"އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން. އީވާ އާއި އިންތި އާއި ހަސަން ލަތީފާއި ވައްޑެ އާއި ގިޓާއާ އެކަންޏެއް ނޫން"
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަށް ކެމްޕޭން ފަށަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
08 މާޗް 2022 - 22:53
ސަރުކާރާ އެކީ ހުންނެވީ ގަދަކޮށް ކަމަށާއި އަސްލު ބްރޯ އަކީ ކާކުކަން އެންމެންނަށް އެނގޭ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް މިރޭ ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިޚާބު ބާއްވާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެ އެކަމުގައި ގޮތެއް ނިންމަން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ބަދަލުކުރި ބަހުގެ ހަމަލާތަކުގައި ފައްޔާޒް ވިދާޅުވީ އޭނާ މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދޭން ކަމަށެވެ.
ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވަނީ ފައްޔާޒާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ ސަރުކާރަށް މަޖިލިސް ތެރެއިން ހުރަސް އަޅަމުންދާ މަންޒަރު އެންމެންނަށް ފެންނާނެ ކަމަށް އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަކީ ބްރޯ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ރައްދު ދެއްވައި، އަސްލު ބްރޯއަކީ ކާކުކަން އެންމެންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިއިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިއިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން، އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެން ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއްްޗެހި ކިޔާކަށް،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، ފައްޔާޒް ވިދާޅުވި އެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އަނެއްކާވެސް ފައްޔާޒް ވިދާޅުވީ އޭނާ ހޮވިއްޖެ ނަމަ ވަކި މަގާމަކުން ބޭފުޅަކު ވަކިވާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިއަށް ތާއީދުކުރާ ބައެއް ބޭފުޅުންގެ ނަން ވިދާޅުވުމަށް ފަހު، އެ ޕާޓީއަށް ގުރުބާންވީ އެ ބޭފުޅުން އެކަނި ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ
"އެކި މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން. އީވާ އާއި އިންތި އާއި ހަސަން ލަތީފާއި ވައްޑެ އާއި ގިޓާއާ އެކަންޏެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވީ އިންތިޚާބު ބާއްވަން ޖެހޭނީ ގިނަ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށް ރޯދަ މަސް ނިމުމަށްފަހު ކަމަށެވެ.
މިރޭގެ ޖަލްސާ ހޫނުވީ ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް، ފައްޔާޒަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތައް ދެއްވުމާ އެކުގަ އެވެ. އޭނާ ވިދާޅުވީ ފައްޔާޒް އުޅުއްވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ވަރަށް މުޑުދާރުކޮށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
09 March 2022
ކިތައް ޕްރޮޖެކްޓުންތޯ ޕަސަންޓު ލިބުނީ ، ޕެނަމާ ކުންފުންޏަކައް ސުކުން ވިއްކައިގެން ލިބުނީ ކިހާވަރެއްތޯ... ދައުލަތުގެ ވުޒާރާތަކުން ނާޖާއިޒުގޮތުގަ ކިތައް ކަންކަންބާ ކުރެވިފައޮތީ... މިސުވާލް ކޮނމެ އެމް.ޑީ.ޕީ މެންބަރަކުވެސް އެބަޖެހޭކުރަން
ހާނިމް
09 March 2022
ހުރިހާ މަގާމެއް ކެނެރީގެއަށް ބައްކޮށްގެން ހިންގަނީ ކޮންބައެއް. މަޖިލީހުގެ ރައީސް ، ނައިބުރައީސް ނަންވާނީ ކާމިނީގޭ އާއިލީ ވެރިކަން ، އަނެއްކޮޅުން ގަލޮޅުގެ ވިސްނާލަބަލަ މަޢުމޫނަށް ކިހާ މަލާމާތެއް ކުރި 30 އަހަރު އެއްގޮޑިއެއްގައި ބަގުނޑި ބައްދާތީވެ، ނިކަން ބަލާބަލަ އީވާއާއި އިންތި ކިހާ ދުވަހެއް އެއްގޮނޑިއެއްގައި ބަގުނޑި ބައްދާތާ. މިހިރީ ދޯ އެއިރު ކީއެއްޗެހި
އެލެކްސް ކުރުސީ
09 March 2022
މަ ބޭނުން ގޮތަކަށް ޕާޓީ ހިންގަން ޖެހޭނީ މަބޭނުން ބަޔަކު ޖޭއެސްސީގައި މަބޭނުން ބަޔަކު ފަނޑިޔާރުގޭގައި މަބޭނުން ބަޔަކު މަޖިލީހުގައި މަބޭނުން ބަޔަކު މިނިސްޓްރީތަކުގައި މަބޭނުން ގޮތަކަށް ރައީސް ހަދަންޖެހޭނީ ދައުރު ހަމަވިޔަސް މަބޭނުން ގޮނޑީގައި މަހުންނާނަން. މަހުންނާނީ ހުރިހާ ކަމެއް ކޮށްފަ ރައްޔިތުން ކުރިމަތީ ހުދު ކާފޫރަށް ވެގެން މަމީ ކާކު؟
ސަމޭދާން ބުނި ގަތޫރާ
09 March 2022
ބުރޯއަކީ ކާކުތޯ ބަލާނެކަމެއްނެތް. ބުރޯއަކީ އަދީބު
ދުވެގިސަން
09 March 2022
މިނިސްޓަރަކަށް ހުރީ ފައްޔާޒު ބްރޯހެދިގެން އުޅެނީވެސް ފައްޔާޒު އެކަން ވަރަށް ސާފު
ސައިޚް
09 March 2022
ފައްޔާޒު ތީ އެމް.ޑީ.ޕީ. ނުވެސް ދަންނަ ކޮންތާކުން އައިސްހުރި މީހެއްބާ.؟ ސަރުކާރުގެ މިނިސްޓަރކަން ލިބިގެން އެމް.ޑީ.ޕީ. ފެނިގެން ތިއުޅެނީ، ސަރުކާރުގަ ގަދަކޮއް ހުރެވެތަންވެސް ބަލަން މިތިބީ މާތް މާތްﷲގެ ވާގިފުޅުން ތިއަ ނުބައި، ނުލަފާ އެޖެންޑާ ކާމިޔާބެއްނުވާނެ، އެމް.ޑީ.ޕީ. ފުނޑުފުނޑު ކޮއްލިއަކަ ނުދޭނެ، އިބޫ ހީކުރީ ބަގާވާތާ، އެމް.އެމް.ޕީ.އާރ.ސީ. މައްސަލަ އޮއްބާލައިގެން 2023 ކާމިޔާބުވާނެކަމަށް ، ކުއްހީއެއް،
ބަބޫ
10 March 2022
ބަޣާވާތޭ؟ އަމިއްލަޔަށް އިސްތިއުފާދިނުމަކީ ބަޣާވާތެއްތަ. އަނެއްދުވަހު މުޅިގައުމުގަ ހުޅުޖެހީ އެއީ މާތްކަމެއްތަ؟ މޮޔަ ނުވޭ މިހާރަކު ތިބައިގަނޑަކަށް ބަޔަކު ސަޕޯޓެއް ނުކުރާނެ. އަންނިމެން އުޅެނީ ވެރިކަމާހެދި ބޫތުކައިގެން. ބަގުޑި ބައްދައިގެން.
ކުޗީ
09 March 2022
ސަރުކާރާއި އެކު ހުރިއިރު ސަރުކާރު އެއޮތީ ފެއިލް ވެފަ ... ޒީރޯ ޓޮަލަރެންސް އޮތީ ވަލު ދޮރާށިން ވަދެފަ.
ޙާމް67
09 March 2022
މި ޑްރާމާ ފެށީ ކެރަފާ އާއިލާއިން ޢިބޫ ސޯލިހް ވެރިކަމައް އައިސް ބޯކިބާ ފެޅިއިރު ލިބުނު އެތިކޮޅު މަދުވެގެން. ޢިބޫ ވެރިކަމަށް އައިސް ހަފްތާ ނުވެ އުޅެނިކޮއް ނިއުޔޯރކް އުމޭ ޒުވާބު ފަށައިފި. އެހެންތާ ވާނީ މަގާމެއް އެއްޗެއް ނުލިބުނީމަ. މިހާރު ސޯލިހު މިފެންނަނީ މާ ސާބިތުކޮއް ހުންނަވާ ތަން. ކެރަފާ ނުފޫޒު އެއްކޮއް އެމްޑީޕީ އިން ދާތަން ބަލަން ބަޔަކަށް އަސަރު ކޮއްގެން މިއުޅެނި.
ފިކުރު
09 March 2022
ފައްޔާޒު ރައްޔިތުންގެ ކުރިމަތީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ އަދިވެސް ވަރަށް ސާފުކޮށް ހަނދާން އެބަހުއްޓެވެ. އެމްޑީޕީ 65 މެމްބަރުންގެ ސާފު މެޖޯރިޓީ އޮތްމަޖުލިސްގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާލުވެގެންނޭ ކިޔާފައި ފައްޔާޒް ލޮބީ ކުރަން މެމްބަރުންނާއި ވަކީން ބައްދަލު ކުރަންޖެހޭ ސަބަބެއް އެމްޑީޕީ އާއްމު މެމްބަރުންނަށް ސާފުކޮއްލައި ދޭންވީނުންތޯ ؟ކުރީން ވެސް ބުރޯއެއް މިގޮތަށް މަސައްކަތް ކުރީތީ އެހެންވެދާނެތީ ސާފުކޮއްދެއްވުން އެދެމެވެ،
މީދޫ
09 March 2022
ހެއުކޮށް. ބުރޯ ފަހަތި އެންމެ ގިނަކޮށް މެހި މާބުރު އެނބެރޭނެއި. އެހެން މިވީތާން ރާއްޖެން ފެނިފެއި ހިށީ.