ކޮޗިންގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޝަހީމް.-
16 މާޗް 2022 - 12:15
އިންޑިއާގެ ކޮޗިންގައި މީގެ ތިން ދުވަސް ކުރިން ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ޒަހަމްވި އއ. ބޮޑުފޮޅުދޫ، ދެތަނޑިމާގެ، އާދަމް ޝަހީމްގެ އާއިލާ އިން ވާހަކަ ދެއްކި އަބްދުލް ޝުކޫރު މިއަދު ބުނީ، ޝަހީމް އަނިޔާވީ ރޭގަނޑު ކައިގެން ހިނގާފައި ގެއަށް ދަނިކޮށް، ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހުމުން ކަމަށެވެ.
ސައިކަލުން ޖެހުމާއެކު ޝަހީމް ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނީ ކަމަށް އާއިލާ އިން ބުންޏެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރު މޫނުމައްޗާއި ލޯ ކައިރިން ފަޅައިގެން ގޮސްފައި ހުރީ. ލޯ ކައިރިން ކަފައިގެން ގޮސްފައި ހުރި ތަނުން ލޭ މަނާ ނުވެގެން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރީ. ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފައިގެ އެކި ތަންތަނާއި ބޯ ފަޅައިގެން ގޮސްފައި ހުރީ،" ޝުކޫރު ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި، ޝަހީމްގެ އެތެރެހައްޓަށް ޒަހަމެއް ނުލިބެ އެވެ. ނަމަވެސް ލޯ ކައިރިން ކަށިގަނޑު ބިންދައިގެން ގޮސްފައި ހުރުމުން ލޮލުގެ ކަޅި ނުހިފަހައްޓައި، ވެއްޓޭތީ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ޑޮކްޓަރު އެންގި އެވެ.
އެހެންވެ، އަންނަ ހުކުރު ދުވަހު އޮޕަރޭޝަން ކުރަން ވަނީ ނިންމައިފަ އެވެ. އެ އަށް ފަހު، މަދުވެގެން ހަފުތާއެއް ވަންދެން ހޮސްޕިޓަލްގައި މަޑުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޝުކޫރު ބުނެ އެވެ.
ބޮޑުފޮޅުދޫ ކުނިކޮށީގައި މަސައްކަތްކުރާ ޝަހީމް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަށުގެ ބަޔަކާއެކު އިންޑިއާ އަށް ދިޔައީ، އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އެންސްޕާ އިން ދީފައިވާ އެހީގައި ފުރޮޅުލީގޮނޑިއެއް ގަންނަން ވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަޓް
17 March 2022
ވަރަށް ހިތާމަވެރި ހާދިސާއެއް. އެކަމް ފުރޮޅުލީ ގޮނޑިއެއް ގަންނަން ދިޔައީއޭ ބުނީމަ ވަރަށް ބޮޑަށް ހައިރާންވެއްޖެ.
ޙަބީބު
17 March 2022
ޢަބަދުވެސް މަގުގެ ކަނައަތް ފަރާތުން ހިނގުން ވަރައްމުހިންމު ދުއްވާނީ ވައަތްފަރާތުން ވީމާ ފަހަތުން އަންނަ އެއްޗެހި ނުފެނުނަސް ކުރިމަތިން އަންނަ އެއްޗެހި ފެންނާނެ ވީމާ ބައެއްފަހަރު ކުރިމަތިން އަންނަ ވެހި ކަލުން ސަލާމަތްވާނެ އޭރުން
އަޕްޑޭޓު
16 March 2022
އަވަސް ޝިފާމިންވަރު ކޮށްދެއްވާށި
ޑިސެންބަރ
16 March 2022
ޑިސެންބަރ ޓުރީމެންޓް އަކީ ރާއްޖޭގަ ހުރިހައި ހިސާބެއްގަވެސް އޮންނަކަމެއް… އެއީ ޝިފާއެއް ނެތް ޓުރީމެންޓްއެއް ކޮންމެ ޑިސެންބަރ އެއްގައި ދާންޖެހޭން.. ވޯޓް ވިއްކާފަ ގިނައިން ދާނީ
ހުސެން
17 March 2022
މީ ޑިސެންބަރުތަ؟
ރަދީފްއޮފިޝަލް
16 March 2022
ވަރަށް ހިތާމަވެރި ހާދިސާއެއް.އަވަސް ޝިފާއަކަށް އެދެން.
ށަވިޔަނި
16 March 2022
ވަރަށް ހިތާމަވެރި ހާދިސާއެއް. މަގުން ހިނގާފަ ދާއިރު ދެކޮޅުވެސް ބަލަންވާނެ. ފަހަތުން އައިސްފާނެ އެއްޗެކާމެދު މާބޮޑަށް ވިސްނަންޖެހޭ. އަވަސް ޝިފާއަކަށް އެދެން.
މަޑުލު
16 March 2022
އައިސްފާނެ އެއްނޫން ފަހަތުން އަތުވެދާނެ
ސޯލިބ
16 March 2022
މާލޭން ފުރޮޅުލީގޮނޑި ގަންނަން ނުލިބެނީތޯ؟އެންސްޕާގެ އެހީގައި ފުރޮޅުލީ ގޮނޑިއެއްގަންނަން އިންޑިއާއަށް. ގޮނޑިގެ އަގާއި ދެކޮޅުޓިކެޓްގެ އަގާ އިންޑިއާގައި ހުރުމުގެ ޚަރަދު އެއްކޮށްލުމުން ގޮނޑީގެ އަގު ކިހާވަރެއް ވާނެބާ؟
ރާއްޖެ
17 March 2022
އޭރުން ވެސް މަށަށް ހީވަނީ ރާއްޖޭގެ ފާމަސީ ތަކުން ލިބޭ ވަރަށް ވުރެ އަގު ހެޔޮ ވެދާނެ ހެން. މިތަނުން ގަންނަ އެއްޗެހި 100 ގުނަ ކޮއްފަ ރާއްޖެއިން ވިއްކަނީ.
ނިންނީ
16 March 2022
ޢަނީޔާ ލިބުނު މީހާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. ފުރޮޅިލީ ގޮޑި އާއި ބެޓެރިން ދުއްވާލެވޭ ގޮޑި މާލޭ ބާޒާރުގަ އެބަހުރި ދެކޮޅު ޓިކެޓް ނަގާގެން ރައްޓެހި ބަޔަކާއި އިންޑިޔާ އަށް ދިއުމަކީ ގޯހެއް. އެންސުޕާއިންވެސް ފައިސާނުދީ ބޭނުންވާކަހަލަ ގޮޑިއެއް ގަނެދިނުން މާރަގަޅު
އެހެންދޯހަމަ
16 March 2022
ފުރޮޅުލީގޮނޑި ގަންނަން އިންޑިއާއަށް ….ސަޅި…އަދި ރަށުގަ އުޅޭހެން އެހެންގައުމުތަކުގެ މަގުގަވެސް އުޅެނީދޯ….ވަރަށް ވެސް ދެރަ….
މޮހިތު
16 March 2022
ވަރައްކަންތައް އިނގޭ ބޭފުޅެއް މިއީ!
ބައިސެންޓް
16 March 2022
ހިތާމަވެރި ހާދިސާއެއް. ޝަހީމްއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ހިތަށް އަރަނީ އެންސްޕާއިން އެހީ ދިނީ ދެކޮޅު ޓިކެޓް ނަގައިގެން އިންޑިއާއަށް ގޮސް ގޮނޑިއެއް ގަންނަންތޯ.
ހުސެން
17 March 2022
އެންސްޕާއިން އެހީދޭނީ ހަމައެކަނި ގޮނޑިގަންނަށް، އެންސްޕާއިންދޭ ފައިސާއިން މިރާއްޖޭގެ ތަނަކުން ގޮނޑިގަންނަކަމަށް ވަންޏާ އަތުންބައެއްލައިގެން ނޫނީ ނުގަނެވޭނެ، އިންޑިޔާއިން 3 ގޮނޑިލިބޭ އަގުގައި މިރާއްޖެއިން ލިބޭނީ 1 ގޮނޑި، އެހެންވީމާ ބަޔަކާއެކު އިންޑިޔާއަށް ދެވޭގޮތްވީމާ ގޮނޑިގަންނާށާއެކު ދިޔައީކަމަށްވާނީ ކޮމަންސެންސުދޯ، އަދި އަގުއެހާބޮޑުވެފަ ބޭނުންވާ ވައްތަރުވެސް މިރާއްޖެއަކުން ނުލިބޭނެ ސާފުވެއްޖެތޯ؟؟