އަނުޕަމް ކޭރް--
09 މާޗް 2022 - 06:37
ބޮލީވުޑްގެ ތަރި އަނުޕަމް ކޭރް އޭނާގެ 67 ވަނަ އުފަން ދުވަހު، އޭނާގެ "ފިޓް ބޮޑީ"ގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
އެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަނުޕާމް ބުނީ އެއީ އޭނާ ފިޓްވުމުގެ ދަތުރު މަޑުމަޑުން ކާމިޔާބުވާ ކަމުގެ ހެއްކެއް ކަމަށެވެ. އިއްޔެ އުމުރުން 67 އަހަރުވީ އިރު، ވަރަށް ހިތްވަރުގަދަވެފައިވާ ކަމަށާއި އަދި އަމިއްލަ މީހާ ބަދަލުކޮށްލުމަށް ވަރަށް ކެތްމަދުވެފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ 37 އަހަރު ކުރިން އޭނާ ޒުވާން އިރު، އެކި ކަހަލަ ރޯލްތަކުން ފެނިފައިވާނެ ކަމަށާއި އެކަމަކު ފިލްމީ ކެރިއަރުގެ އިތުރުން އޭނާގެ ހިތުގައި ހަގީގަތަކަށް ނުވެ އޮތް ހުވަފެނަކީ ފިޓްކޮށް ހުރުން ކަމަށެވެ. އެކަން ކާމިޔާބުކުރަން ކުރިން އެވަރަށް މަސައްކަތް ނުކުރެވުނު ކަމަށް ވެސް ބުންޏެވެ.
ޒުވާން ދުވަސްވަރު އެކަން ހަގީގަތަކަށް ނުހެދުނަސް މިހާރު އެ ހުވަފެން ވެސް ހާސިލްކުރެވިއްޖެ ކަމަށް ބުންޏެވެ. އަދި ފިޓްވުމުގެ މަސައްކަތް މިހާރު ފަށައިގެން އުޅެނީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އަންނަ އަހަރު އަދި މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
އަނުޕަމް ވަނީ 50 އެއްހާ ފިލްމު ކުޅެފަ އެވެ. އޭގެ ތެރޭގައި ކާމިޔާބު އަދި ހިޓްވި ގިނަ ފިލްމުތަކެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވާން ޖަވާނީ
11 March 2022
ސުނިލް ޝެޓީ އަށް 62 އަދިވެސް ހީވަނީ ޒުވާން ކުއްޖެއް ހެން އެހެންވީމަ އަނޫޕަމް ޖެހޭ ސުނިލް ގެ ހަށިގަޑު އަދި މުޅި މީހާ އަށް ބަލާފަ ތިމަންނަ އަދި ނުވޭކަން ބޮޑީ ދައްކަން ވެސް! އަނޫޕަމް އަކީ ޒުވާން އުމުރު ވެސް މުސްކުޅިއެއް ގޮތަށް ހޭދަ ކުރި މީހެއް
މަބޫޓޯ
09 March 2022
ކައްޗާއެއް ލައިގެން މުޅިގައިގަ ތެޔޮހާކައިގެން ނޭވާ އެތެރެއަށް ހިފަހައިޓައިގެން ހުރިއަސް ފިޓްވީއެއް އެއްނުން! ވައްތަރީ ތަނަކަށް ތަދެއްއަރައިގެން ދިވެހިބޭސް ތެޔޮކޮޅެއް ހާކާލައިގެން ހުރިވައްތަރު.
ހުސެން
09 March 2022
ގަމީސްބާލާވަރަކަށް އަދި ފިޓެއްނުވޭ ؛)
ރަދީފު ބިން ރަފައިދާ
09 March 2022
މަހުލޫފު އުޅޭފާޑަށް އުޅޭމީހެއްދޯ؟
ރީމް 222
09 March 2022
ޒުވާން ދުވަސްވަރު އުމުރަށް ވުރެން ބޮޑު މީހުންގެ ބައްޕަ ބަޔާ ކާފަ ބައި ވެސް ކުޅެފައި ވާ އަނޫޕަމް ގެ ތި ހިތްވަރށް ސާބަސް! އަނިލް ކަޕޫރާ އެއް އުމުރު ކަމުގާ ވިޔަސް އޭނަގެ ކާފަ ބައި ވެސް ކުޅެފައިވޭ! ހެމާ މާލިނީ ގެ ބައްޕަ ބައިވެސް ކުޅުނު!
ހީރޯ ޒީރޯ
09 March 2022
ޒީރޯ ޓޮލަރެންޓް ސަރުކާރުގެ ޔޫތް މިނިސްޓްރު މަހުލޫފުގެ ހަށިގަނޑަށް ވުރެ ތަންކޮޅެއް ރަނގަޅު
ކުރްސީ ވަލް ޕުޓިން ވަލް އަދްޝަން ވަލް އަމީތާބް
09 March 2022
މަހީކުރީ މަނިކް ސޭޓްކަމަށް.ހެހެހެހެހެ
53ގބ3
09 March 2022
ފިޓުކޮށްހުރުން މައްސަލައެއްނޫން. އެކަމަކު ޖަންގިކޮޅުލައިގެންހުރީމާ މައްސަލައަކީ.
2022
09 March 2022
ލަދެއްވެސް ނުގަނޭތަ ތިފޮޓޯ ދައްކާކަށް... ބޮއިހަލު