ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވޭ. އެއީ، އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓް
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިމާރާތްކޮށްފައިވާ ފްލެޓްތައް: ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް މި ފްލެޓް ލިބޭ. -- ފޮޓޯ/ މިހާރު
06 މާޗް 2022 - 11:45
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތައް ނިމި، ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.
ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހު ހަވާލުކުރަން ނިންމާފައިވާ ކަން ސާކިއުލާއަކުން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. މި ފްލެޓްތަކަށް މުވައްޒަފުން އައީ ކުރިއްސުރެން ފައިސާ ދައްކަމުންނެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމެންޓެވެ.
މި ފްލެޓްތަކަށް ކުންފުނީގެ 300 މުވައްޒަފުން ކުރިމަތިލިއިރު އުސޫލު އޮތީ، ކުރިމަތިލާ އެންމެން ވެސް ޝަރުތު ހަމަވެ ފްލެޓް ލިބޭ ގޮތަށެވެ. ހަ ފްލެޓެއް ބޯޑު މެމްބަރުންނަށް ހާއްސަކުރި އެވެ.
އުސޫލުގައި އޮތީ، މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް ފްލެޓް ލިބޭ ގޮތަށެވެ.
ސްޓެލްކޯގެ ފްލެޓްތައް: މިތަންތަނުގައި ދެތިން މަސް ތެރޭގައި ދިރިއުޅެން ފެށޭވަރަށް ވަނީ ނިމިފައި. -- ފޮޓޯ/ މިހާރު
މީގެ ތެރެއިން ފްލެޓެއް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ދާދި ފަހުން ވަކިކޮށް، އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ހަސަން މުޣުނީ އަށް ވެސް ލިބިވަޑައިގަތެވެ. އޭނާ ވަނީ އެ ފްލެޓަށް ފައިސާ ވެސް ދައްކަވައިފަ އެވެ.
ސްޓެލްކޯގެ ފްލެޓް ދޫކުރި އުސޫލާ މެދު ކަންބޮޑުވުންތަކެއް ހުރެގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލި އެވެ. އެ ކުންފުނީގައި ތިން މަސް (ދާއިމީ) ނުވާ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމުމާއި މާލޭގެ ގެދޮރު ހުރި މީހުންނާއި ސްޓެލްކޯގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ސްޓެލްކޯގެ ފްލެޓް ކޮމިޓިގެ ހުރިހާ މެމްބަރުންނާއި އެ ކުންފުނީގައި ނޫޅޭ މުވައްޒަފުންނަށް ދޫކުރި ކަމުގެ ޝަކުވާތައް ބަލައި ކޮމިޓީން ނިންމީ އުސޫލު އިސްލާހު ކުރަން އެންގުމަށެވެ.
އެކަމަކު ސްޓެލްކޯ އިން ވަނީ އެ އުސޫލު ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ކުރިމަތިލާ ކޮންމެ މީހަކަށް ފްލެޓް ލިބޭ ގޮތަށް ހެދީ ފުރަތަމަ އިއުލާންކޮށް، ތަރުހީބެއް ނުލިބުމުންނެވެ. ފަހުން ހުޅުވާލައި ކުރިމަތިލީ މުވައްޒަފުންނާ އެކު ވަނީ އެއްބަސްވުން އެކުލަވާލައިފަ އެވެ.
"ކުރިން ފްލެޓުތައް ދޫކުރި މީހުންނާ އެކު ވަނީ ކޮންޓްރެކްޓް ހަދާފައި. އެހެންކަމުން އެ އުސޫލުތައް ބާތިލުކޮށް ފްލެޓުތައް ނަގަންޏާ ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ. މީގެ ސަބަބުން ކުންފުނި ބަދުނާމުވެ އިތުރު ހަރަދުތައް ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކުރީގެ އެމްޑީ، މުޣުނީ ވިދާޅުވެފައި ވެ އެވެ.
ޔާމީންގެ ސަރުކާރުގައި، ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް އަޅަން ނިންމައި ހުޅުވއިލުމުން 15 ކުންފުންޏަކުން މަޝްރޫއު ކުރިއަށް ގެންދަން އުޅުނެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ މި މަޝްރޫއު ކުރިއަށް ގެންދެވުނީ އެންމެ ހަ ކުންފުންޏަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ އިތުރުން އެމްޕީއެލް އާއި އެމްއޭސީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ އަދި އެސްޓީއޯ އެވެ.
މީގެ ތެރެއިން މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ އެމްޓީސީސީ އާއި އެސްޓީއޯގެ ފްލެޓްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
31 May 2022
ކަސްޓަމްސް ވެސް ފުލެޓުތަކުގެ ބިންގާ އެޅި އެތަންތަނަށް ވީ ގޮތެއް ބުނެދޭނެ މީހަކު ނެތްތޯ. ގައިމު ޓީވީން ދެއްކި އެމަންޒަރުވެސް.
ސޮހޮލު
08 March 2022
އަސްލު މާލޭ ބައެއްމީހުން މާލޭގައި ގަނަތެޅެނީ .... ދިރިއުޅެން ގޯތި މިދެނީ އެކަމު އަތުގަ އޮންނަ ސެޓްފިކެޓަށް ބަލާފަ ޕޮއިންޓް މިދެނީ. ސެޓްފިކެޓެއް ނެތް މީހަކީ ދިރިއުޅުމުން މަހުރޫމްވާ މީހެއްކަމަށްތާ މިދެކެނީ. އިސްލާމްދީނުގައި އޮންނަނީ އެހެންބާ! އިސްލާމްދީން ނެތިދާނެތީ ތިބުނާ ޕީޕީ އަކަށް ވޯޓްދޭން ގޮވާއިރު މިކަހަލަ ބޭއިންސާފުން ކަންކުރީމަވެސް ހަމަ ތީ އިސްލާމްދީނުގައިވާގޮތަށް ކަންކުރާ ބަޔެކޭ ބެނެވޭނެބާ!
އުސޫލުން
08 March 2022
އުސޫލުގައި އޮތީ، މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް ފްލެޓް ލިބޭ ގޮތަށެވެ. މިވާހަކައިންވެސް އެނގޭ އެއްޗަކީ މާލޭގެރައްޔިތުންނާއި ދޭތެރޭގައި ނަފްރަތު ހުރިވަރު ކީއްވެގެންތޯ ރައްރަށުގަ އަމިއްލަ ގޯއްޗާއި މާމަ ކާފަ ނުވީތާކައް މައިންބަފައިގެން ގޯތި ގެއަޅާފައިވާ ކިތައްރައްރަށުގެމީހުންނައްތޯ ފުލެޓް އާއި ގޯއްޗާއި މިމާލޭން ލިބިފައިހުރީ ދެން ސުޓެލްކޯ މީހުން އުފަލެކޭ ވިދާޅުވާއިރު ހިލޭތޯ ފުލެޓް ލިބިފައިހުރީ މީސަރުކާރުތަކުން ހިންގާ ވިޔަފާރިއެއް ރާވައިގެން
ދެރަވަރަށްވެސްދެރަ
08 March 2022
ވަކިތަނެއްގަ މަސައްކަތްކުރީމަ ފްލެޓްލިބޭ އުސޫލަކާއިންސާފެއްނޫން!!!! ގައުމަށް ރަންބިސްއަޅާކުކުޅު ޓޫރިޒަމްމީހުނަށާ އެހެނިހެން ޕްރައިވެޓްސެކްޓަރ މިޖެހެނީ ސަލާންޖަހަ. ކަމެއްނުކުރާ ކޮރަޕްޓް ކުންފުނިތަކާއި އޮފީސްތަކަށް ފްލެޓްތަށް.
ސުލައިމާން
07 March 2022
އެކި މިނިސްޓްރީ ތަކުގެމުވައްޒަފުންނަށްވެސް ފުލެޓް އަޅާދޭންވީ ނުން.މިހާރު ސަރުކާރުގަ އުޅޭތާ 25 އަހަރު މިވަނީ ފުލެޓެއްލިބޭނެ އެއްވެސް އަލިމަގެއްނެތް.ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ކީއްތަވާނީ ފުރުސަތެއް ދިނިއްޔާ.ކުންފުނި ތަކުގެ އަހަރު ނުވާ މީހުންނަށް ފުލެޓް ލިބުމުގެ މަގު ތަނަވަސް ވަނީ.ސަރުކާރުން އެކަމާ ނުވިސްނަނީތޯ؟
Okay 123
07 March 2022
ޥެމްކޯ މީހުނަށްވެސް ފްލެޓް ދޭންވާނެ?
ރާއްޖެ
07 March 2022
މި ސަރުކާރުން އަޅާ ބްރިޖާއި 20 ހާސް ފްލެޓާއި ކްރިކެޓް ސްޓޭޑިއަމާއި ނިމި ހުޅުވަން ރެޑީވެފަ އޮތީ.
ދަރަނި ދަންތުރަ
06 March 2022
ސްޓެލްކޯ އިން ބޯނަސްނުދޭ އެއީ މުގުނީ ދެއްކި ހުވަފެނެއް
ބޮޑުމީހާ
06 March 2022
މާލެ ގެދޮރުވެރިންނަށް ފްލެޓް ދިނުމަކީ އިންސާފެއްނޫން! ތިފެންނަނީ ދުރުވިސްނޭ ލީޑަރުންގެ މަސައްކަތްތައް. މިހާރުވެސް ވެރިކަމެއް މިކުރަނީ. ވާކަމެއް ހަރާން ފޮނި ވައުދުވުމާއި ޕާޓީ ފަލްސަފާ ކުރިއެރުވުން ފިޔަވާ. އެމްޑީޕީން ވިއްކަނީ ޑިމޮކްރަސީ، ރައީސް ޔާމިން ދިނީ ފްލެޓް
ރަށު އިންޖީނު
06 March 2022
މާލޭގެ ގެދޮރުވެރިންނަށް ފްލެޓް ލިބުނު ވާހަކަތަ އޮތީ، ނޫނީ ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓު ލިބުނު ވާހަކަތަ އޮތީ؟ މަށަށް އެނގިގެން މާލެ ނޫނަސް ސްޓެލްކޯގެ އިންޖީނުގެ ތަކުގައި އެކި އެކި ރަށްރަށުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ފްލެޓް ލިބުނު.
2022
06 March 2022
ސްޓެލްކޯ ފްލެޓް ލިބުނު ބައެއް މީހުންގެ އަނބިންނަށް ހިޔާ ފްލެޓް ލިބުނީ ކޮން އުޞޫލަކުން. ޢަޅުގަޑު ކުއްޔަށް މިއުޅެނީ ޓިޗަރުން ކެޓަގަރީން ސްޓެލްކޯ މީހެއްގެ އަންބަކަށް ލިބުނު ފްލެޓެއްގައި 12ހާސްގެ ކުއްޔަށް. ޢެ އާއިލާ އުޅެނީ ސްޓެލްކޯ ފްލެެޓް ނިމެންދެން އަދިވެސް އަބިމީހާ އަށް ލިބިފަ ހުރި އެދުރުހިޔާ ފްލެޓްގަ ކުޑަ ކުލީގައި