ފެރިދޫ ރަށްވެހިގެއަށް ލިބިފައި ހުރި ގެއްލުންތައް.- ފޭސްބުކް ފޮޓޯ: ސައުދު އަބްދުލްކަރީމް
29 މާޗް 2022 - 12:27
އއ. ފެރިދޫގެ އުތުރު ފަރާތް ގިރައިގެން ގޮސް، ކައުންސިލްގެ "ރަށްވެހިގެ" އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު "މިހާރު" އަށް ވިދާޅުވީ، ދަނޑުވެރިކަމުގެ މަޝްރޫއަކަށް ޖަޕާނުން ދިޔަ ބަޔަކު 1984 ވަނަ އަހަރު އެ ރަށުގައި އިމާރާތްކުރި ރަށްވެހިގެ ބޭނުން ނުކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.
ކަތީބުންގެ ދުވަސްވަރު އެ ތަން މަރާމާތުކުރަމުން ވެސް ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިން ބޭތިއްބުމަށް ބޭނުންކުރި އެވެ.
ޝާހު ވިދާޅުވީ އާ ކައުންސިލުން ވެސް ރަށްވެހިގެ ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އެ ފުރުސަތު ނުލިބެނީސް އެ އިމާރާތް ހަލާކުވެގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަށުގެ އުތުރު ފަރާތުން ގިރައިގެން ދިއުމުގެ ސަބަބުންނެވެ.
އެ ފަހަރު ގިރައިގެން ދިއުމުން، ރަށްވެހިގޭގެ ފާރާއެކު ފުރާޅު ވެއްޓި ގެއްލުންތައް ލިބުނެވެ.
"ރައީސްއާ ބައްދަލުކުރައްވައި ވެސް އެންމެ އިސްކަމެއްގެ ގޮތުގައި ހުށަހެޅީ އެ ސަރަހައްދު ހިމާޔަތްކުރަން. އޭރު ވެސް ގިރަމުން ދިޔައީ. ރައީސް ވިދާޅުވީ މި އަހަރަށް ބަޖެޓުކޮށްފައިވާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް. ސަރުކާރުގެ އެއްބާރުލުން ލިބޭ،" ޝާހު ވިދާޅުވި އެވެ.
ތިން ކޮޓަރި އާއި ފާހަނާ އަދި ސިޓިން ރޫމް އަދި ބަދިގެއެއް ހުންނަ ރަށްވެހިގޭގެ ބޮޑު މިނަކީ 13،000 އަކަފޫޓެވެ.
ޝާހު ވިދާޅުވީ އެ ސަރަހައްދުގައި ކްލަބަކުން ހިންގާ އިމާރާތެއް ހުންނަ ކަމަށެވެ. އެ އިމާރާތުގެ ފާރާ ހަމައަށް ލޮނުގެ އަސަރުކޮށްފައި ހުއްޓެވެ.
ރީތި ބީޗެއް އޮންނަ ފެރިދޫގައި ރަށް ގިރުމުގެ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
30 March 2022
އެހެންވެގެން މިކިޔަނީ ކުދިކުދި ރައްރަށުގަ މީހުން ގެންގުޅޭނި ކަ މެއްނެތޭ ބޮޑު 30 ރަށައް މިއާބަދިތައް އެބަޖެހޭ ބަޑިދިއްކިއްފަވިޔަސް ބަދަކުކުރަން ބޮޑުހަރަދު ކޮއްފަ ކޮންސަކަރަތެއް މިޖަހަނީ ކޮން މެ ރަށެއްގަ އެވެސް ވައްކަން ކުރަން ސަރުކަރުން ކުރާކަ މެއް
ބޮޑުމީހާ
29 March 2022
މިރާއްޖޭގަ ކޮންމެ އަތަކުން ރަށެެއް ތަރައްގީކުރަން އެއްފަސްކުރަންވީ. ކޮންމެ ރަށެެއް ތަރައްގީވާނެކަމަށް ބަލައި ތިކުރަނީ ބޭކާރު ހަރަދެއް. އެއްވެސް ގައުމެއްގަ 200 ހޮސްޕިޓަލާއި، 200 ސްކޫލް، 200 އިންޖީނުގެ، 200 އޮފީސް ނުހުރޭ
ޏސނ×ނދނ
30 March 2022
އެމެރިކާގަ 130930 ސުކޫލް ހުރޭ.
ރަދުފު
29 March 2022
ގިރައިގެން ދިޔައީ ކޯންޗެއްތަ. ފަނިތަ ޖޫސްތަ؟
ވަހީދު
29 March 2022
ރަށުގެ ވެލި މޫދުގެ ލޮނުގަނޑަށް ދަމައިގެން ގޮސް މޫދުގައި ހުންނަ ވެލިތަކާއިއެއްވުމަށް ކިޔަނީ "ރަށްގިރުން".
ވާނުވާ ނޭނގުމަކީ އެމީހެއްގެ މައްސަލައެއް
29 March 2022
ފަނި ގިރާނީ. ފަނި ގިރައިގެން ނުދާނެ. އެކަމަކު ފަނި ގިރައިގެން ބަޔަކު ތަނަކަށް ހިގައިދާނެ.
ރަދީފްއޮފިޝަލް
29 March 2022
[ސަރުކާރުގެ އެއްބާރުލުން ލިބޭ،" ޝާހު ވިދާޅުވި އެވެ.] އެއްބާރުލުން ލިބުނުނަމަ މިތަނަށް މިހެންވާނެ ބާ؟؟ ވ.ވެދުން
އޮނަރަބްލް އަފީފު ދީދީ
29 March 2022
މިކަމަށް ހައްލުހޯދޭނީ އިންސާނުންދިރިއުޅެން ކަމުނުދާފަދަ ހާލަތަކަށްވެއްޓިފައިވާ "ސްލަމް އެއްފަދަ ރަށަކަށް" ދައުލަތުގެ ޙަޒާނާ ތަޅާ ބުރުއްސުމުގެބަދަލުގައި ބިންބޮޑު އަދި ބިން ބޮޑުކުރުމުގެފުރުސަތުއޮތް ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫސިޓީ އަށް 1000 މީހުން ހަމަނުވާ ކުދި އާބާދީތަށް ބަދަލުކޮށްގެން.
އޮނަރަބްލް ބޮޑު މުހަންމަދު
29 March 2022
ފެރިދޫއަކީ ރާއްޖެއަށް ގެނައި ބަބުރުންތަކެއްގެ ދަރިކޮޅު އޮންނަ ރަށެއް. އެރަށުގައި ވަކި އާދަކާދަތަކެއް އޮންނަ ކަމަށްވޭ. ބޮޑުބެރު ޖަހަން ވަރަށް މޮޅުމީހުން ތިބޭކަމަށް ވަނީ. އެރަށު މީހުން ބިންބޮޑު ރަށަކަށް ބަދަލުކޮށްފައި ފްލެޓް ދިނީމާ އެރަށުގެ ލާމަސީލު އާދަކާދަތައް އެހިސާބުން ނެތިގެން ދިޔައީ. ގިރާވަރު މީހުންނަށް މާލޭގައި ވީގޮތް ހަމަ ވާނީ. ސްލަމަކަށް ވަނީ ސަރުކާރުތަކުގެ އަޅާލުންކުޑަކަމުގެ ސަބަބުން.
ބައި
29 March 2022
އަޅެ އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ބޮޑު އަނިޔާއެއް ބަޔަކު ދީގެން އެކަމާ ކަންބޮޑުވެގެން ގިނަބަޔަކު އުޅޭއިރު މިކަލޭގެއަށް އެކަމުގައި ކޮމެންޓެއްވެސް ކޮށްލަން ހަމަ ނުކެރުނު. އެކަމަކު މާދުރު ރަށެއްގައި ހިގައިގެން އުޅޭ ކަމަކާ އަމިއްލަ އަންބޮޑިބޮޑުކުރާ އުސޫލުން އަވަހަށް އެބޭނިގަތީ.
އޮނަރަބަލް ދަންނަ ނުދަންނަ
30 March 2022
ރޯނު އެދުރެއްތީ ހަމަ ފައްކާ. މުޅިން ހަމަ އަމިއްލަ އެދުމުން ފޯވެ ކޮމެންޓް ކުރާ މީހެއްތީ