ސްވިޒަލެންޑުގެ ޒިއުރިކުގެ މިސްކިތަށް ދިން ހަމަލާ އަށް ފަހު ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އީޕީއޭ
20 ޑިސެމްބަރ 2016 - 14:54
ޒިއުރިކް (ޑިސެމްބަރު 20) - ސްވިޒަލެންޑުގެ ޒިއުރިކުގެ މިސްކިތެއްގައި ބަޔަކު ނަމާދަށް އަރާ ތިއްބާ ބަޑިން ހަމަލާދީ ތިން މީހުން ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އިއްޔެ އަސްރު ނަމާދަށް މިސްކިތަށް މީހުން އަރާ ތިއްބާ ގޮތް ނޭނގޭ މީހަކު މިސްކިތަށް ވަދެ ބަޑިން ހަމަލާ ދޭން ފެށި ކަމަށެވެ. އަަދި ހަމަލާ އަމާޒުވި އުމުރުން 30، 35 އަދި 56 އަހަރުގެ ތިން ފިރިހެނުން ޒަޚަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަމަލާ ދިނުމަށް ފަހު، ހަމަލާ ދިން މީހާ ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަންޒަރު ދުށް މީހުން ބުނީ ހަމަލާ ދީފައި ވަނީ ކަޅު ކުލައިގެ ގަމީހެއް ލައިގެން ކަޅު ތޮތްޕެއް އަޅައިގެން ހުރި އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ މީހެއް ކަމަށެވެ. ހަމަލާ ދިން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފުލުހުން ފަހުން ވަނީ ކޯރެއްގެ އައްސޭރީގައި އޮއްވާ ހޯދައިފަ އެވެ. ހަމަލާ ދިން މީހާގެ މަގްސަދެއް ނޭނގެ އެވެ.
ފުލުހުން ވަނީ މިސްކިތުގައި ހަމަލާ ދިން އިރު އެ ސަރަހައްދުގައި ތިބި މީހުން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.
ސްވިޒަލެންޑުގެ މިސްކިތްތަކަށް ފަހަކަށް އައިސް ވަނީ ހަމަލާތައް އަމާޒުވާން ފަށައިފަ އެވެ. އޭގެ ތެރޭގައި ޖެނީވާގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު މިސްކިތް ވެސް ހިމެނެ އެވެ. އާބާދީގައި އަށް މިލިއަން މީހުން ހިމެނޭ ސްވިޒަލެންޑުގައި 450،000 މުސްލިމުން ދިރިއުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
20 December 2016
ސުންނީން ތިޔަކަހަލަ ހަމަލާ ޝިއައީންނަށް ދީއުޅޭ ،،، އައިސިސް އިންވެސް މިސްކިއްތަކަށް ހަމަލާދީއުޅޭ ،، ތިޔަކަމުގެ އަސްލު ހޯދަންޖެހޭނީ ،، ގިނަމީޑިޔާތަކުންނާއި ސަރުކާރުތަކުން ފަތުރާނީ ޕްރޮޕަގެންޑާ ،، ،،، މިހާރު އިސްލާމީ ދުނިޔޭގައި އޮތީވެސް ބައިބައިވުމާޢި އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދިނުން ،، ޝައިތޯނާގެ ޕްލޭންތަށް ބަރާބަރަށް ހިގަމުންއެދަނީ ،،، އަޅުގަނޑުގެ ދުއާއަކީ އިސްލާމީ ދުނިޔޭ އެއްބައިވަންތަކުރައްވާއި އެންމެނަށް ތެދުމަގު ދައްކަވައި ޝަރީކުރާބަޔަކު ކަމުގައި ނުލައްވައި ނަސްރާޢި ކާމިޔާބުދެއްވުން ،،،،،