ޕެސްޓް: އޭނާ ބަންދުން ދޫކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި
02 މާޗް 2022 - 13:39
މަސްތުވާތަކެތީގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އެ މީހުންގެ މައްޗަށް އުފުލާފައިވެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ޝަރުތުތަކާ އެކު، ޕެސްޓް ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށް ދެ މަހަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ޕެސްޓް ބަންދުން ދޫކުރުމުގައި ކޯޓުން ކުރި ޝަރުތަކީ ބޭސްފަރުވާގެ ބޭނުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
03 March 2022
ކޯޓު ތަކުން ކީއްވެތޯއޭ މަސްތުވާތަކެތި ވިއްކާ މީހުންނަށް އަބަދު ދޫވާ ވާހަކަ ދޫކޮށްލެވޭ ވާހަކަ ދައްކަން މި ޖެހެނީ، އަދުލު އިންސާފުގެ ކަންތައް ބަލަހައްޓަން ތިއްބަވާ ފަނޑިޔާރުންނާ އެބޭފުޅުންގެ ގާތްތިމާގެ އަދި އެހެނިހެން ރައްޔިތުންގެ އާއިލާތަކުގެ ދަރިން ހަލާކުވަނީ މި ފަދަ ފަނިފަކުސާ ތަކުގެ ސަބަބުން ކަން ނޭންގެނީތޯ.
ޫަައުސްމާން
02 March 2022
މަައްސަލާގަ ދޫކޮށްލި ބޮޑެތި މީހުންގެ ބައި އިސްތިއުނާފް ކުރަން ނުކެރުނު ޕީޖީ އަށް. ޕެސްޓް ބައި އިސްތިއުނާފް ކުރަން ތިއުޅެނީ ޕީޖީ މީޑިއާ މަޝްހޫރު ކަން ހޯދަން ދޯ
ބަލަންތިބޭ
02 March 2022
ހައްތަހައިވެސް އިޝްތިހާރުކުރަންކުރާހާ ކަންތައް. ފިސާރިއަޑުހަރުކޮށް ޑުރަގުކަންތައް ނިންމާނަމޭކިޔައި، އިޝްތިހާރުތަކެއްކޮށް ބޭނުންވަރަށް އަގުހިއްލާލެވުނީމަ މިހާރުހީވެސްނުވޭ! މިހިން ކޮމެންޓުކޮށްލީމަ ވަރަށް އަވަހަށް ކޮންމެސް ހާސަރެއްދަމާނެހެންހީވޭ.
ގަނދަކޯޅި
02 March 2022
ސާބަހޭ ޕީޖީ. ހިތްވަރޭ ޕީޖީ. އެންމެ ތަންފުކެއްވެސް ދޫނުކުރާތި.
1828
02 March 2022
ތިހެން ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި އަވަހަށް ހުކުމް ކުރެވޭނެ ގޮތް ހެދުން ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެ.