ހަރްޝްވަރްދަން ކަޕޫރު--
29 މާޗް 2022 - 06:22
ބޮލީވުޑްގެ ތަރި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު އަދި އެކްޓަރު ހަރްޝްވަރްދަން ކަޕޫރް، އަންހެނަކާ އެކު މަގުމަތިން ދާތަން ޕަޕަރާޒީންނަށް ފެނިއްޖެ އެވެ.
މުމްބާއީގެ މަގުމަތީގައި އަންހެނެއްގެ އަތުގައި ހިފައިގެންދަނިކޮށް އޭނާ ފެނުނުއިރު، ޕަަޕަރާޒީން ފެނުމުން ވެސް އޭނާ ދިޔައީ އަޅާނުލާއި އޭނާގެ އަތުގައި ހިފައިގެންނެވެ. އެކަމަކު އެ އަންހެން މީހާ އަކީ ފިލްމީ ދާއިރާ އަށް ނިސްބަތްވާ މީހެއް ކަމެއް ޔަގީންނުވެ އެވެ.
ޕަޕަރާޒީން ފެނުމުން އަންހެން މީހާ ވަނީ އިސްދަށަށް ޖަހައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ހަރްޝްވަރްދަންގެ ލޯބިވެރިޔާ އެވެ. ބައެއް މީހުން ވަނީ އެ އަންހެން މީހާ އަކީ އަނިލް ކަޕޫރްގެ "ބަހޫ" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކޮށްފަ އެވެ. އަނެއް ބަޔަކު އެ ޖޯޑް ފާހަގަކުރީ ވަރަށް ކޫލް ޖޯޑެއްގެ ގޮތުގަ އެވެ. ބޮލީވުޑްގައި އެހާ ކޫލް ޖޯޑެއް އުޅޭތަން ދެކެން އުފާވާ ކަމަށް ބުނި މީހުން ވެސް މަދެއް ނޫނެވެ.
Harshvardhan Kapoor spotted walking hand-in-hand with his girlfriend whose identity is still a mystery to us!#zoomtv #harshvardhankapoor #zoompapz #bollywood pic.twitter.com/6HvBbEzC0d
— @zoomtv (@ZoomTV) March 28, 2022
އުމުރުން 31 އަހަރުގެ ހަރްޝްވަރްދަން ބޮލީވުޑަށް ނިކުތީ 2016 ގައި ނެރުނު "މިރްޒިޔާ" އިންނެވެ. އޭގެ ފަހުން 2018 ގައި ނެރުނު ބަވޭޝް ޖޯޝީ ސުޕަހީރޯ އިން ވެސް ފެނުނުއިރު، 2020 ގައި އޭނާގެ ބައްޕައާ އެކު ވެސް ފިލްމަކުން ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިވަރުން ކިހިނެއް އިންޑިއާ އައުޓް ކުރާނީ؟
29 March 2022
ކަލޭމެންވެސް ތިދުވަނީ އިންޑިއާގެ ފަހަތުންނެވެ.
އަހްމަދުު
29 March 2022
ހާދަ މުހިއްމު ހަބަރެކޭ.... ފަށްފަށުން ޝުކުރިއްޔާ މިހާރު
ރަޔާން
29 March 2022
މީހަކު އަޅެ ހައިރާނެއްނުވާނެތަ؟ އޭނައާއި އެކު ކޮންމެ މީހަކު ފެނުނަސް އަހަރެމެންނަކާ ކީއް؟ އަހަރެމެންނާ ކޮން ގުޅުމެއް އޮތް މީހެއްތަ އެއީ؟؟؟؟؟
ލޮލްލޮލްލޮލް
30 March 2022
ތިކަމެއްވާ ނޭގުނު. ހަބަރުކިޔާފަ އަދި އެވަރުން ނުވެގެން ކޮމެންޓް ވެސް ކޮށްފި. ނޫސްތަކުން ގެނެސްދޭނެ ހުރިހާ ބާވަތެއްގެ ހަބަރެއްވެސް. ހަޖަމް ރަނގަޅުކުރާ ބޭހެއް ހޯދަބަލަ