ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ: އޭނާ ބުނީ އެކުވެރި ކަމުގެ ގިނަ މެޗުތަކެއް ހަމަޖައްސަން އެދޭނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 މާޗް 2022 - 11:15
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، ބަންގްލަދޭޝް ބަލި ކުރެވުމުން ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން އެދޭނެ ކަމަށް ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.
އަކުރަމް ބުނީ، ރަނގަޅު ގޭމެއް ކުޅެ ބަންގްލަދޭޝް ބަލި ކުރެވުމަކީ ކުރިއަށް އޮތްތަނުގައި ޓީމު އިތުރަށް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދު ލިބިގެން ހިނގައްޖެ ކަމަށެވެ. ޖޫންގައި އޮންނަ ކޮލިފައިން މެޗުތަކުގެ ރަނގަޅު ނަތީޖާއެއް ނެރުމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
"ކޮލިފައިންގެ ކުރިން މިކަހަލަ މެޗެއް ކުޅެ މޮޅު ވުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ހޯދަން ޓީމު އެކުގައި މަސައްކަތް ކުރާނެ،" މެޗަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ހުރެ މީޑިއާ އާވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ.
އޭނާ ބުނީ ޓީމު ގިނަ މެޗުތަކެއް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޯޗިން ސްޓާފުންނާ ކުޅުންތެރިން ވެސް ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެން ކަމަށެވެ. އެކަމަކު މެޗުތަކެއް ކުޅެވޭނެތޯ ނޫންތޯ އެނގޭނީ ދިވެހި ލީގު މެޗުތައް ކުރިއަށްދާ ގޮތަކުން ކަމަށް މާޒިޔާގެ ޑިފެންޑަރު ބުންޏެވެ.
ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުން މެޗުތަކެއް ކުޅެން. ޓީމު އެހާ ދިގު މުއްދަތެއްގައި އެކުނުވެ ތިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. މެޗުތަކެއް ކުޅުނީމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުން މެޗުތަކެއް ކުޅެން،" ސާފް ޗެމްޕިއަންޝިޕް 2018 މުބާރާތް ކާމިޔާބު ކުރި ކެޕްޓަން ބުންޏެވެ.
ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ރާއްޖެއިން ބަންގްލަދޭޝް ބަލި ކުރީ 2-0 ން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެއީ ޓީމު އެހާ ދިގު މުއްދަތެއްގައި އެކުނުވެ ތިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. މެޗުތަކެއް ކުޅުނީމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ. އެހެންވީމަ އަޅުގަނޑު ބުރަވާނީ ޓީމު އެއްކޮށްލައިގެން ކޮންމެ ބަޔަކާ ދެކޮޅަށް ވެސް މެޗުތަކެއް ކުޅެން."
އަކުރަމް ބުނީ ކޮންމެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅުނަސް އިތުބާރާއެކު ކުޅެފިނަމަ މަގާމުތައް ފޫބެއްދޭނެ ކުޅުންތެރިން ތިބިކަން މެޗުން އެނގިގެން ހިނގައްޖެ ކަމަށެވެ އޭނާ ބުނިގޮތުގައި ކޯޗު ބޭނުންވާ ޕްލޭނަށް ޓީމު ފިޓް ވެއްޖެ ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ، އުޒްބެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އާއެކު ގުރޫޕް ސީ ގަ އެވެ. ކޮވިޑް -19 ގެ ހާލަތު އޮތްގޮތުން މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށެވެ. ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ އުޒްބެކިސްތާންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 March 2022
އިތުރު މެޗްތައް ކުޅެ އިތުރަށް ފައިސާ ޙަރަދު ކުރުމުގެ ބަދަލުގައި ތިޔަ މުސްކުޅި ކުޅުންތެރިންނަށް ޙަރަދުކޮށް ތިމީހުންގެ ފަރާތުން މޮޅެއް ލިބިދާނެކަމަށް ވަގުތު ބޭކާރުކޮށްނުލާ ޒުވާން ކުޅުންތެރިން އުފެއްދުން މާބޮޑަށްވެސް ރަނގަޅު ވާނެ.
ކަރީމް ބާއި.
25 March 2022
ބާއި ބުނާނީ ތިއީ ހަމަ ރަނގަޅު ވާހަކައެކޭ. މުސްކުޅިންނަށް ފުޓުބޯޅައެއް ނުކުޅެވޭނެ.
ސަފޯޓަރ
25 March 2022
ގައުމީޓީމް ރަސްމީ ޖޯޒީއޭކިޔާ ސާފްޗެންފިއަންސިފްގަ ބޭނުންކުރި ޖޯޒީބައި ކޮބާހޭ.? ހުރިހާ ރަށްއިތުން ގަންނުވާ ޖޯޒީގަންނުވާފަ ކިހިނެއްތަ މިހަދަނި. ރަގަޅަށް އެއްކަމެއް ވެސް ނުކުރެ. ބަންސާމް އިސްތިއުފާ.
އާރީ
25 March 2022
ނިއުރޭޑިޔަންޓާ ނުލައި ދިވެހި ފުޓްބޯޅައިގެ ފޯރި ނުނެރެވޭނެ.
އަލީއޒނ
25 March 2022
ކޮން ނިއުރޭޑިއަންޓެއްތަ ؟ އެތައްބަޔަކަށް ލާރިދޭންޖެހި ބަގުރޫޓުވެފައިއޮތް މަކަރުވެރި ޓީމަކަށް ކުލޭނެ ބަޔަކު މިހާރަކު ނުވާނެ. މެނޭޖްމަންޓާއި ޙަވާލުވާންތިބީ ހަމަ ކުރީގެ މުސްކުޅި މީހުން.
ގފދރެފ
25 March 2022
މަށަށް ދެންފެންނަނީ ލިބުނުމޮޅާއެކު ދެން މެޗެއް ނުކުޅޭން. ނުކުޅެ ދެން މަޑުންތިބީމާ ނިމުނީނު.