.
29 މާޗް 2022 - 10:27
އިއްޔެ ބޭއްވި 94 ވަނަ އޮސްކާ އިވެންޓް ތެރޭގައި މަޝްހޫރު އެކްޓަރު ވިލް ސްމިތު އެހެން އެކްޓަރެއްގެ މޫނު މަތީގައި ޖެހި މައްސަލާގައި ވިލްގެ އެވޯޑް އަތުލަފާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
އިއްޔެ ބޭއްވި އޮސްކާ އެވޯޑު ހަފުލާގައި ވެސް އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ވިލް ސްމިތު، ސްޓޭޖަށް އަރައި އެކްޓަރެއްގެ މޫނުމަތީ ޖެހި މައްސަލަ އެވެ. ވިލްގެ އަންހެނުންނާ ގުޅޭގޮތުން ޕްރެޒެންޓަރު، އަދި އެކްޓަރު ކްރިސް ރޮކް ޖެހި ޖޯކަކާ ގުޅިގެން ރުޅި ކޮންޓްރޯލް ނުކުރެވިގެން ގޮސް ވިލް ވަނީ ކްރިސް މޫނު މަތީ ޖަހައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އެންމެ ފަހުން އޮސްކާ އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިސް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެކެޑެމީ އާޓްސް އިން ބުނާގޮތުގައި މިހާރު އެ މައްސަލަ އަންނަނީ ރިވިއުކުރަމުންނެވެ.
އިއްޔެގެ އިވެންޓުގައި ވިލްގެ އަމަލަށް ފަހު މާ ގިނައިރު ތަކެއް ނުވެ، އޭނާ އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފަ އެވެ. އޮސްކާއިން އެ މައްސަލަ އެހާ ބޮޑަށް ބަލަމުން ގެންދަނީ ވިލްގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިފައި އޮއްވައި އޭނާ އަށް އެވޯޑު ލިބުމުންނެވެ.
MAYHEM BETWEEN CHRIS ROCK AND WILL SMITH AT THE #Oscars pic.twitter.com/265hGbsEDg
— Barstool Sports (@barstoolsports) March 28, 2022
ވިލް ސުމިތުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެކެޑެމީން ބުންޏެވެ.
އެކެޑެމީގެ އޮފިޝަލެއް ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި އިއްޔެގެ އިވެންޓަށް ފަހު އެކެޑެމީގެ ގިނަ މެމްބަރުންތަކެއް ވަނީ ބައްދަލުވެފަ އެވެ. އަދި މެމްބަރުންގެ މެދުގައި ވަރަށް ހޫނުކޮށް މިކަމާ ބަހުސްކުރި ކަމަށްވެ އެވެ.
އެކެޑެމީ އިން ރިވިއުކޮށް ނިންމާގޮތުގެ ސަބަބުން ފަހަރެއްގައި ވިލްގެ އެވޯޑު އޭނާ އަތުން ގެއްލިދާނެ އެވެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އަދިވެސް އެކަމާ ގުޅިގެން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
31 March 2022
ގަޔަށްބޮލަށް އެރުމަކީ ހުތުރު ކަމެއް.
ވިލް ސްމިތް އެއް ނޫން! ވިލް ބިން މޫސާ
29 March 2022
ހުރިހާ މޮޅެއް ހޯދަން އުދަގޫވާނެ! ޕަބްލިކް މީހުންނައް ޖޯކު ޖަހާނެ. ގޮތްކިޔާނެ. މީހުންނައް ދައްކަން ފިލްމް ކުޅެ، މީހުންގެ އަތުން ފައިސާ ހަރަދު ކުރުވާ މި އިންޑަސްޓްރީގައި އެކްޓަރުންނައް ޖޯކުވެސް ޖަހާނެ. ތައުރީފް ވެސް ކުރާނެ! ކިރިޔާ އިދިކޮޅައް އެއްޗެއް އަޑުއިވޭއިރައް ހަމަ ބުއްދި ފިލާ މީހުން އުޅުން ބަދަލު ކުރޭ މެދުއިރު މައްޗައް! ހުޅަނގު ގައުމު ތަކުގަ ޖާގަ އެއް ނޯންނާނެ!
ގޯޕާލް
29 March 2022
ޖޯކު ޖެހުމުގައިވެސް ހައްދެއް އޮންނަންޖެހޭކަން މިކަމުން މި އެނގެނީ. މީހެއްގެ ބައްޔަކާއި ނުވަތަ އުފެދުމުގައިވާ އުނިކަމަކާއި ގުޅިގެން ޖޯކުޖެހުމަކީ އެއްވެސް މުޖުތަމަޢަކުން (އިސްލާމަކަސް ކާފަރަކަސް) ބަލައިގަންނަކަމެއްނޫން.
އިހްސާސް
29 March 2022
ވިލްސުމިތުގެ އަންހެނުންނަށް އަމާޒުކޮށް ޖެހި ޖޯކުވެސް ހުތުރު. އެކަން ކުށްވެރި ނުކުރީ ކީއްވެބާ؟
އޮސްކާ
29 March 2022
ވިލް ސްމިތް ވީ ފިލްމު ކުޅުން ހުއްޓާލާފަ އަފްޣާން ކޮންމެވެސް އަވަށެއްގަ އުޅެން. ތީކީ ފިލްމު ކުޅެން އެކަށިގެންވާ މީހެއް ނޫން. ތި އެވޯޑުއަތުލާފަ ބްލެކް ލައިވްސް މެޓާއަށްހަދިޔާ ކުރަންވީ.
މުހައްމަދުހުސައިން
29 March 2022
ބޭފުޅާ އަފްޣާން މީހުން ނާމެދު ހާދަ ދެރަވަރުކޮށް ތި ދެކެނީ. އެއީ މުސްލިމުންނޭ. ބޭފުޅާ ލަދުގަންނަނީތަ މުސްލިމު ކިޔަންވެސް.