ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ފްލައިޓްގައި.-- ފޮޓޯ: ރައީސް އޮފީސް
25 މާޗް 2022 - 16:38
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ފުވައްމުލަކަށް ވަޑައިގެންފި އެވެ.
ރައީސް ފުވައްމުލަކަށް މި ވަޑައިގަތީ އައްޑޫގެ ހުރިހާ އަވަށެއް ހިމެނޭ ގޮތުން ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނާ އެކު އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު، އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ފުވައްމުލަކާއި އައްޑު އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ އަވަށްތަކަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ. އުފަން ރަށް، ފުވައްމުލަކަށް ނައިބު ރައީސް ވަޑައިގަތީ ރައީސް ވަޑައިގަންނަވާތީ ދެ ދުވަހަށެވެ. އެމަނިކުފާނު މާދަމާ އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި، ފާޑުކިޔުން ބޮޑުވެފައިވާ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. ރައީސްގެ އައްޑޫ ދަތުރަކީ 2019ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފަހު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު، މޯލްޑިވިއަންގެ ޑީއެމްޑީ އައިޝަތު ޖެނިފާއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ބައެއް ތަންތަން ރަސްމީކޮށް ހުޅުވަން ވެސް ނިންމާފައިވެ އެވެ. އެއީ؛
- އައްޑޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން.
- ޕޮލިސް އެކަޑަމީ ހުޅުވައިދެއްވުން.
- މަރަދު އާއި މީދޫ ބަނދަރު ހުޅުވައިދެއްވުން.
- ހިތަދޫ މަސްޖިދުލް އިބްރާހިމް ހުޅުވައިދެއްވުން.
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވުން.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން ނިންމެވިއިރު، އެއީ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އެއީ އައްޑޫގެ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.
އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކަނީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ، ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. އެކަމަކު، ތިމާވެށީގެ މިނިސްޓަރު އައިމިނަތު ޝައުނާ މި މަހު ވިދާޅުވެފައި ވަނީ ސަރުކާރުން އެ މަޝްރޫއު ނުހުއްޓުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކޮ
25 March 2022
ދެމީހުން އެކުގަ ދާން ޖެހޭތަ? ...އަހަރުމެންގެ ލާރިކޮޅު ތަޅާބުރުއްސާލަނީ ހަމަ...
ޖަވާބުފުތާ
25 March 2022
ރައީސްއާއި ނާއިބު ރައީސް ވަޑައިގަތީ ރާއްޖެއިން ބޭރަކަށް ނޫން. މާލޭ އިން ބޭރަށް އަތޮޅަކަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެރިކަން އެހެން މީހަކާ ހަވާލު ކުރާކަށް ނުޖެހޭ.
ޝުކޫރު. ފުވައްމުލައް.
25 March 2022
ކ.އަތޮޅު މާލޭ މީހުން ހީކުރަނީ އެމީހުންގެ ރަށަކީ ދިވެހިރާއްޖެ ކަމަށް. އެހެންވެ ކ.އަތޮޅު ނޫން އެހެން ރަށްރަށަކީ އެމީހުން ބަލަނީ ރާއްޖެތެރެ ނުވަތަ މާލެއާއި ބެހޭ ތަނެއް ނޫންކަމަށް.
ޢަހު
26 March 2022
ރާއްޖެއިން ބޭރައް ރައީސް ދާން ޖެހުނަސް ވެރިކަން ނައިބް ރައީސަކާ ހަވާލެއް ނުކުރެވޭނެ އަދި ނައިބު ރައީސް ވެރިކަމުގެ ހުވާ ކުރައްވާކަށް ނުޖެހޭނެ ދިވެހި ރާއްޖޭގެ ގާނޫނަކު އެހެންނެތް ރައީސްމީހާ އަކީ ފައިސަލް ނަސީމް ވެރިކަމަކީ ހަވާލު ކޮއްފަ ގަލަން ނަގާހެން ނެގޭނެ ކަމެއްނޫން
ޑިސްއޮނަރަބަލް ޑީޑީ
25 March 2022
ރައީސާ ނައިބުރައީސް ފޯމުލަކަށް ވަޑައިގަތީ ކާކާ ބާރުތައް ހަވާލުކޮށްފަތޯ؟
ރަންނަ
25 March 2022
ރަނގަޅު. ގައުމު ހިންގޭނީ ހަމަ އެކަނި މާލެއިން. ދެންތިބީ މިގައުމުގެ ރައްތަކެއްނޫން