ހައި ކޯޓު: އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ލައިވްކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
03 މާޗް 2022 - 10:58
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ސަރުކާރުން ނިންމުމުން، ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކޮށް ދައްކަން އެ ކޯޓުން ނިންމައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމުމުން އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވެސް 2020 ވަނަ އަހަރު ކަނޑައެޅީ އެ ނިންމުން ރަނގަޅު ކަމަށެވެ.
އެ ނިންމުން އިސްތިއުނާފު ކުރަން އަޒާންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމާ އެކު، އޭނާ އެދުނީ ޝަރީއަތް ލައިވްކޮށް ދެއްކުމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކަމަށް ދެކޮޅެއް ނުހަދަ އެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ޝަރީއަތް ލައިވްކުރުމަށެވެ.
ލައިވްކުރަން ނިންމުމާ އެކު، މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަކަށް ނުގެންދެ އެވެ. ހައި ކޯޓުން ޝަރީއަތްތައް ލައިވް ކުރަނީ ޔޫޓިއުބް މެދުވެރިކޮށެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި، "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ހިންގަމުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންޑިއާގެ ސިފައިން ތިބީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްގެ
03 March 2022
މީތި ލައިވް ކުރެވޭ. ރައީސް ޔާމީނުގެ ޝަރީޢަތް ލައިވް ކުރަން އެވަސީލަތް ނެތީދޯ؟
ހުސެން ބެންގަލޫރު
03 March 2022
އެއީ ކްރިމިނަލް ކޯޓޭ. އަންތަރީސް ވެއްޖެ ކަލޭގެ ހޭދެބައި ކަމާހުރެ.
ރާއްޖެ
04 March 2022
ގާޒީ އަތުގަ މޮބައިލް ފޯނެއް އޮތިއްޔާ ލައިވް ކުރެވިދާނެ. އެމީހުންގެ ފޯންބިލް ދައްކަނީ ދައުލަތުން. ކޮބާ މައްސަލައަކީ؟
ރަދީފްއޮފިޝިއަލް
03 March 2022
بسم الله.ٱلْحَمْدُ لِلَّٰهِ. ކޯޓުގަ އެވަސީލަތްތައް އެބަހުރި ބާ؟ އަބަދުވެސް ނެތޭ ނެތޭ ކިޔާތީވެ މިހެން މިއަހާލީ.ވ.ވެދުން #އެސްޕިއޮނާޖް