ކޮންޓެއިނަ ޕާކު ނިމުމުން އޮންނާނެ ގޮތުގެ 3ޑީ ކުރެހުމެއް-- ކުރެހުން: އެޗްޑީސީ
02 މާޗް 2022 - 14:03
ބޭނުން ނުކޮށް ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތައް ބޭނުންކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ "ކޮންޓެއިނަ ޕާކް'' މިއަހަރު ހުޅުވަން ނިންމައިފި އެވެ.
އެ ޕާކުގެ މަސައްކަތް އެޗްޑީސީން އަންނަނީ މިހާރު ވެސް ކުރަމުން އަންނައިރު އަންނަ ރޯދަ މަހުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
ކޮންޓެއިނަ ޕާކަކީ ކެފޭ އާއި އެގްޒަބިޝަން ސްޕޭސް ފަދަ ތަފާތު މަސައްކަތްތައް ކުރަން ކޯ ވޯކިން ސްޕޭސްގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވާ ތަނެކެވެ. އެ ޕާކަށް އާއްމުންނަށް ވެސް ވަދެވޭނެ އެވެ.
ކޮންޓެއިނަރު ޕާކުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެޗްޑީސީ
އެ ޕާކުގައި ހިމަނާ އެގްޒިބިޝަން ސްޕޭސްގައި ދިވެހި ފަންނުވެރިންގެ މަސައްކަތްތައް ދައްކާލަން މައުރަޒުތައް ބޭއްވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ގިނަ ފުރުސަތުތަކެއް އެ ޕާކާ އެކު ހުޅުވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ ރާއްޖޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ ޕާކެކެވެ. އެ ޕާކުގެ މިހާރު ކުރަމުން އަންނަނީ ހުޅުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.
އެ ޕާކު ތަރައްގީކުރަނީ ހުޅުމާލެ ރެޑްވޭވް މެގަ މޯލްގެ ފަހަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
02 March 2022
ތަންތަން ހެދުމަށްވުރެ ހަދާ ތަންތަން ރީތިކޮށް ސާފުތާހިރުކޮށް މަރާމާތުކުރުން މުހިންމު. މިއީ އެންމެފުރަތަމަ ދަސްކުރަންވީ ކަމަކީ. މިރަށް ސާފުތާހިރުނަމަ މިހާރުވެސް ވަރަށް ރީތިވާނެ. ގިނަ މަގުތަކާ ޕޭމަންޓްތަކަކީ އެތަންތާ ދިރިއުޅޭ މީހުން ކުނިއުކާ ގޮނޑު.
ދޮންބެއަލީ
02 March 2022
ފީ އިލޮށިން އެޅުން މާބުއްދިވެރި..އޭރުން ވެއްޓުނީމަ ނިމުނީ ..ތިކޮންޓެއިނަރު ތަކުން އަހަރަކު 6 ފަހަރު ދަބަރު ތަޅާފަ އެހެން ކަމެއް ވާނެކަަމަކަށް ނުފެނޭ..ދެރައީ މަގުމަތީ ބަންބަރު ގަނޑުގައި ދަވާދުކޮޅެއް ނުލެވޭބަަޔަކު މޮޅު މަސައްކަތް ކުރާތީ .ސަލާމް.
ބެއްޔާބެގެ ދަރ
02 March 2022
ވަރަށް ފޯރީގަ ހަދާނެ. ތިޔަހެން ހެދި ފެންވާރު ވެސް. މިހާރު އެހުރީ ހަލާކުވާން ދޫކޮށްލާފަ. ބަޖެޓް ރޯލްކުރަން، ގާތް މީހުނަށް ދައުލަތުގެ ކުންފުނީގެ ލާރި ބަހަން ތަންތަން ހެދިޔަސްކަމަކު ނުދާނެ. ޢެ ތަންތަން ބަލަހައްޓަން ވެސް ޖެހޭނެ