ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި---ފޮޓޯ: މަޖިލިސް
08 މާޗް 2022 - 10:00
މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، އަންހެނުންނަށް ނިސްބަތްކޮށް "ކަނބަލުން" ނުކިޔަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
އަންހެނުންގެ ދުވަހާ ގުޅޭ ގޮތުން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަންހެނުންނަށް އަމާޒުކޮށް ބޭނުންކުރާ "ކަނބަލުން"ނަކީ ހުތުރު ބަހެއް ކަމަށެވެ. އޭގެ ބަދަލުގައި "އަންހެނުން" ނުވަތަ "އަންހެން ބޭފުޅުން" ފަދަ ބަސްތައް ބޭނުން ކުރުމަށް ނަޝީދު އެދިވަޑައިގަތެވެ.
އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް ކަނބަލުންނޭ ކިޔައިގެން ދައްކާ ދެއްކުމަކީ،"--- ނަޝީދު
އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ރަށްރަށުގެ ލޯކަލް ކައުންސިލްތައް ހިންގުމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ނުކުންނަ އަންހެނުންގެ އަދަދު ވެސް ގިނަ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ދެ ޖިންސުގެ ހަމަހަމަ ކަމާ ގުޅޭ ޝިއާރުގެ ދަށުންނެވެ.
އެހެންވެ، އެހެން އަހަރުތަކުގައި ސަރުކާރުގެ ގިނަ އޮފީސްތަކުން އަންހެނުންގެ ދުވަސް ފާހަގަކުރާ ގޮތަށް ރަތް ދޫލަ އެޅުމާއި މަލާއި ޗޮކްލެޓު ދިނުން އަދި ކޭކު ފެޅުން ފަދަ ކަންކަން ނުކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީކާކު
11 March 2022
ތީމިގަރުނުގަ ރާއްޖެއައް އެރި ރަންނަމާރި! ތިޔަކުންދެން ނުނެއްޓެވޭނެ!
އިމަނާ
10 March 2022
ނޭނގޭ ކަންކަމަށް ނުބޭނުމަށް ގޮވާލަން. އަދި އަމުދުން ބަހުގެ އަދަބެއް ސަދަބެއްނެތް، ލާޗާރު ބިޗާރަށް ބަސް ބޭނުންކުރާ ފަރާތްތަކުން ހަނުހުރުން ބުއްދިވެރިވާނެ. އޭރުން ބަސްހަލާކުނުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ.
ކަނބަލުން
10 March 2022
ކަނބަލުން މީވަރަައް ރީތި ބަހެޢް..
ހިސާން
09 March 2022
ބަރުލަމާނީ އަކީވެސް މަށަށް ވަރަށް ހުތުރު ނަމެއް. އެނިޒާމެއްގެ ވާހަކަ ނުދައްކަން ގޮވާލަން
ލައިލާ
09 March 2022
ނަޝީދަށް ރީތި ބަސްތައް އެކަނިތަ ބޭނުންކުރަންވީ؟ އަޖައިބެއްނު؟
ހާޖަރާ
09 March 2022
ނަޝީދަށް ކޮން ކަމެއް ދޯ.
ކަބަލުން
08 March 2022
މަނިކުފާނު ހާދަހާ ކުޅަދާނައޭ. އަންހެނުންގެ ދުވަހުވެސް ކޮންމެވެސް އެއްޗެކޭ ކިޔާފަ ތިޔައެރީ ނޫހުގެ ފަލަ ސުރުހީއަށް. ވ.ވެދުން
އަލީރާޖަ
08 March 2022
ނަޝީދު އެ ވިދާޅުވީ ރަގަޅަށް. އަންހެން ކަނބަލުން ފިރިހެން ކަލުން އެއީ ދިވެހިބަހުގައި ބޭނުން ކުރާ ގޮތެއް ނޫން. އަދި އެއީ ބަހުގެ ހަމަ ހުއްދަކުރާ ގޮތެއްވެސް ނޫން. އަންހެން ނުވަތަ ފިރިހެން ބޭފުޅުން އެއީ ބަހުގެ ބޭނުން ކުރާ ރަގަޅު ގޮތް. އަނބިކަނބަލުން، އެކަނބަލުން މިއީ ބޭނުންކުރާ ގޮތެއް.
ށ
08 March 2022
އެކަމަކު މަށަށް "ކަނބަލުން" މިބަސް ވަރަށް ރީތި!
އަލީ1011
08 March 2022
ރައީސް ނަޝީދުގެ ދެކަނބަލުން.....ރަނގަޅުގޮތަކީ ރައީސް ނަޝީދުގެ ދެމީހުން...