މަޖީދީ މަގުގައި، ދުއްވާ އެއްޗެހި މިއަދު ތޮއްޖެހި ބާރު ބޮޑުވެފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 މާޗް 2022 - 14:23
ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، އެ އަންހެން މީހާގެ އެއްބާރުލުން ނުލިބުމުން ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.
ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން އެ ގޭތެރެއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ، އެ ފިރިހެން މީހާ ހައްޔަރުކުރި އެވެ.
ހައްޔަރުކުރި މީހާ އާއި އަނިޔާ ލިބުނު މީހާ އަކީ ދެމަފިރިން ކަމެއް ނުވަތަ ކޮން ގޮތަކުން ގުޅުން އޮންނަ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އާއިލާގެ ތެރޭގައި ހިންގާ މިފަދަ އަނިޔާގެ އަމަލުތައް ޖިނާއީ މައްސަލަތަކުގެ ގޮތުގައި ތަހުގީގުކުރުމުގައި ކުރިއެރުން ލިބެނީ މަދު ފަހަރަކު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، ދޫއަނިޔާ ލިބުނު މީހާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.
ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޖެހުނީ ތަހުގީގުކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ ކަމަށާއި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަވެގެން ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ދެ ފަރާތުގެ ބަޔާން ނަގައި، ހައްޔަރުކުރަން ފެނިއްޖެ ނަމަ ހައްޔަރު ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
03 March 2022
މިފަހުން އިވުނު މަތިފަޑީގެ މީހަކު އަނިޔާ ކޮށްގެން އުޅޭވާހަކަ. ހަރާން! ދިޔައީ ޗޮކުން. މިހުންނަނީ ރައްޔިތުންނަށް ލިބޭ އިންސާފު. ކިހާތާހިރު
ފަހަރި
03 March 2022
މެމްބަރު އީސަގެ މައްސަލައަށް ވީގޮތްވެސް އެނގެއެއްނު. ބުންވަރުނަގާފަ ފުލުހަށްގޮސް ބަޔާންދީފަ ނޫސްތަކަށް އަރުވާފަ ޖެހިގެން އައިދުވަހު ބުނީމައްސަލަ ކުރިއަށް ގެންދާކަށް ބޭނުމެއްނޫނޭ.
ކަކުނި ހޮރުގެ ހޭލުންތެރިކަން
02 March 2022
ގެވެއްޓާ ދެންހުރި އަނިޔާގެ މައްސަލަތަކަކީ ނޫސްތަކަށާއި އާންމު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްފަ ހުންނަ ގާނޫންތަކެއް ހެެންވެސް އެބަހީވޭ މިހާރު! ހޭލުންތެރިވުމުގެ މާނައަކީ އެގާނޫންތައް އަތަށްލާގެން މުޅި ރަށުގަން ހިނގުންތަ؟ ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް އާންމު ރައްޔިތުންނާއި ނޫސްތަކުން ބޯކޮށްޕުންތަ؟ ނުބެހޭކަށް ކަމެއް ނޯވޭމިހާރުދެން. ގާނޫންތައް އޮންނަނީ ރައްކާތެރިކަން ކަށަވަރުކޮށްދޭން. ކަމާނުބެހޭ މީހުން ބޯބާންނަން އޮންނަ ހޮރެއްތަ އެއީ؟
ޙަސަން އަޙްމަދު
02 March 2022
އަޖައިބެއް. މައްސަލައިގެ ސީނުން ހައްޔަރުކުރި މީހަކަށް އަދި ވިކްޓިމްގެ އެއްނާރުލުން ނުދިނީތީ ދޫކޮށްލާތަ؟ ބިރުދައްކާފަވެސް އޮވެދާނެ. މިހެންވަންޏާ ކިހިނެކޯ ކުޑަކުދިންނާ މުސަކުޅިންނާ އަންހެނުން ނޫނީ ނިކަމެތި ފިރިހެނެއް ވިޔަސް ހިމާޔަތްވާނީ؟
ބޮޑުމީހާ
02 March 2022
ގެވެށިވިޔަސް ނޫންވިޔަސް އަނިޔާވާނީ އަނިޔާއަށް. އަންހެން މީހާ އެއްބާރުލުން ނުދިނަސް ދައުލަތުން ދޫކޮށްގެންނުވާނެ.
ސައުތޭލީ މާ
02 March 2022
ގެވެށި އަނިޔާ އެއީ ވަރަށްބޮޑު އަނިޔާއެއް. އަނިޔާ ކުރި މީހާ އަށް އަދަބު ލިބޭއިރު އަނިޔާ ލިބުނު މީހާއަށް އިތުރަށް ލިބެނީ އަނިޔާ. ކުރިޔަށް ނުގެންދެވެނީ އެހެންވެ. އަނެއް ކަމަކީ ގެވެށިއަނިޔާ އޭ ބުނާއިރު އެހެން އަނިޔާތައް ވަކި ކުޑައެއް ނޫން. ގެވެށި އަނިޔާ ގިނަ ފަހަރަށް ފެށެނީވެސް ލިބޭ ނަފުސާނީ އަނިޔާއެއްގެ ތެރެއިން. އެހެންވުމުން އަނިޔާގެ މާޙައުލު އުފެދެނީ މައްސަލަޖެހޭ ދެމީހުންގެވެސް ކުށުން. ކަންހިނގައިދާ ފަހުން ދެމީހުންނަށްވެސް ކުށުގެ އިހުސާސް ވޭ.