.
24 މާޗް 2022 - 05:47
ހޮލީވުޑްގެ ލެޖެންޑެރީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޖެނިފާ ލޯޕެޒް (ޖޭލޯ) އަށް "އައިކަން"ގެ އެވޯޑެއް ލިބިއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓް ފްރެންޗައިޒް "ހައިހާޓް ރޭޑިއޯ" އިން އިއްޔެ ބޭއްވި އެވޯޑް ޝޯގައި ވަނީ އެ އިވެންޓުގެ އެންމެ ޝަރަފުވެރި އެވޯޑް "އައިކަން" ޖޭލޯ އަށް ދީފަ އެވެ.
ވަރުގަދަ ޕާފޯމާއެއްގެ ގޮތުގައި ނަން މަޝްހޫރު ޖޭލޯ އަށް ލިބިފައިވާ އެވޯޑަކީ، މިއުޒިކުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް، ދާއިރާ އަށް އިންގިލާބީ ބަދަލު ގެނެސްފައިވާ އާޓިސްޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އެ އެވޯޑާ ހަވާލުވަމުން ޖޭލޯ ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވަރަށް ފަގީރު ދިރިއުޅުމެއް އުޅެމުން އައި ކުއްޖެއްގެ ހުވަފެން ހަގީގަތަކަށްވީ އެ ފޭނުންގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
"ފޭނުންނާ ނުލައެއް މިއަދު މި އައިސްފައި ހުރި ހިސާބަކަށް ހަމަގައިމު ވެސް ނާންނާނެ. ގަބޫލު ވެސް ނުކުރެވޭ، ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.
ޖޭލޯ ގަބޫލުކުރާ ގޮތުގައި އައިކަން އެއްގެ ލަގަބު އޭނާ އަށް ލިބުނީ ވަރަށް ގިނަ ދަތިތަކާއި ވޭނުގެ ތެރެއިންނެވެ. އަދި ކޮންމެ އައިކަން އަކަށް ވެސް އެހާ ހިސާބަށް ދެވޭއިރު ހުންނާނީ ބޮޑެތި އުނދަގޫތަކެއް ހުރަސްކޮށްފައި ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
24 March 2022
ޖޭލޯއަށް ދޭންޖެހޭނެ "ނެގިގާގަޑަށް ބޮލިއިރުން" އެވޯޑްވެސް. އެކިމީހުުންނާ ރައްޓެހިވަމުން އިންނަމުންގޮސް އެންމެފަހުން މިހާރު ސާކަލް ވަށާ ހަމަވެ ކުރިން ރައްޓެހިވި މީހާއާ އަލުން ރައްޓެހިވެއްޖެ.