ކުޅިވަރު

ޗެލްސީގެ ބޯޑު ޑިރެކްޓަރުކަމުން އަބްރޮމޮވިޗް ބޭރުކޮށްފި

ޗެލްސީގެ އޯނަރު ރޯމަން އަބްރޮމޮވިޗް: ޗެލްސީގެ ޑިރެކްޓަރުގެ މަގާމު އޭނާ އަށް ވަނީ ގެއްލިފައި

13 މާޗް 2022 - 10:47

1 comments

ލަންޑަން (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ޗެލްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން އެ ކްލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ބޭރު ކުރަން ޕްރިމިއާ ލީގުން ނިންމައިފި އެވެ.

ޕްރިމިއާ ލީގުން އަބްރޮމޮވިޗާ ދެކޮޅަށް ފިޔަވަޅު އެޅީ ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައިގައި، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ތާއީދުކުރާކަމަށް ތުހުމަތުކޮށްފަ އެވެ. ރަޝިއާގެ ބިލިއަނަރު އަބްރޮމޮވިޗަކީ ޕުޓިންއާ ގާތްގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ޕްރިމިއާ ލީގުގެ ބޯޑުން އެގޮތަށް ފާސް ކުރުމުން ޗެލްސީގެ އެއްވެސް ހައްގެއް އަބްރޮމޮވިޗަކަށް މިހާރު ނޯންނާނެ އެވެ. އޭނާ ވަނީ އެ ކްލަބް ވިއްކާލަން މީގެ ދެ ހަފުތާ ކުރިން އިއުންލާން ކޮށްފަ އެވެ. އެމެރިކާގެ ކުންފުންޏަކުން ވަނީ ޗެލްސީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އަބްރޮމޮވިޗުގެ އެސެޓްތައް ޔޫކޭ ސަރުކާރުން ހިފެހެއްޓުމާ ގުޅިގެން ޗެލްސީގެ އެކައުންޓްތައް، ބާކްލޭސް ބޭންކުން ވަނީ ވަގުތީ ގޮތުން ފްރީޒްކޮށްފަ އެވެ.

ޗެލްސީގެ މެއިން ސްޕޮންސާ 'ތުރީ' ޓެލެކޮމިއުނިކޭޝަނުން އެޓީމާ އެކު ހަދާފައިވާ އަހަރަކު 40 މިލިއަން ޕައުންޑް ލިބޭ ކޮންޓްރެކްޓް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި ޗެލްސީގެ ސްލީވް ސްޕޮންސާ ސައުތު ކޮރެއާގެ ހަޔުންދައި އިން ވެސް ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ. ކިޓް ޕްރޮވައިޑާ ނައިކީން ވަނީ އެޓީމާ އެކު ހަދާފައިވާ އެއްބަސްވުން ރިވިއު ކޮށްފަ އެވެ. ނަމަވެސް ނައިކީން ވަނީ 2016 ވަނަ އަހަރު ހެދި، ސީޒަނަކު 60 މިލިއަން ޕަންޑް ލިބޭ އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ދާން ނިންމައިފަ އެވެ. ނައިކީއާ އެކު ޗެލްސީން ހެދި 15 އަހަރު ދުވަހުގެ އެގްރީމަންޓަކީ 900 މިލިއަން ޕައުންޑުގެ ކޮންޓްރެކްޓެކެވެ.

އަބްރަމޮވިޗުގެ އެސެޓްތައް ހިފެހެއްޓި ނަމަވެސް ކުލަބް އޮޕަރޭޓް ކުރުމުގެ ހާއްސަ ހުއްދައެއް އިނގިރޭސި ސަރުކާރުން ވަނީ ދީފަ އެވެ. ޗެލްސީ އަށް ދިން ވަގުތީ ލައިސަންސްގެ ދަށުން މެޗު ޓިކެޓް ވިއްކައިގެން އެ ޓީމަށް ފައިސާއެއް ނުހޯދޭނެ އެވެ. ކްލަބުގެ ފިހާރައިން މާޗެންޑައިޒް ނުވިއްކޭގޮތަށް ބަންދު ކޮށްފައިވާއިރު ކުލަބުގެ ހޯމް ސްޓޭޑިއަމްގެ ބޮޑު ބައެއް ބަންދުކުރަން ވެސް ޖެހެ އެވެ.

ޗެލްސީން މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 28 މިލިއަން ޕައުންޑް ހޭދަކުރާއިރު، ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައި ކުލަބުން ވަނީ ޓިކެޓު ވިއްކުމުގެ ހުއްދައިގެ އިތުރުން، ހަރަދުކުރުމުގައި ވެސް ލިމިޓް އިތުރުކޮށް ލައިސެންސަށް ބަދަލުތަކެއް ގެނެސްދޭން އެދިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ އަށް ޓިކެޓް ނުވިއްކޭތީ މެޗަކަށް 600،000 ޕައުންޑުގެ ގެއްލުމެއް ވާނެ އެވެ.

މިހާރު ދީފައިވާ ލައިސަންސްގެ ދަށުން ހޯމް މެޗުތަކަށް 500،000 ޕައުންޑް ހޭދަކުރުމުގެ ފުރުސަތު ލިބޭއިރު، އަވޭ މެޗަށް ދަތުރާއި ހުރުމުގެ ކަންކަމަށް ހޭދަކުރެވެނީ 20،000 ޕައުންޑެވެ.

އަބްރަމޮވިޗަށް ފިޔަވަޅު އެޅުމުގެ ކުރިން ޗެލްސީ ވިއްކާލުމުގެ ކަންތަކާ ހަވާލުވި އެމެރިކާގެ އިންވެސްޓްމަންޓް ފާމް ރެއިން ގުރޫޕުގެ ވެސް މަސައްކަތް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ. ޗެލްސީ ގަންނާނެ އިންވެސްޓަރަކު ހޯދުމަށް ރެއިން ގްރޫޕާ އަބްރަމޮވިޗާ ހަވާލު ކުރުމަށް ފަހު ކްލަބު ވިއްކާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތިން ބިލިއަން ޑޮލަރެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

13 March 2022

މިބޭފުޅުންގެ ޔޯޓުތަކުގައި ރާއްޖެ ގެންނަ ކާޑުގެ ބާވަތްތައް ޢެތެރެ ނުކުރެވެންޏާ ރާއްޖެ ކާޑައްޖެ ޖެހުން އެކާށީގެންވޭ. ކާޑުގެ ބާވަތްތައް ގެންނަން އިތުރު ގޮތްތައް ހޯދަންޖެޖޭ އެބަޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454