ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް
22 ޑިސެމްބަރ 2016 - 14:14
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކާ އެކު މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ބެއްލެވުމަށް ރަށްރަށަށް އޭނާ މިހާރު ކުރައްވާ ދަތުރުގައި ނ. އަތޮޅު ލަންދޫގައި މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަކަށް ސިވިލް ސާވިސް މުވައްޒަފުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއިރު އަންނަ އަހަރުގެ ބަޖެޓުގައި އެ ބައި ހިމަނާފައި ނުވާތީ އެވެ.
ޝަމީމް ލަންދޫގައި ދެއްކެވި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ ސީއެސްސީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް ވިދާޅުނުވާ ކަމަށެވެ.
"މުސާރައަ އާއި ސިވިލް ސާވަންޓުންނާ ގުޅޭ އެހެން ވެސް މަސައްކަތްތަކެއް ކުރިއަށް ދާތީ އަޅުގަނޑު ދެންނެވީ އުއްމީދުކުރަމޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގައި މުސާރަ ބޮޑުކުރަން ހިމަނާފައި ނުވި ނަމަވެސް އޮނިގަނޑުތަކަށް ބަދަލު ގެނެސް އެކި ދާއިރާތަކުގައި ތިބި މީހުންނަށް މި އަހަރު ވެސް މުސާރަ ބޮޑުކޮށްފައިވެ އެވެ. އެންމެންނަށް އެއް ފަހަރާ މުސާރަ ބޮޑުނުވިއަސް، އެލަވަންސެއް ނުވަތަ އެހެން ކޮންމެވެސް ކަހަލަ ލުޔެއް ލިބުމަކީ ވެސް އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގަޑި ހަތް ގަޑިއިރުން ހަ ގަޑިއިރަށް ބަދަލުވުމަކީ ވެސް ލިބުނު ލުޔެއް ކަމަށެވެ. ހަމައެއާ އެކު މާބަނޑު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޭ ކޮމިޝަނުން ވެސް އަންނަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ ދިރާސާތަކެއް ކުރަމުންނެވެ. އަދި އެކި މިނިސްޓްރީތަކުގެ ހިއުމަން ރިސޯސަސް އޮޑިޓްތަކެއް ވެސް ސީއެސްސީން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޅަބެއްޔާ
23 December 2016
ޢަވަހަށް މުގުރެއް ހޯދާ އޭރުން ބޮޑު ކުރެވި ދާނެ
އިސްލާހު
23 December 2016
ޝަމީމަށް ހީވަނީ ޕޯޑިއަމަށް އަރާ މަޖާޒީ ވާހަކަތަކެއް ދައްކާލީމާ އަޑުއަހާމީހުން ތިބޭނީ އާޝޯޚު ވެފައޭ... ކޮއްކޯ މީ އެދުވަހެއް ނޫން .... މީހުންނަށް ވާނުވާ އެނގޭ...ރާއްޖެތެރޭ މީހުން އަމުދުން މާބޮޑަށްވެސް ހޭލުންތެރި......
ވާނުވާ
23 December 2016
ރައީސް ޔާމީނު އަރިހުގާ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކޮށްދޭށޭ ބުނަންކެރޭ ވަރުގެ ވަޒިރެއްވެސް މަޖިލިސް މެންބަރެއްވެސް އަދި މިނިވަން ކޮމިޝަނެއްގެ މެމްބަރެއްވެސް ނުހުނާނެ.
މޫސާ އަބުދުﷲ
23 December 2016
އާދޭސް ކޮށްފަ ބުނަން ފައިސާތަކެއް ޕްރިންޓް ކޮށްފަ މުސާރަ ބޮޑުކޮށްފިނަމަ ނިކަމެތީންގެ ދުވަސްދިޔައީ ސަރުކާރުން ދޭޚިދުމަތްތައް ދުވަހެއް ދުވަހަކަށް ބޮޑުކުރަނީ ނުފޯރައިގެން ނޫންތޯ ދެން ކޮންތާކުން ފައިސާހޯދައިގެންތޯ ތިޔަ މުސާރަ ބޮޑުކުރަނީ އެންމެ އަސާސީ ޚިދުމްތް ކަމަޑްވާ ކަރަންޓުގެ އަގުވެސް ދުވަހެއް ދުވަހަކަށް ބޮޑުކުރަނީ ކާޑުގެ އަގު ދެގުނައަށް ބޮޑުކުރެވިއްޖެ ދެން ތިޔައުޅުެްވަނީ މުސާރަ ބޮޑުކުރައްވަން .. އަޅުގަޑަށް އޮޅިއްޖެ މިހާރު ޑޮލަރެއް ގަންނަން ލިބެނީ ގަދަމީހަކަށް އާދެ ލައްބަ އިކޮނޮމިސްޓުންގެ ވެރިކަން އަޅުގަޑު ސޮރީ
ފޭރޭ ގްރޫޕް
23 December 2016
އަސްތާ މުސާރަބޮޑުވެލަން ވާއިރައް އަވަހައް ރީތިމުންޑުކޮޅެއް ގަނެގެން މުންޑުއަނދެގެން އުޅެން ފަރިތަކުރަންވީތާ...
ސުންގަޑި
23 December 2016
ސިވިލްސަރވިސް ވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގަޑި ހަތް ގަޑިއިރަށް ކޮމިޝަނުން ބަދަލުކުރިޔަސް ބައެއް އޮފީސް އެބަހުރި އަށްގަޑިއިރު މަސައްކަތް ކުރަންޖެހޭ... އެތަނުގަ އިތުރަށް މަސައްކަތްކުރާ ދެގަޑިއިރަށް މުއައްޒަފުންނަށް އިތުރުގަޑީ ލާރި ދޭނަމަވެސް ރަނގަޅު... އިތުރުގަޑި ނުދޭތާނގަ އަށްގަޑިއިރު ހަމަނުކޮށް ދާމީހުނަށް ފިޔަވަޅުއަޅާ އެބަ....
ސުންގަޑި
23 December 2016
މުސާރައަ އާއި ސިވިލް ސާވަންޓުންނާ ގުޅޭ އެހެން ވެސް މަސައްކަތްތަކެއް ކުރިއަށް ދާކަމަށް ޝަމީމް ވިދާޅުވީ، އަނެއްކާ އެއީ ސިވިލްސަރވަންޓުންތަކެއް ވަޒީފާއިން ވަކިކުރުމާދޭތެރޭ މަޝްވަރާ ކުރެވެނީކީ ނޫންބާ؟؟؟
ހޯހޯ
22 December 2016
އެންމެއާދައިގެ މީހާވެސް މިފަހަރު ހީވަނީމަހަކު 30000ރ އަށްވުރެއް މަތީގައުޅޭނެހެން ސާބަހޭ މިރައީސް
ސަންފަ
22 December 2016
ސާބަސް. ތިވެސް ދުވާލަކު ހަތް ގޮތަށް ކިޔާތި.
ބޮކިފަތި 3 އަހަރު
22 December 2016
ޕޯޑިއަމްތަކަށް އަރާ ބޭރުގެ ފޮތްތައް ދައްކާ. އޮރެންޖުކުލަ މާމޮޅުކުލައަކަށްވެގެން ވާހަކަ ދައްކާ މީހަކުނޫޅޭ ތިހަދާ ދޮގުތައް އަޑުއަހާކަށް.