 13-17 އަށް) ކުޅުން އޮންނާނީ ޒޯން އެކެއްގައި.

• ބ. އޭދަފުށިން ދެ ކްލަބް (މޭ 20-24 އަށް) ކުޅުން އޮންނާނީ ޒޯން ދޭއްގައި.

ކުދި ރަށްތަކުން ފުޓުބޯޅަ ކުޅެން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ނުނިކުންނަކަން ބައިވެރިވި ރަށްތަކުގެ ރެކޯޑްތަކުން އެނގެ އެވެ. ފަންސާސް ހަތް ރަށުން ކްލަބް ބައިވެރިވެފައިވާއިރު، އެއް ރަށަކުން ދެ ކްލަބް ބައިވެރިވެފައި ވަނީ އެންމެ ފަސް ރަށުންނެވެ. ލ. ގަމުން ހަތަރު ކްލަބް ބައިވެރިވި އެވެ.

އެކަމަކު، ކްލަބަކީ ކްލަބެވެ. ވީމާ އެއް ރަށުން ދެ ކްލަބް ބައިވެރިވުމުން، ރަށުގެ އާބާދީއަށް ވެސް ބަލައިލުމެއް ނެތި، އެ ކްލަބްތަކަށް އަތޮޅާއި ގައުމީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ގެއްލުވައިލުމަކީ ފުޓުބޯޅަ އަށް ވެސް އަދި އުފައްދަން މި އުޅޭ ޖަޒީރާ ލީގްގެ ނިޒާމަށް ވެސް ފަހިކަމެއް ނޫނެވެ.

ހަމަ މާލޭގެ ޒޯނެކޭ އެއްފަދައިން، އެއްރަށުގެ ދެ ކްލަބް ވެސް ޒޯނެއްގެ ތިންވަނަ ޑިވިޝަނަށް ވެސް ދެ ވަނަ ޑިވިޝަނަށް ވެސް އަދި އެއްވަނަ ޑިވިޝަނަށް ވެސް ކޮލިފައި ވެވިދާނެ އެވެ. މިސާލަކަށް ށ. ނަރުދު އާއި ބ. އަތޮޅު އޭދަފުއްޓާއި ލ. ކުނަހަންދު އާއި އައްޑޫ ހިތަދު އާއި ފޭދޫގެ ކްލަބްތައް އެންމެ ދެ މެޗަށް ފަހު ބާކީވާ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި ފަދަ އުސޫލުތައް ދަމަހައްޓާ ނަމަ، ކްލަބް ބައިވެރިވުމަށް ހުރަސް އެޅޭނެ އެވެ. ދެނެގަންނަންޖެހޭ ހަގީގަތަކީ، ރަށެއްގެ ދެވަނަ ކްލަބަކީ އެހެން ހުރިހާ ރަށަކަށް ވުރެ ގަދަ ކްލަބަކަށް ވެސް ވެދާނެ ކަމެވެ.

މާލޭގެ ޒޯންގައި އެއް ކްލަބަށް ވުރެ ގިނަ ކްލަބަށް ހުރިހާ ފެންވަރެއްގައި ވެސް ބައިވެރިވެވެ އެވެ. އެހެން ރަށްރަށުގެ ކްލަބްތަކަށް މި އުސޫލެއް ނުހިނގަ އެވެ! ޕްރެމިއާ ލީގްގެ ނުވަ ކްލަބަކީ އެންމެ ރަށަކުން ނުކުންނަ ނުވަ ކްލަބެވެ. މާލެ ފިޔަވައި އެހެން ރަށެއްގެ އާބާދީ ކިތަންމެ ބޮޑު ނަމަވެސް މި އުސޫލެއް ނުހިނގަ އެވެ!

މުބާރާތެއްގައި ބައިވެރިވެގެން ކްލަބަކަށް، އެކަށީގެންވާ އަދަދަކަށް މެޗު ކުޅެން ނުލިބޭ ގޮތަށް އޮތުމަކީ ފަނާކުރެވެނި ކަމަކަށް ވާނެ އެވެ. އެކްސްކްލޫޝަން ނުވަތަ އެކަހެރި ކުރުމުގެ ހަމައަކަށް ވާނެ އެވެ.

ތިންވަނަ ޑިވިޝަން

އާ ފޯމެޓްގެ ދަށުން ކޮންމެ ޒޯނަކުން ވެސް ތިން ވަނަ ޑިވިޝަންގެ ކޮލިފައިން ކުޅޭނީ 18 ކްލަބް ހަ ގްރޫޕަށް ބަހާލައިގެން ކަމަށް ބުނެފައިވެ އެވެ.

- ޒޯން 1. މި ޒޯނުން ބައިވެރިވީ އެންމެ 17 ކްލަބެވެ. އެ ބުނާ 18 ކްލަބް ހަމަވެސް ނުވެ އެވެ. ވީމާ ނަރުދޫން ކްލަބެއް މަދުކުރާކަށް ނުވެސް ޖެހެ އެވެ.

- ޒޯން 2. މި ޒޯނުގައި 19 ކްލަބް ބައިވެރިވެފައިވާތީވެ، އޭދަފުށިން ކްލަބެއް ބާކީކުރުމުން 18 ހަމަވެ އެވެ. ނަމަވެސް ބާކީ ނުކޮށް، އެއް ގްރޫޕަށް ހަތަރު ވަނަ ޓީމުގެ ގޮތުގައި އޭދަފުށީގެ އަނެއް ކްލަބް ބައިވެރިކުރުން މާ ރަނގަޅެވެ. އޭދަފުށީގެ ދެ ކްލަބް ވެސް، ޒޯންގެ މަތީ ޑިވިޝަނަކަށް ކޮލިފައި ނުވެދާނެ ކަމަށް ބަލައިގެން ނުވާނެ އެވެ.

- ޒޯން 3. މި ޒޯންގައި 19 ރަށުން 25 ކްލަބް ބައިވެރިވެފައިވެ އެވެ. އެއް ކްލަބަށް މަދުކުރާ އުސޫލުން، ލ. ގަމުން ބައިވެރިވި ހަތަރު ކްލަބްގެ ތެރެއިން ތިން ކްލަބް ބޭރުކޮށްލަން ކަނޑައަޅާފައިވެ އެވެ. ހަމަ މި ގޮތަށް ރާއްޖޭގެ ދެވަނަ ސިޓީ ކަމުގައިވާ އައްޑޫ ހިތަދު އާއި ފޭދޫން ވެސް ކޮންމެ ރަށަކުން ކްލަބެއް ބާކީކުރަން ކަނަޑައަޅާފައިވެ އެވެ. މި ކްލަބްތައް ބޭރުކުރުމުގެ ބަދަލުގައި ގްރޫޕްތަކަށް ލައި، ފައިޓިން ޗާންސެއް ދިނުން މާ ބުއްދިވެރި އެވެ.

ކޮލިފިކޭޝަން މެޗްތައް ފަށަން ހަފުތާއަކަށް ވީ އިރު ވެސް، އެފްއޭއެމް އޮތީ "ވާނުވާ" ގައެވެ. މުބާރާތުގެ ގަވާއިދެއް އޮތް ކަމެއް އަދި ނެތް ކަމެއް ވެސް ނޭނގެ އެވެ. ވީމާ، އަންނަ ހަފުތާގެ ތެރޭގައި ވާނުވާ އޮޅުންފިލާ ވަރަކުން ދެ ވަނަ ޑިވިޝަނާއި އެއްވަނަ ޑިވިޝަނަށް ކޮލިފައި ކުރާ އުސޫލުތައް ސާފުވާނެ ކަމުގެ އުއްމީދުގައި މަޑުޖައްސައިލީމެވެ.

(ނޯޓް؛ ކުރީ ހަފުތާގައި ކ. އަތޮޅުގެ ހަތަރު ކްލަބް ވަނީ ނުގުނި ދޫވެފަ އެވެ. މި ކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. މި ހަތަރު ކްލަބް އެއްކުރުމުން ބައިވެރިވި ކްލަބްތަކުގެ ޖުމްލަ 61 އަށް އަރަ އެވެ.)

ހާމިދު އަބްދުލް ޣަފޫރު

ހާމިދު އަބްދުލް ޣަފޫރު

@HamidhAG

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

13 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮންދުު

03 March 2022

ބޮއްސާމް ބޮރު މަކަރު ވައްތަރު ހުންނަނީ

The name is already taken The name is available. Register?

ސަންބެ

03 March 2022

ތި އަށް ވުރެ ސަޅި ގަވައިދެއް ހަދައިގެން ޓެނިސް އެސޯސިއޭޝަން އަނުން ނެޝަންލް ޓީމް ތައް ހޮވަން ސިލެކްޝަން މެޗްތަކެއް ކުޅެގެން ކެޓި ކުދިން މޮޅުވި ކުދިންނަށް ވުރެ މަތީ ލެވެލް ތަކަށް ލައިގެން ހަޑިގަޑެއް އެބަ ހާވާ

The name is already taken The name is available. Register?

ސަތޭކަ

03 March 2022

އެއްވެސް ޕްލޭނެއްނެތި، އެއްވެސް ޤަވައިދެއްނެތި ކަންކަން މިކުރަނީ މީހުންގެ ޤާބިލްކަން ނެތުމުން. ޚާއްސަކޮށް ބައްސާމަކީ މިކަމަށް ކުފޫ ހަމަވާ މީހެއް ނޫންކަން ރާއްޖޭގެ ފުޓުބޯޅަ މިއޮތް ހިސާބުންވެސް އެނގޭ. ހުރިހާ ކަމެއްވެސް ކުރަމުންދަނީ އަމިއްލަ ފައިދާއަށް. ސްޕޯޓްސް މިނިސްޓްރީވެސް ހިންގަނީ ސިޔާސީ އައްޑާއެއް ހިންގާހެން. ފުޓުބޯޅަތެރެެއަށް މިއިން ދުވަހަކުވެސް ނުވަންނަވަރަށް ސިޔާސީ ވިސްނުމާއި އަމިއްލަ އެދުން މިވަނީ ވަދެފައި. ވިސްނާލަން ޖެހޭ ކަމެއް.

The name is already taken The name is available. Register?

އާރީ

03 March 2022

ނިއުރޭޑިޔަންޓަން ކެހިދިން ގުރޫފް މިތިބީ ފުޓޯގަ. އިސްތިއުފާ

The name is already taken The name is available. Register?

ބޮޑުމީހާ

02 March 2022

ވަޒީފާއަށް މިދަނީ ޒިންމާ އަދާކުރާމަށެއް ނޫން. ބޮޑު މުސާރަ ހޯދަން..ޗެކްއެންޑްބެލެންސް ނެތްތަނެއްގައި ތިކަަހަލަ އެތައް ކަމެއް ހިގާނެ

The name is already taken The name is available. Register?

ހުސް ނުފޫޒު

02 March 2022

ސައިބޯންތިބެ ގަވައިދު ހަދާފަ މުބާރާތް ބާއްވާފަ އިނާމުދީފަ ނިމުނު މުބާރާތުގެ ގަވައިދުބަދަލުކޮށް ބަލިވި ކުޅުންތެރިން މޮޅުވިކަމަށްވެސް މިގައުމުގެ އެސޯސިއޭޝަންތަކުން ހަދާފަ އެބަހުރި

The name is already taken The name is available. Register?

ޖެނީފާ

02 March 2022

ނެތްގާބިލުކަމެއްގައި ނުފޯރާފޮތިން ފޫގެޅީމަ އޮރިއާމެއްނުންވާނީ. އެފްއޭއެމްގަ ތިކަން ފުރިހަމަ ލެވެލްއަކަށް އެކްސިކިއުޓް ކުރެވޭނެ ފަންނީ ފޯރުންތެރިކަމެއްނެތް. ވަރަށް ސާފުކޮށް އެކަން އެބަފެނޭ. ބައްސާފު އެފްއޭއެމްއަށް އައިފަހުން ފުޓްބޯޅި އެއްކޮށް ހާލާވުވެ ނިމޭކަށްނެތި ނިމިއްޖެ. އެންމެ ތާރީޚާ ދެފުޓްބޯލް ކުލަބް ވުޖޫދުން ގެއްލިއްޖެ.

The name is already taken The name is available. Register?

ބައްޕީލެހެރީ

02 March 2022

މީމައްސަލައަކީ. އެއްދުވަހު ހެދުނު ތެދުވެ މުޅިގައުމަށް އޯޕެން އިންވިޓޭޝަނެއްދީ ހައްދެއްނެތި ޓީމުބައިވެރިކޮށް ހޯމް އެންޑް އަވޭ އުސޫލަކަށް ފުޓުބޯޅައެއް ނުކުޅެވޭނެ، ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަކަންތައް ބޮއްސުންލާފައި އޮންނާނީ. އެހެންވީމަ، މިކަންވެސް ފަށަންޖެހޭނީ ވަރަށް ސްޓްރެޓިޖިކްކޮށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓެއްގޮތަށް ވަކި ލިމިޓަކަށް، މުސްތަގުބަލްގައި މަޑުމަޑުން އިންކްރިމެންޓަލީ ޓީމުތައް އިތުރުކޮށް، ވީހާވެސް ފުރިހަމަކުރާގޮތައް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 March 2022

ޙާމިދުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުއްޓާއި މުލައް އަދި އައްޑޫސިޓީ އިސްނަގައިގެން "ނެޝަނަލް ފުޓްބޯލް ފެޑަރޭޝަން" އުފެއްދުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ 3 ރީޖަނުގައި އެސޯސިއޭޝަން ހަދާ އެސޯސިއޭޝަނުން މަންދޫބުން ބައިވެރިކޮށްގެން އިންތިޙާބްކުރާ ފެޑަރޭޝަނެއް ޤާއިމްކުރަން މަސައްކަތްފައްޓަވާ އޭއެފްސީއާއި ފީފާގެ އެހީއަށް އެދިވަޑައިގަންނަވާ.

The name is already taken The name is available. Register?

މރޒގ

02 March 2022

މިހާރު ތިކަން ކުރުން ލަސްވެސް ވެއްހެ. އެފްއޭއެމްގެ ވިސްނުން ބަދަލު ނުކުރެވޭނެ. ބަޔަކު އެތިބީ ވަރަށް ރަނަގޅަށް އެތަން ހިސޯރު ކޮށްގެން. ދެން އޮތްގޮތަކީ މިނިވަން އިންސާފުވެރި އިންތިޙާބަކަށް ފުރުސަތު ލިބޭ ގޮތައް ރީޖަންތަކުގެ ބައިވެރިވުމާއިއެކު އުފައްދާ ޤައުމީ ފުޓުބޯޅަ ފެޑަރޭޝަނަކަށް ޖާގަދިނުން ހެން މަށަށްވެސް ހީވަނީ. ތިއީ ހަމަ ރަނގަޅު ގޮތެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 March 2022

ކ.އަތޮޅު މާލޭމީހުން ތިކަންކޮށްފައިތިއޮތީ އެމީހުންގެ ރަށުމީހުނަށް ހުރިހާ މޮޅެއް ލިބޭގޮތަށް ރާވައިގެން. # ކުޅުދުއްފުއްޓާއި މުލައް އަދި އައްޑޫސިޓީ ކަޑައެޅުގެން މިކަމަށް ނޫނެކޭ ބުނެ މާލޭމީހުން ޖަހާން މިއުޅޭ ސަކަރާތުގެ އެއްވެސްކަމެއް ސިޓީގައި ހިންގައިގެން ނުވާނެ ކަމަށާއި އަދި މިއިން އެއްވެސްކަމަކަށް ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުދޭނެ ކަމަށް ބުނާންޖެހޭ. އަދި ރަސްމީކޮށް އޭއެފްސީއަށާއި ފީފާގެ ސަމާލުކަމަށް މި ތަފާތުކުރުމުގެ ވާހަކަ ގެންނާންޖެހޭ.

The name is already taken The name is available. Register?

އަލީ ތަކުރު.

02 March 2022

އޭއެފްސީ އާއި ފީފާ އަށް މިމީހުން މިކަންކުރާގޮތް ލިޔަން ޙާމިދު ކާރީގައި ބުނެބަލަ. ޙާމިދު އެއުލެނީ ކައުންސިލްތަކާއި ގުޅިގެން އެފްއޭއެމް އިންގިލާބު ކުރަން. އޭނާ ބޭނުންވަނީ އެފްއޭއެމްގެ ރައީސްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454