ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން-- ފޮޓޯ: އޭޖީ އޮފީސް
20 މާޗް 2022 - 17:29
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.
އެ އޮފީހުން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާ ކުރުމަށް ބެހޭ ގޮތުން ކަމާބެހޭ އިދާރާތަކާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭ މަޝްވަރާތައް ވެސް ކުރި ކަމަށް ބުންޏެވެ.
އެ ގާނޫނަށް ގެނައުމަށް ދެން މަޝްވަރާ ކުރި ބަދަލުތަކަކީ ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަށެވެ. އަދި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަންނަން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެޓަރނީ ޖެނެރަލް @ibriffath ބައްދަލުކުރައްވައިފި.
— AG Office Maldives (@AGOmv) March 20, 2022
ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ 👇 pic.twitter.com/KPt7Eo4UsW
އޭޖީ އޮފީހުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެޓާނީ ޖަނަރަލް އިބްރާހިމް ރިއްފަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އިސްލާމް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެތަންތަނުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ވެސް ވަރަށް އާންމެވެ. މިކަހަލަ ބައެއް މައްސަލަތަކުގައި މީގެ ކުރިން މީހުން ހައްޔަރުކޮށްފައި ވެސް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
22 March 2022
ބައްލަވާ ޝާފީން، ހަނަފީން، މާލިކީން ފަދަ ތަފާތު މަޒްހަތުބައް ތިބޭއިރު ތިދައްކާވާހަކަ ދިމާވޭބާ!
ޙިނި
21 March 2022
ދީނާ ނާމާދުގެ މުހިންމުކަން އެންމެނައްވެސް ކިޔަވާދީބަލަ، ނަމާދާ ދުރުވެގެން ގޮސް ގައުމު މި ހަލާކުގެ ތެރެޔައް މިވެއްޓެނި. ތިހަދާ ގާނޫނައްވުރެ މާ އިފެއްޓިވް ވާނެ ނަމާދުގެ މުހިއްމުކަން މީނުނައް ރެގިއުލާކޮއް ހަންދުމަކޮއްދީ ކިޔަވާ ދިނިއްޔާ
ސްކޫލް ތަކުގަ ކިޔަވާދޭ ތާރީހް.
21 March 2022
އެއްބައިވަންތަ ކަމޭ ބުނާއިރު މިއީ 5 ލައްކަ ހަމަ ނުވާ އެއް ނަސްލެއްގެ ބައެއް. ވަކި ދީނެއްނޫން، އެކަމަކު، މުޅި ދުނިޔޭގައި ތާރީހު އައް ބަލާއިރު، މިދިޔަ 2000 އަހަރު ހަގުރާމަޔާ ގަތުލް އާންމ ހިންގީ ބޮޑު ތަނުން ދީން ނަމުގަ، ދީން ފެތުރުމުގެ ނަމުގަ، ދީން ހިމާޔަތް ކުރުމުގެ ނަމުގަ. ދެމީހަކު އެއްވެ އެއްވާހަކަ އެއް ނުދައްކާ! ދީނުގަ އޮންނަނީ މިވެނި ގޮތަކަށޭ، އެވެނި ގޮތަކަށެ، އެއްކަލަ ގޮތަށޭ ކިޔާ ދެބަސްވެ އަރާރުން ވާނެ ދެ ވަނަ ދުވަހު! މިގައުމުގަ ތިކަން ވާނެބާ؟
ބޮޑުމީހާ
20 March 2022
ދީނީ ގޮތުން ހަރުކަށިފިކުރަށްވުރެ ސިޔާސީ ގޮތުން ހަރުކަށި ފިކުރުގެ މީހުން މާގިނަ. އެފްޕީއައިޑީ، އެމްއެމްޕީއާރުސީ ދަވާލީ ސިޔާސީ މީހުން. ނުހައްގުން ޕްރޮޖެކްޓްސް ހޯދަނީ ސިޔާސީ މީހުން، މަނީ ލޯންޑަރ، ހިއުމަން ޓްރެފިކިންގ ހިންގަނީ ސިޔާސީ ބޮޑުން، ބިލިއަނުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ ތިބީ ސިޔާސީ ޕާޓީތަކުގެ ވެރިން. މިވަރަށް ރައްޔިތުންނަށް ހަރާންކޯރު ވީމަވެސް އެޅޭނެ ފިޔަަވަޅެއް ނެތް
ފާނު
21 March 2022
ފެބްރުއަރީ 8 ގަ ދައުލަތުގެ މުދަލުގަ ހުޅުޖަހާ އެތަށް މިލިޔަން ރުފިޔާއެއްގެ ގެއްލުންދިނީ ސިޔާސީ މީހުން..
ހަލުވިދޮންބެ
20 March 2022
ދީނީ އެއްބައިވަންތަކަމޭ ބުނާއިރަށް ހަރުކަށީ ފިކުރޭ މިކިޔަނޭ ދީނާ ހަރުކަށިފިކުރާ ހުރީ ކޮންގުޅުމެއް؟ އެހެން ފިކުރުގެ މީހުން ހަރުކަށިނުވަނީ؟ ސިޔާސީ ޕާޓީތަކުން މީހުންގެ އަބުރު ކަތިލާ މީހުން ދަންޖައްސަން ނުގޮވަނީ؟ ދެން ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމޭ ބުނާއިރު މި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ސިޔާސީ ވާހަކަ ނޫނީ ރޯ ބުހުތާނު ދޮގު ފެތުރުން ނޫން ކަމެއް ނެތް! ދީނޭ ކިޔައިގެން ރާއްޖޭގެ ކޮން ޢިލްމުވެރިޔަކު ދޮގު ފެތުރީ؟