ރިޕޯޓް

އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!

އަކްރަމް (ކ) އާއި މުއިއްޒު: ޒުވާބު ބޮޑު

ލާމަރުކަޒީ ގާނޫނުން ލިބެންޖެހޭ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށް މި ސަރުކާރުން ބުންޏަސް މުޅި މަންޒަރު ބަދަލު ވަނީ މާލެއާ ހިސާބުންނެވެ. އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ ބާރުގެ ދަށުގައި މާލޭ ސިޓީ ކައުންސިލް އޮތުމާ އެކު އެ ޝަކުވާތައް ބޮޑުވެ، ސަރުކާރާ އޮތް ކޯޅުން ވެސް އެހާ ބޮޑެވެ. ކައުންސިލާ ސަރުކާރުގެ މި ބޮޑު ކޯޅުމުގައި ރައްޔިތުން ފިތި، ޝަކުވާ ކުރިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ތިބީ ދޫދޭގޮތަކަށް ނޫނެވެ.

އެމްޑީޕީގެ ކޮންޓްރޯލް ފުރަތަމަ ފަހަރަށް މާލެ އިން ގެއްލި 12 ގޮނޑިއާ އެކު ކައުންސިލްގެ އަޣުލަބިއްޔަތު ދިނީ ޕީޕީއެމް އަށެވެ. ބާރުތައް ދޫކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދީ ލާމަރުކަޒުކުރުން މަޑުޖެހުނީ އެ ހިސާބުން ކަމަށް ކައުންސިލުން ގަބޫލުކުރިޔަސް، ސަރުކާރުން ބުނަނީ އެއާ ދިމާ އިދިކޮޅަށެވެ. ސިޓީ ކައުންސިލަކީ ސަރުކާރަށް "ދުއްޕާން" ކުރާ ތަނެއްގެ ގޮތުގަ އެވެ.

އެ އުޅެނީ މާ ކަންތައް ކުރެވޭ ބައެއްކަން ދައްކަން: އަކްރަމް

މި ކޯޅުންގަނޑު ފަހުން ބޮޑުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައްސަލައިގަ އެވެ. ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރަނީސް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން މާލޭ ސިޓީ ކައުންސިލުން ހުޅުވާލިތަނާހެން އެކަން ހުއްޓުވީ ޕްލޭނިން މިނިސްޓްރީންނެވެ.

އެކަން ހުއްޓުވީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު، ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން އޮތް ތަނެއް، ކުއްޔަށް ދޫކުރަން ހުޅުވާލުމުންނެވެ. އަދި އެއީ ގަވާއިދާ ހިލާފަށް ކައުންސިލުން ކުރި ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރަނީ ލޭންޑް ޔޫސް ޕްލޭން ފާސް ނުކޮށް އޮއްވާ ތަންތަން ކުއްޔަށް ދޭން ހުޅުވާލާތީ އެވެ. މިކަމުގައި ދެބަސްވެ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ދެވުނެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން އުޅެނީ މާކަންތައް ކުރެވޭ ބައެއް ކަމަށް ދައްކާށެވެެ. ހަގީގަތުގައި މާލޭ ސިޓީ ކައުންސިލުން މިހާރު މަސައްކަތްކުރަނީ ގަވާއިދާ ހިލާފަށް ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި އެތަނުގެ މަސައްކަތްތައް ހުރީ ސަރުކާރަށް ޖެއްސުން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތް--

ބަހުގެ ހޫނު ހަމަލާތައް މީގެ ކުރިން ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވާފައިވާ އަކްރަމް ވިދާޅުވީ މުއިއްޒަކީ އަބަދުވެސް ސަރުކާރަށް ޖެއްސުންކުރަން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި އޭނާ މިހާރު ވެސް މަސައްކަތްކުރައްވަނީ އެގޮތަށް ކަމަށެވެ.

"އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު މޭޔަރަކަށް އައީމާ ދެން ފެންނާނީ މި ކަހަލަ މަންޒަރު. ހަމަ ސީދާ ދުއްޕާން ކުރުމަށް ކުރާ ކަންކަން އެއީ."

"އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު މޭޔަރަކަށް އައީމާ ދެން ފެންނާނީ މި ކަހަލަ މަންޒަރު. ހަމަ ސީދާ ދުއްޕާން ކުރުމަށް ކުރާ ކަންކަން އެއީ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވި އެވެ.

އެކަމަކު މިދިޔަ ބުދަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ވިދާޅުވި ގޮތުގައި ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލީ ސަރުކާރަށް ނޭނގި ކުއްލިއަކަށް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބައެއް ބޭނުންވާނެތޯ ސާފުކުރުމަށް އެ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމުގެ ކުރިން ބޭއްވި އެ ބައްދަލުވުމުގައި، ވިލިމާލޭގެ ސިނާއީ ސަރަހައްދުން އެ މަސައްކަތަށް ބިން ބޭނުން ނުވާ ކަމަށް މިނިސްޓްރީން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަންނަވަނީ--

ނަރީޝް ވިދާޅުވީ މިނިސްޓްރީ "ހޭވެރިކަންވީ" ކައުންސިލުން ބިން ކުއްޔަށް ދޭން އިއުލާންކުރުމުން ކަމަށެވެ.

އެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް އަނެއްކާ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކައުންސިލަށް ފޮނުއްވި ސިޓީގައި ވަނީ ވިލިމާލެއިން ފައިބަރު މަސައްކަތަށް ބިން ކަނޑައެޅުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް އަދި ނެތް ކަމަށެވެ. މި ސިޓީއަކީ ވެސް "އެގޮތަށް އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު" ލިބިގެން ފޮނުވި ސިޓީ އެކެވެ.

ކަމެއް ކުރަން އުޅޭކަމަށް ނިންމައި، މިގޮތަށް ދެބަސްވަމުންދާއިރު އިރުއިރުކޮޅާ ފަހަރަކު ކަމެއްގައި ދެބަސްވަމުން އެބަދެ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފެންނަނީ އެބައެއްގެ ކޮޅު މޮޅުކުރުމަށް މޮޅެތި ވާހަކަތައް ދައްކަމުންދާ މަންޒަރެވެ. މިއިން ރައްޔިތުންނަށްވީ ފައިދާއެއް ނެތެވެ. މައްސަލައަކަށް ހައްލެއް ނުލިބެ އެވެ.

ފިއްތުންތަކާ ހުރެ މަސައްކަތެއް ނުކުރެވޭ

ކައުންސިލްގެ ޝަކުވާއަކީ އެތަނުގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލައެވެ. މާލޭގެ ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މައްސަލަތަކުގައި ވެސް ކައުންސިލްގެ ބަހެއް ނެތި ގޮތް ނިންމަމުންދާ މައްސަލަ ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް މާލޭއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުތަނަކަށް ވާއިރު އެކަމުގައި އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި އެބަ ހުއްޓެވެ. އޭގެ ޖަވާބުގައި ދައުލަތުން ގޮތް ނިންމުމުން ކައުންސިލުން ނިންމާ ގޮތެއް އެނގެން ނުޖެހޭ ކަމަށް ދޭހަވާ މޭރުމުން މިނިސްޓްރީން ވާހަކަ ދައްކާފައި އެބަ ހުއްޓެވެ.

ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މިހާ ބޮޑަށް ޒާތީވެގެން އެއްބަޔަކު އަނެއް ބަޔަކަށް މަސައްކަތްކުރަމުންދާއިރު ދެން އޮތީ މާލޭގެ މަގުތަކުގެ މައްސަލަ އެވެ. ހަލާކުވެ އެތައް ޒަމާނެއްވެފައިވާ މަގުތަކުގައި ހިނގާބިނގާވެ ދުއްވަން އުނދަގޫވެފައި ވާތީ އެ ޝަކުވާކޮށްކޮށް ރައްޔިތުންގެ އަރުބޮޑުން ހިތިރަހަލުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ.

މަގުތަކުގެ މައްސަލަ މިހާރުގެ ކައުންސިލުން ބުނާ ގޮތުގައި ހުއްޓިފައި އޮތީ ބަޖެޓް ހިފަހައްޓައިގެންނެވެ. އެކަމަކު އެ ބަޖެޓް ހިފަހައްޓާފައި ވަނީ ކައުންސިލުން ވެސް ފިނޭންސަށް ދޭން ޖެހޭ މައުލޫމާތުތަކެއް ނުދީގެން ކަމަށް އެނގިފައިވެ އެވެ. އެކަމަކު ފަހަރަކު ވަކި ތަނެއް ބަދުނާމުކޮށްލާ ކުރިއަށް ޖެހިލުމަށް ކޮންމެ ބަޔަކު ވެސް މަސައްކަތްކުރާތަން ފެންނައިރު މި ތަންތަނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަ އެވެ.

އެއްބަޔަކު އަނެއް ބަޔަކުކުރާ މި ޖެއްސުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ އާންމުންނަށެވެ. ސަރުކާރާއި މާލޭ ސިޓީ ކައުންސިލުގެ ހިޔާލު ތަފާތުވުންތައް ބޮޑުކަމުން ސަރުކާރުގެ މި ދައުރު ނިމެންދެން ވެސް މާލޭ މީހުންނަށް ކައުންސިލުން ކަމެއް ކޮށްދެވޭނެތޯ ސުވާލު އުފެދެ އެވެ. މީގެ ކުރިން ފެނުނު މަންޒަރުތަކުން ބުރަވެވެނީ މިކޯޅުންތައް ކޮޅެއްގައި ނުޖެހި، އެއް ބަޔަކަށް ވެސް މީގެ ފައިދާއެއް ލިބި ނިމިގެންދާ ތަނެވެ.

15 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައި66

20 March 2022

ޕީޕީ ވެރިކަމުގަ ސިޓީ ކައުންސިލައްޖެއްސީ ހަމައެކަނި ފޫޅުމާ ފޯރމް އަޕްޑޭޓް ކުރަން. އޭރު މުއިއްޒު ހުރީ މިނިސްޓަރަކައް. މިއަދު ޝަކުވާ ނުކުރެވޭނެ. މާލެ އަކީ ޔޫނިއަން ޓެރިޓެރީ އައްކަމައް ހަދަންޖެހޭ. ވެރިކަން ކުރާ ރަށަކީ އޭރެއްގެ އޮތް ސަރުކާރެއްގެ ދަށުގަ އޮންނަ ތަނަކައް ހަދަންޖެހޭ. އޭރުން މިކޯޅުން ކުޅޭކަށް ނުޖެހޭނެ

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

20 March 2022

މުއިއްޒަށް ކަމެއްކުރަންނޭނގޭތީ މުއިއްޒުކަމަކީ ކޯޅުން.

The name is already taken The name is available. Register?

ހާސަރު

20 March 2022

މިހާރު އޮތް ކައުންސިލް އުފެދުނީއްސުރެ ބަލަމުން އެދަނީ ކޮންމެވެސް ނުކިއްސަރު ގޮތަކަށް ކަމެއްކުރެވޭތޯ ، ދެން ބަލަނީ ހެޑްލައިން ހަދާ މީހުން ނަށް އޮޅުވާލެވޭތޯ. އެއްވެސް ކަމެއް ކަންކުރަން އޮންނަ އުސޫލުން ކުރާކަށް ނޫޅޭ.

The name is already taken The name is available. Register?

ބަކަރިހަސަނު

20 March 2022

ނުޖެހޭ އެއްވެސް ބާރެއް ދޭކަށް. މުއިއްޒު މމިނިސްޓަރުކަމުގައި ހުރެގެން ކުރީގެ ކައުސިލަށް ޖެއްދި ހާލަތައްވުރެ ފަހިކޮށް ތިނުބައި ނުލަފާ އިންސާނާއަށް ކަންކަން ފަހިވާކަށް ނޭދެން!

The name is already taken The name is available. Register?

ބޮޑުމީހާ

20 March 2022

މިސަރުކާރަށް ކުރެވޭހާވެސް ކަމަކީ އަޗާތެޅުން

The name is already taken The name is available. Register?

ސަސ

20 March 2022

ކަމެއް ކުރިޔަސް ނުކުރިޔަސް ބަރާބަރަށް މުސާރަނަގާ ވީއްޔާ. އެހެންވީމަ ގޯހެއް ނެތް

The name is already taken The name is available. Register?

އިމަނާ

20 March 2022

ބާރުތައް ދޫކޮށްލިކަމަށްބުނުން ފިޔަވާ އެހެންކަމެއްނެތް. އެރަށެއްގެ ބިންތައް އެކައުންސިލަށޭ ބެނުފައި. ބިން ބޭނުން ކުރަންވާނީ އެބިމެއްގައި ކުރާބޭނުމަކާއެކު ޕްލޭނެއްހަދައި، ޕްލޭނިންގ މިނިސްޓްރީން ހުއްދަނަގައިގެން ކަމަށްވަންޏާ، އެޖެހުނީ ކޮންތާކު. އަދި ހުއްދައަށް އެދުމުން އެހުއްދަ ނުލިބޭކަމަށް ވަންޏާ ދެން އެޅޭނީ ތަޅެއްނޫންތޯ. ކައުންސިލަށް ލިބޭ ހުރިހާ ފައިސާއެއް ދަނީ ފިނޭންސްއަށް. އެތަނުން ދިންއެއްޗަކުން ބޭނުމެއްކުރެވޭނީ. މިކަހަލަ ބާރުތައް މިދެނީ.

The name is already taken The name is available. Register?

އަހައްމަދޫ

20 March 2022

އަބަދު ނުކޯޅިބަލަ ކުޑަކުދިންތަކެއް ހެން. ރައްޔަތުންނަށް ހުރިހާ ގެއްލުމެއް. ތީރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ރައްޔަތުންގެ ޚާދިމުންތަކެކޭ ރައްޔަތުންގެ ޓެކްސް ފައިސާ އިންބޮޑެތި މުސާރަތައް ނަގައިގެން ކޮންމެކުލައެއް ޖެހިގެން ތިއްބަސް. މީކިހާ ދެރަވަރުކަންތައް. އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކުރާކަށް ނޫންދޯތިތިބެނީ

The name is already taken The name is available. Register?

ސަވާދިއްތަ

20 March 2022

މުއީޒަކީ ޑިލުހަދައިގެން ކަންކަން ނިންމާމީހެއް މިހާރުވެސް އޭނައަށް ދެތިންމިލިއަން ރުފިޔާދިނީމަ ތިކަމަށް އެއްބަސްވެ ދޫދޭނެ އޭނަ ތަރުބިއްޔަތުކުރީ ބޮޑު ވަގެއް ބޮޑު ޑީލަރެއް

The name is already taken The name is available. Register?

ސޫތުކުޅި

20 March 2022

މޫއީޒަކީ ވަރަށް ބޯހަރު ގޮތްދޫނުކުރާ މީހެއް މިކަންކަން އޭނާގެ މިނިސްޓަރުކަމުގައި ސިޓީކައުންސިލަށް ހަދާލިގޮތުން ވަރަށް ސާފުވާނެ އެހެންވީމާ މުއީޒާ އެއްކޮށް މަސައްކަތްކުރަން ވަތަށް އުނދަގޫވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454