ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި އެކު އެމްޕީއެލް އިން ސޮއިކުރަނީ. މި އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ--ފޮޓޯ:އެމްޕީޢެލް
24 މާޗް 2022 - 13:25
ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި 4000 ކޮންޓެއިނަރު ބެހެއްޓޭ ވަރަށް ސްޓޯރޭޖް ބޮޑުކުރަން ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާ އެކު އިއްޔެ އެމްޕީއެލް އިން ސޮއިކޮށްފި އެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި ހިންގާ އިންޓަނޭޝަނަލް ޓާމިނަލްގައި މި ވަގުތު 2،000 ކޮންޓެއިނަރު ބެހެއްޓެ އެވެ. އަދި އަލަށް އެޗްޑީސީން ދޫކުރި ބިމުގައި ވެސް 2000 ކޮންޓެއިނަރު ބެހެއްޓޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެއީ މިހާރު އޮތް ޖާގަ އަށް ވުރެ ދެ ގުނަ އިތުރުވުމެކެވެ.
އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާ އިންވެގެން އޮތް 120،000 އަކަފޫޓުގެ ބިމެއް ލިބޭނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސް ކޮންޓެއިނާ ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކެޕޭސިޓީ ބޮޑުވުމުގެ އިތުރުން، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅުވާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ރޯދަ މަހަކީ ކުންފުންޏަށް ބާރުބޮޑު އަދި ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އަދަދު ވެސް އިތުރުވާނެ ދުވަސްވަރަކަށް ވާތީ، މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި ޕޯޓުގައި ކޮންޓެއިނާ ޖާގަ ކުޑަވެ، މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
26 March 2022
ހައްލަކީ ތިލަ ފުއްޓެވެ.
ހާސަރު
24 March 2022
މާލޭ ބަނދަރަށް ބާލައިގެން ބާޖުގައި ހުޅުމާލެއަށް މިއޮށް ކާރުބާރު ބޮޑު ސަރަހައްދުން ގެންދިއުމުގެ ބަދަލުގައި ތިލަފުށީގައި ކޮންޓޭނާ ޔާޓެއް ހެދިއްްޔާ މާރަގަޅުވާނެ މިހާރުވެސް ބޮޑެތި އެތައް ވިޔަފާރިވެރިންގެ ގުދަންވެސް އެހެރީ އެތާނގައި .
ޑެބީ
24 March 2022
މުޅިމާލޭގަ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ. މުޅި ހުޅުމާލޭގަ އެމްޕީއެލް.