ޚިޔާލު

ސިއްރު ކޮށްފައިވާ، އެފްއޭއެމްގެ ހިންގާ ގަވާއިދު ފެނިއްޖެ!

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސެކްރެޓަރީ ޖެނެރަލް ޖަވާޒް: އެ ޖަމިއްޔާގެ ގަވައިދު އާންމެއް ނުކުރޭ.---ފައިލް ފޮޓޯ: މިހާރު

އެފްއޭއެމްގެ ހިންގާ ގަވާއިދަކީ މިހާތަނަށް ސިއްރު ކޮށްފައި އޮތް ގަވާއިދެކެވެ. ފީފާގެ ހިންގާ ގަވާއިދު ނުވަތަ "ފީފާ ސްޓެޗިއުޓްސް" އަކީ އެ ޖަމިއްޔާގެ ވެބްސައިޓްގައި ފެންނަ ގޮތަށް ޝާއިއުކޮށްފައި އޮންނަ ގަވާއިދެކެވެ. ނަމަވެސް، އެފްއޭއެމްގެ ސްޓެޗިއުޓްސް ނުވަތަ އަސާސީ ގަވާއިދަކީ ވެބްސައިޓުން ވެސް އަދި ފޭސްބުކް ޕޭޖުން ވެސް ފެންނަން އޮތް އެއްޗެއް ނޫނެވެ. މި ގަވާއިދަކީ މެމްބަރު ކްލަބްތަކަށް ވެސް ފޮރުވައި، ސިއްރު ކޮށްގެން ގެންގުޅޭ ގަވާއިދެއްކަން އެނގުނީ ކްލަބްތަކަށް މި ގަވާއިދުގެ ކޮޕީއެއް ދިނުމުން އެކަމާ ހައިރާންވެ، މިއީ ނުވެސްދެނަހުރި ކަމެއް ކަމުގައި ބުނާތީ އެވެ!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ހިންގާ ގަވާއިދު

އަތޮޅު ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭތޯ އެހުމުން ބުނީ އެފަދަ ހައްގެއް ލިބިފައިވާކަން ނުދެނަހުރި ކަމަށެވެ. ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި 9 ޒޯން އޮންނަންޖެހޭ ކަމަށާއި އަދި ކޮންމެ ޒޯނަކަށް އެއް ވޯޓު އޮންނަ ވާހަކަ އެހުމުން ބުނީ މިއީ ވެސް ނުދެނަހުރި ކަމެއް ކަމަށެވެ. އަތޮޅުތަކުން 61 ކްލަބް ބައިވެރިވިއިރު، ޒޯނުން ކްލަބްތަކުގެ ނަމުގައި ވޯޓްލަނީ ކާކުތޯ އެހުމުން، މިއީ ދުވަހަކު އަޑު އެހި ވާހަކައެއް ވެސް ނޫން ކަމަށް ބުނެ އެވެ. މި ހިސާބަށް ވާހަކަ ދިއުމުން ބައެއް ކްލަބްތަކުން ބުނީ މި ގަވާއިދު ހިފައިގެން ކޯޓަށް ދާންވީ ކަމަށެވެ.

ރުޅި މަޑެވެ! އަސާސީ ގަވާއިދުގެ ދަށުން މާލޭގެ 18 ކްލަބަށް 26 ވޯޓް އޮންނައިރު އެހެން ރަށްރަށުގެ 61 ކްލަބަށް އޮތީީ އެންމެ 9 ވޯޓެވެ. އަދި ވޯޓުލަނީ ކާކު ކަމެއް ވެސް ނޭނގެ އެވެ. ކަންބޮޑުވާންވީ ސަބަބު މަދެއް ނޫނެވެ. ހިންގާ ގަވާއިދުން މާލެ އާއި ރާއްޖެތެރެ ތަފާތު ކޮށްފައިވާ ވަރަކީ، މާލޭގެ އެއްވަނަ ޑިވިޝަންގެ ކްލަބަކަށް ދެ ވޯޓް ލިބޭއިރު، ދެވަނަ ޑިވިޝަން ކްލަބަކަށް އެއް ވޯޓު ލިބެ އެވެ. ރާއްޖެތެރޭގެ 61 ކްލަބަށް ޖުމްލަ ނުވަ ވޯޓުގެ މަގުން ހިސާބު ހެދުމުން، ކްލަބަކަށް ލިބެނީ ވޯޓެއްގެ ސަތޭކަބައިކުޅަ ސާދަ ބައެވެ. އެއީ ވޯޓެއްގެ 0.14 އެވެ!

އެފްއޭއެމަށާއި ސްޕޯޓްސް ކޮމިޝަނަރަށާއި މިނިސްޓަރަށް އައްސަރިބަހުން ސާބަހެވެ! ޑިމޮކްރެޓިކް ގައުމެއްގެ ކެބިނެޓާއި ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއީ ކޮމިޓީން މިކަން ދެކޭގޮތަކީ ހަމަ މިއީ ބާވައެވެ؟

އެކްސްކޯ އިން އަމަލުކުރަނީ ހިންގާ ގަވާއިދާ ހިލާފަށް

ހިންގާ ގަވާއިދު ކިޔައިލުމުން އެނގުނީ ޕްރެމިއާލީގް ކޮލިފިކޭޝަނަކީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާ މުބާރާތެއް ކަމެވެ. އެއީ، އަސާސީ ގަވާއިދުގެ 10 ވަނަ ވަނަ މާއްދާގައި ބުނަނީ މުބާރާތްތައް ހިންގާނީ ނުވަ ޒޯނަށް ބަހާލައިގެން ކަމަށެވެ. އެކަމަކު ޕްރެމިއާލީގް ކޮލިފިކޭޝަން ހިންގަނީ ތިން ޒޯނަށް ބަހާލައިގެނެވެ. އޮޅުންފިލި ހަގީގަތަކީ، އެފްއޭއެމްގެ އެކްސްކޯގައި ތިއްބެވި ބޭބޭފުޅުންނަކީ ލިޔެކިޔުމަށް މާ ޝައުގުވެރި ބޭފުޅުންކޮޅެއް ނޫން ކަމެވެ. އަސާސީ ގަވާއިދެއް އޮތްކަން ވެސް ނުދެނަ ހުރީ ކަމަށް ވެދާނެ އެވެ.

އެފްއޭމްގެ ހިންގާ ގަވާއިދު

ޖަމިއްޔާތަކުގެ ގާނޫނު ބުނާގޮތުން ހިންގާ ގަވާއިދަކީ، އަސާސީ ގަވާއިދެވެ. އަސާސީ ގަވާއިދަކީ އެ ޖަމިއްޔާގެ ގާނޫނުއަސާސީ އެވެ. ފީފާގެ އިބާރާތުން ނަމަ "ކްލަބް ލައިސެންސިންގް" ފުރިހަމަ ކުރެވޭނީ މެމްބަރަކަށް ވެގެންނެވެ. މުބާރާތެއްގައި ބައިވެރިވެވޭނީ މެމްބަރަކަށް ވެގެންނެވެ. މެމްބަރަކަށް ވެވެނީ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެ ގަވާއިދު ބުނާ ޝަރުތުތައް ފުރިހަމަ ކޮށްގެނެވެ. ވީމާ އަސާސީ ގަވާއިދަކީ އެއްވެސް ހާލެއްގައި ސިއްރު ކުރެވޭނެ ގަވާއިދެއް ނޫނެވެ. އެއީ ކުރެވިގެން ވާނެ ކަމެއް ވެސް ނޫނެވެ.

އަސާސީ ގަވާއިދު ވެބްސައިޓުން ފެންނަ ގޮތަށް ޝާއިއުކުރަން އެންގުމަކީ ސަރުކާރުގެ ގާނޫނީ ވާޖިބެކެވެ!

ހުދުމުހުތާރު މަފްހޫމަކުން، ޑިމޮކްރެޓިކް މަފްހޫމަށް ބަދަލު ނުވެ އޮތް އެފްއޭއެމް

އެފްއޭއެމަކީ 1982 ވަނަ އަހަރު ސަރުކާރުން ރަޖިސްޓަރީކުރި "އެންޖީއޯ" އެކެވެ. ނުވަތަ "ނޮން ގަވަންމަންޓް އޮގަނައިޒޭޝަން" އެެކެވެ. ސަރުކާރުން، ސަރުކާރު ނޫން ޖަމިއްޔާއެއް ރަޖިސްޓަރީ ކުރުމަކީ މިއަދު ދިވެހިންގެ ހިތްތަކުގައި ވެސް އަރަތެކެވެ! ވީމާ އެފްއޭއެމްގެ ގާނޫނީ ސައްހަ ކަމުގެ ވާހަކަ ދެއްކެވެން އަންނަނީ ހުދުމުހުތާރު ވެރިކަމެއްގެ މަފްހޫމާއި ޑިމޮކްރެޓިކް ވެރިކަމެއްގެ މަފްހޫމްގެ ތަފާތުގެ ތެރެއިންނެވެ.

ހުދުމުހުތާރު ނިޒާމަކުން އުފަން ކޮށްފައިވާ އެފްއޭއެމްގެ ބޯދާ މުސްކުޅި ވިސްނުން މިއަދު މި އޮތީ ބަދަލުކުރަން ޖެހިފަ އެވެ. އަސާސީ ގަވާއިދު ސިއްރުކުރުމާއި މާލެ އާއި އެހެން ރަށްރަށުގެ ކްލަބްތަކުގެ މެދުގައި ތަފާތުކުރުން އިންތިހާ އެވެ. އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އެ އޮތީ ފީފާގެ ގަވާއިދާ ވެސް އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފަށެވެ. މި މާއްދާތައް ބަދަލުކޮށްގެން ނޫނީ އެފްއޭއެމަކަށް ކުރިއަކަށް ނުދެވޭނެ އެވެ.

އެފްއޭއެމްގެ ގަވައިދުގެ 22 ވަނަ މާއްދާގައި ބުނާ ވާހަކަ

ޑިމޮކްރެޓިކް ބަދަލަށް އެފްއޭއެމް ބީރައްޓެހި

އަސާސީ ގަވާއިދެއް އެކުލަވައިލައި 2008 ވަނަ އަހަރު އެފްއޭއެމް އިންތިހާބު ކުރަން ފީފާ އިން މަޖުބޫރު ކުރިއިރު، ފީފާ އަށް އެނގުނީ، ރާއްޖޭގެ ކުޅިވަރު ކްލަބްތަކަކީ ރެގިއުލޭޓް ކުރެވިފައިވާ ކްލަބްތަކެއް ނޫން ކަމަށާއި ކްލަބްތައް ހިންގަމުން ގެންދަނީ ގާނޫނެއް އޮތް ނަމަވެސް ގާނޫނާ އެއްގޮތަށް ނޫން ކަމުގަ އެވެ. ވީމާ ކްލަބަކީ ކްލަބެއް ވެސް ނޫނެވެ. ފީފާގެ ސަސްޕެންޝަންގެ ބިރަށް، ކްލަބްތަކަށް ކިޔާ ނަންތަކެއް ބޭނުންކޮށްގެން އިންތިހާބެއް ބޭއްވީ އެވެ. ވީމާ އެފްއޭއެމް ޑިމޮކްރަޓައިޒް ކުރެވިފައި މި ވަނީ ހަމަ ނަމެއްގަ އެވެ. އެ ޖަމިއްޔާގެ އެކްސްކޯ ވެސް ހަމަ އެފަދަ އެވެ!

މިސާލަކަށް ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދެވިގެންނެވެ. މިއަދު އެ އުޅުއްވަނީ އެސޯސިއޭޝަންގެ ރައީސްގެ ކްލަބަށް ވެސްް މުސާރަ ނުދެވިގެންނެވެ. ދަރައިގެން ސަސްޕެންޑް ކޮށްފައި އޮތް ވިކްޓަރީގެ ހިންގާ ކޮމިޓީއެއް އޮތް ކަމެއް ވެސް ނެތް ކަމެއް ވެސް ކޮމިޝަނަރަކަށް ނޭނގެ އެވެ. ދަރައިގެން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓް ރަމްޒުކުރާ ކްލަބެއް ހަދައިގެން އަލުން ފަށަން މަސައްކަތް ކުރަނީ އެވެ. ރާއްޖޭގެ ކްލަބްގެ ގޮތުގައި މަޝްހޫރުވީ ހަމައެކަނި ނަންތަކެކެވެ. އެ ނަންތައް ފަހަތުގައި ގާނޫނީ ސައްހަކަމެއް ވެސް، އަދި ދެމެހެއްޓެނިވި މެނޭޖްމަންޓެއް ވެސް ނެތްކަން މިއަދު އެ ދަނީ ޔަގީން ވަމުންނެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަށް ވެސް ޒިންމާދާރު އެސޯސިއޭޝަނެއް ބޭނުންވެ އެވެ. ފުޓުބޯޅަ އަށް ކުރިއެރުމެއް ލިބެން އޮތީ ސަރުކާރާއި ކްލަބްތަކުން ވެސް މިހާރު މި ގެންގުޅޭ "ކަންމަތީ" ވިސްނުން ދޫކޮށްލައި، ގާނޫނަށް އިހްތިރާމް ކޮށްގެނެވެ. ބޯޅައެއްގައި ފައި ޖައްސާލުމަކީ ކުޅިވަރު ހިންގުމުގެ ހަމައެކަނި ޝަރުތު ކަމުގައި ބެލުން ހުއްޓާލަން ވެއްޖެ އެވެ. ގޮތް ދައްކައިގެން ނަތީޖާއެއް ނުނެރެވޭނެކަން އެނގެން ވެއްޖެ އެވެ. އިހަކަށް ދުވަހު ބޭއްވި ސަރުކާރުގެ ސްޕޯޓްސް އެވޯޑުން އިބްރަތް ހާސިލްކުރުން ކީއްތޯ އެވެ!

ހާމިދު އަބްދުލް ޣަފޫރު

ހާމިދު އަބްދުލް ޣަފޫރު

@HamidhAG

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

15 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

29 May 2022

މި ކަންކަން ބަދަލު ކުރުމަށް ހާމިދަށް ވެސް ފުރުސަތު ލިބުނު. އޭރު ނުބެލީ ކީއްވެ. މިއަދު ކުއްލިއަކަށް ހުވަފެެނެއް ފެނިގެން މީހަކަށް ހުވަފެނެއް ކިޔައިދޭން އުސޫލުން ތިޔަ ކިޔައިދިނީ.

The name is already taken The name is available. Register?

ހަގީގަތު

30 March 2022

ދެންކިޔާނީ ކީކޭބާ؟ ތިތަކެތި ދެކެވަޑައިގެންބާ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 March 2022

ތިތަނަކީ "ކުނިވެ ފުޅައަޅާފައި އޮތްތަނަކަށްވާތީ" ތިތަން އިސްލާޙްކުރަން އުޅޭބަޔަކު ހަލާކުވުން ނޫންކަމެއް ނުވާނެ. # އެހެންކަމުން އެންމް އިންސާފުވެރިގޮތަކަށްވާނީ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގެ ކްލަބްތަކުގެބާރު އެސަރައްދު އެސޯސިއޭޝަން ތަކަށްދީފައި މިދެންނެވި 3 އެސޯސިއޭޝަނުން އިންތިޙާބްކުރާ "ނެޝަނަލް ފުޓްބޯލް ފެޑަރޭޝަން" އުފެއްދުން.

The name is already taken The name is available. Register?

މައުރޫފު.

30 March 2022

އަފީފުގެ ޙިޔާލަށް އަހަރެން 100 ޕަސެންޓް ތާއީދު ކުރަން. 80 ހައިގެ އަހަރު ތަކުގައި ފުޓުބޯލައިގަ އޮތް ފޯރި އިތުރު ކުރެވޭނީ މާލެ ނޫން ސަރަޙައްދުތަކަށް މިނިވަންކަމާއި އެކު ކުލްބް ހިންގާ މުބާރާތް ބާއްވާ ޤައުމީ މުބާރާތުގައި މާލޭގެ ޓީމް ތަކެކޭ އެއްފަދައިން ވާދަކުރުމަށާ ޖާގަދީ އަދި އެހެން ރަށްރަށުގެ ޓީމް ތަކަށް ކޮށްފައިފުރި ދަތިތައް ދޫކޮށްލައިގެން ކަމަށް މަށަށްވެސް ތާއީދު ކުރެވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 March 2022

ހުވަދޫ، މުލައް، އައްޑޫސިޓީ ފަދަ ބޮޑެތި އާބާދީތަކުގެ ކައުންސިލުން އެފްއޭއެމަށާއި ސަރުކާރަށް ރަސްމީގޮތުން ހުށަހަޅަންވީ ކ.އަތޮޅު މާލޭގެ ކްލަބްތައްފިޔަވާ ރަށްރަށުގެކްލަބްތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލާ "ހަމަހަމަ ސިޔާސަތެއް ނުގެންގުޅޭނަމަ" މިއިން އެއްވެސްތަނަކުން އެފްއޭއެމް އިންތިޒާމް ކުރާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނެ ކަމަށާއި، ޢަދި މިއިން އެއްވެސް ތަނެއްގައި "އެއްވެސް ޙަރަކާތެއް ހިންގުމަށް" އެފްއޭއެމް އަށް އެއްބާރުލުން ނުދޭނެ ކަމަށް.

The name is already taken The name is available. Register?

ވިކިލީކުސް

30 March 2022

ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި ގައުމެއްގެ ރައީސެއްގެ ފެންވަރަށް ސެކިއުރިޓީއާ އިނާޔަތް ކޮންމެ ގައުމެއްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސަކަށް ލިބޭ މޮޓޯކޭޑްވެސްއޮވޭ. އެކަން ކޮށްދެނީ ފީފާއިން. އެހެންވެ އެފްއޭއެމްގެ ރައީސަކަށްވެ އަދި ފީފާގައި ރަޖިސްޓްރީވުމަށް އެފްއޭއެމްގެ ގާނޫނު އަސާސީ ޑްރާފްޓްކުރީ ބައްސާމް. ކުލަބުތަކަށް އޭތި ފޮރުވައިގެން އުޅުނީ ބައްސާމް ބޭނުންވާ މީހުންލައްވައި ބައްސާމު ބޭނުންވަ ގޮތަށް ވޯޓު ދިނުމަށް ނޫން ދެން ކޮންކަމެއްގަ ތޯ؟

The name is already taken The name is available. Register?

އިސްރާފު

30 March 2022

ދިވެހި ރާއްޖޭގަ ބާރުގަ ތިބޭ އިރު އެއްކަމެއްސް ގަވައިދާ އެއްގޮތަކަ ތަނުގެ ވެރިން ނުހިންގާ' އެއީ ގަފޫރަކަސް' ބައްސާމަކަސް' ޔާމީނަކަސް' އަންނިއަކަސް' ސޯލިހުއަކަސް..

The name is already taken The name is available. Register?

އިއްޕަޓޭ

30 March 2022

ކޮންމެ އަތޮޅަކަށް ނެރެންވީ އެއްޓީމު، އޭރުން އަތޮޅަކަށް ވޯޓަކުން ފުދޭނެ. ހަގީގަތުގަ ކޮންމެ ރަށަކުން ޓީމެއް ނެރުމުގެ މާނައެއްނެތް. ދެމެހެއްޓެނިވި ގޮތެއްގަ ފުޓުބޯޅަ ކުލަބުތައް ހިންގޭނީ އެކި އުމުރުފުރައިގެ ކުދިން ހިމެނޭގޮތައް އެކަޑަމީތައް ހިންގާ، ވިޔަފާރީގެ އުސޫލުން ދުރުރާސްތާ ޕްލޭންގެ ބޭނުންކޮށް ހިންގުމުން. 500 މީހުން ހަމަނުވާ ރަށްރަށުގަ ޓީމްނެރެގެން މިމަކެއްނުވާނެ. ކޮންމެ އުމުރުފުރައެއްގަ ތިބޭނީ 5 ވަރަކަށްކުދިން.

The name is already taken The name is available. Register?

މުސަންމާ.

30 March 2022

އިއްޕަޓޭ އެހެން ކަމަށް ވަންޏާ 45 ހާހެއްހާ މީހުން ތިބި އައްޑޫސިޓީ އާއި މުލައް ވެސް ނެރޭންޖެހޭނީ އެންމެ ޓީމެއްތަ ؟ ކަލޭމެން މާލޭ މީހުން ތިއުޅެނީ ކަލޭމެންގެ ރަށަށް ނޫން ރަށަކަށް ކަމެއް ނުކުރެވޭ ގޮތަށް ހުރިހާ ކަމެއްވެސް ރާވަންވެގެންދޯ ؟

The name is already taken The name is available. Register?

އިންމަ.

30 March 2022

ކޮންމެ ރަށަކަށް ކޮންމެ ސިޓީއަކަށް ކޮންމެ އަތޮޅަކަށް ކްލަބް ހެދޭނެ މިންވަރު ކަޑައަލާކަށް ނުޖެހޭ. އެންމެ ރަނގަޅު ގޮތަކީ އެކަން ހުޅުވާލާފައި ބާއްވާފައި ކްލަބްތައް ހިންގާގޮތް ރަނގަޅަށް މޮނިޓަރކޮށް ރެގިއުލޭޓް ކުރުން. އަދި އެފްއޭއެމްގެ ޤަވާއިދު ވަކިބަޔަކަށްޓަކާ އިރުއިރުކޮޅާ ބަދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައި ކޮލިފައިވާ އަދި ރެލިގޭޓްވާގޮތް މުބާރާތް ފެއްޓުމުގެ ކުރިން އެގެން އޮތުން. އޭރުން މިކަހަލަ ކޫސަނި މައްސަލަ ނިމިކުންނާނެ.

The name is already taken The name is available. Register?

ހަސަންދީ

30 March 2022

ބައްސާމު މިހިންގާ ކަންތައް ހުއްޓުވޭނެ ބާރެއް ނެތީބާ؟

The name is already taken The name is available. Register?

ލުތުފީ

30 March 2022

އެފްއޭއެމް އަކީ ވަކިމީހަކު ކޮންޓްރޯލްކުރާ ވަރަށް ޚުދުމުޚުތާރު ކޮށް ހިންގާތަނެއް. ބައްސާމް ގެ ތަރިކަ މުދާގަޑެއް.

The name is already taken The name is available. Register?

ޖުކި

30 March 2022

އަދި ތި ކަންމަތީ ޖަމިއްޔާތަކަށް ދަނޑު ލިބެގޮތުގެ އުސޫލުވެސް ހޯދައިދީބަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454