07 މާޗް 2022 - 15:09
މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު، މާބޮނޑި އާއި ފިނިފެންމަލާއި ކޭކު ފެޅުން ފަދަ ކަންތައްތައް ނުކުރަން އެންގީ، މި އަހަރުގެ ޝިއާރާ ގުޅުވައިގެން ކަންކަން ކުރުމަށް ބާރުއަޅަން ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ސޮއިކުރައްވައި، މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަންހެން މުވައްޒަފުންނަށް ރަތް ދޫލައިން މަރުހަބާ ކިޔައި، މާބޮނޑިއާ ފިނިފެންމާ އަދި ޗޮކްލެޓު ދިނުމުގެ އިތުރުން ކޭކު ފަޅައި ބަދިގޭގައި ގެންގުޅޭ ތަކެތި ހަދިޔާ ނުކުރަން އަންގައިފަ އެވެ.
އެ ކަންކަމުގެ އިތުރުން ހުރިހާ ހަރަކާތެއްގައި ވެސް ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަންއީކުއަލިޓީ އަދި #އައިޑަބްލިއުޑީ2022 ބޭނުންކުރަން އެދިފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓްރީއަށް އަމާޒުވެފައިވެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި އަންހެނުންގެ ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތަކާ މެދު ޖެންޑާ މިނިސްޓްރީން ގޮތްތައް ނިންމުމަށް ވުރެ އަންހެނުންގެ ހައްގުތައް ގެއްލިގެންދާއިރު، އެކަމާ ކަންބޮޑުވުންވުން ރަނގަޅެވެ.
• މަރުހަބާ ކިޔަން ރަތް ދޫލަ އެޅުން
• މާބޮނޑި ދިނުން
• ފިނިފެންމާ ދިނުން
• ޗޮކްލެޓް ދިނުން
• ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި.
އެއަށް ރައްދު ދެމުން މިނިސްޓްރީން ބުނީ ސާކިއުލާގެ މައިގަނޑު މަގުސަދަކީ މި އަހަރުގެ ޝިއާރާ ގުޅިގެން ހަރަކާތްތައް ހިންގުމަށް ބާރުއެޅުން ކަމަށެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ. ގެ އަންހެނުންގެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ޖެންޑާ އީކުއަލީ ޓުޑޭ ފޯ އަ ސަސްޓެއިނަބްލް ޓްމޯރޯ" ނުވަތަ ދެމެހެއްޓެނިވި މާދަމާއަކަށް ޖިންސުގެ ހަމަހަމަކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
10 March 2022
އަންހެނަކަށް ހަދިޔާދޭންވާނީ އެއީ އަންހެނަކަށްވީތީ އަންހެން ހަދިޔާ. ޖިންސު ހަމަހަމައޭ ކިޔާފަ ފިރިހެން ގަމީސް އަދި ފިރިހެން ޖިންސް ދިނުމަކީ އަންހެނުންގެ އަގުވެއްޓި އިހުތިރާމް ގެއްލޭނެ ކަންތަށް. ރައިޓްސް އަދި ރެސްޕޮންސިބިލިޓީ ހަމަ ހަމަ ކުރަންވީ އެކަމަކު އެއް ޖިންސަކަށް ނުވާނެ ކިތައްމެ ވަރެއް ކުރިޔަސް. އަންހެނަކަށް ފިރިހެނަކަށް ނުވެވޭނެ އަދި ފިރިހެނަކަށް އަނހެނަކަށްވެސް ނުވެވޭނެ. ރައިޓްސް އަދި ރެސްޕޮންސިބިލިޓީ ހަމަހަމަ ކިރެވިދާނެ.
އަބްލޯ ސާހިދު
09 March 2022
ދެން ކީއްތަވީކީ އެހެން އެންގިއްޔާ! އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދަށު ދަރައިޖެ ބައެއް ނޫން ކަން އަންގާލުމަށް އެ ފަދަ ކަންކަމުން ދުރުހެލިވުން ހަމަ ރަނގަޅެއްނު! މި ކޮޅުގަވެސް ހަމަ އެގޮތަށް ޖެންޑަރ ނިިޔުޓްރަލިޓީ އާއި އީކުއަލިޓީ ގެ ސިޔާރުގެ ދަށުން ކަންކަން ކުރަމުން ގެންދަނީ!
މުންޖިޗޭ
08 March 2022
ބޮޑެތި ސަފާރީ ޔޮޓުތަކާއި، ފްލެޓްތަކާއި، ކާރުތައް ހަދިޔާއެއް ކުރާކަށް ނުލިބޭނެ، މިހާރުދެން އެކަނބަލުންނޭ ނުކިޔަންވެސް އަންގައިފި، އިޙްތިރާމްކުރުމުގެ ގޮތުން ކިޔާނެ އެއްޗެއްވެސް ނޭގޭ، އެކަމަކު ޤަދަރާއި އިޙްތިރާމުކުރުމުގެ ގޮތުން "ކަނބަލުން" މިބަސް ބޭނުންކޮށްލާހިތްވަނީ، މަލާއި ޗޮކްލެޓުން ތިޔަ ނަގާމާނައެއް އެނގުނީމަނޫނީ އެކަން ނުކުރަންވީ ސަބަބެއްވެސް ނޭގޭނެ، ކޮންމެވެސް އާއެއްޗެއް ބުނެލާނަމޭހިތާ ނޫސްތަކުގެ ސުރުޚީތަކުން ޖާގަހޯދަން ބުނިބަހަކާ ވައްތަރީ.
ޙސހސ
08 March 2022
ހައު ސްޓުޕިޑް އިޒް ދިސް. ބަޔަކު ހެޔޮހިތުން އަންހެނުންގެ އަގުވަޒަންކުރަން ކަމެއް ކުރަންވެގެން ދެވޭނީ މިކަހަލަ އެއްޗެއް، މިއީ ވަކި ޖިންސެއްވީމައޭ ކިޔާފަ ދޭ އެއްޗެއް ނޫން. ގިނަ އަންހެނުން ބޭނުންވާކަމަށް ބުނީވެސް މަލާ ޗޮކްލެޓު ކަހަލަ ތަކެތި.
ވާނުވާމޭން
08 March 2022
ޖިންސު ހަމަހަމަ އެއްނުވާނެ. އެހެންނަމަހީ އަންހެން ފިރިހެން ދެ ޖިންސު ނުވީހެވެ.
ދސަފފއ
08 March 2022
ތިޔަ ބުނާ މިންތީގެ ހަމަ ހަމަ ކަން އަދ ރާއްޖޭއިން ފެންނަން އެތަށް ޒަމާނެއް ނަގާނެ... މިއަދުގެ ޖީލުގައިވެސް ފެންނަނީ އަންހެނުންނަކީ ހަމަ ފިރިހެނުންނަށް ވުރެ ދަށްބައެއްގެ ގޮތުގައި
އަންހެނުން
08 March 2022
އަންހެނުންގެ ހައްގު.. އަންހެނުން ނަގާލާފަ މިއޮތީ.. އެހެންވީމަ އަންހެނުންނައް ވ ވެދުން
އިފާ ޝަރީފް
08 March 2022
"މިންތީގެ ހަމަހަމަކަން" އެއީ ރަނގަޅު ގޮތަކީ
ކިމް
07 March 2022
ޖިންސު ހަމަހަމަ ކުރަންޏާ ތި ދުވަހެއް ފާހަގަނުކުރަންވީނު.… އަންހެނުންނަށް ވަކިން ދުވަހެއް ފާގަހަވެސް ކުރަންޖެހޭ. ފިރިހެނުންނަށް ވަކިން ދުވަހެއްވެސް ފާހަގަކުރަންޖެހޭ. ފޮނިވެސް ކަނޑަންޖެހޭ.
ބަގު
07 March 2022
އަންހެނުންގެ ދުވަހު ހަދިޔާދެނީ ޖެންޑާ މިނިސްޓަރުގެ ލާރިޔަކުން ނޫނޭ އަދި ސަރުކާރުގެ ބަޖެޓަކުންވެސް ނޫނޭ، ދޭންޖެހޭ އެއްޗެހި ކަޑައަޅަން. ފުރަތަމަ ތިމާގެ ޒިންމާ އަދާކޮއްބަލަ.