ގާޒީ ހުޒައިފާއަށް އިސްގާޒީގެ ފަތްކޮޅުގެ އަރުއްވަނީ: އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެއް --- ފޮޓޯ/ޖޭއެސްސީ
30 މާޗް 2022 - 18:33
ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.
މިއީ މާލޭގެ ސުޕީރިއާ ކޯޓެއްގެ އިސް ގާޒީ ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ގާޒީ ހުޒައިފާ އިސް ގާޒީ ކަމަށް އައްޔަންކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
ގާޒީ ހުޒައިފާއަކީ 2007 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ގާޒީއެކެވެ.
އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އޭނާއާ އެކު އޭރު ފަނޑިޔާރު ކަމަށް ދެން އައްޔަން ކުރެއްވި އަންހެން ބޭފުޅަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އޭރު އައްޔަންކުރީ ސިވިލް ކޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބާސް ނިޝާމް
31 March 2022
ދީނީ ގޮތުން ހުއްދަ ކަމެއް ނޫން.
ނޭފަރުން
31 March 2022
ހިސާނަކީ އިންސާފު ނެތް މީހެއްކަން އެނގޭ އޭނަގެ ނިންމުތަކުން
ފުރެންޑު
31 March 2022
މަރްހަބާ ހުޒޭ. ޥަރަށް އުފާވެއްޖެ
ރާއިދުބެ
31 March 2022
ވަރަށް ރަނގަޅު ނިންމުމެއް. ރާއްޖޭގެ ޝަރުއީ ނިޒާމު ކުރިއަރާތަން މިހާރު އެބަފެނޭ.
ލަދަކު
31 March 2022
އުއްމިދެއްނެތް ފަހަތައް އެޅި ފިޔަވަޅެއް
ބަދީފް ބޮފިޝަލް
31 March 2022
ކަލޭ ކަޑަވީ އަންހެނަކަށް ވީމަ ދޯ. ތިހެން ކަަޑަވެފަ ހުންނަންޖެހޭނީ. މީ 14ވަނަ ގަރުނެއްނޫން.
ށަވިޔަނި
31 March 2022
މަރުހަބާ
ޜަސްގެފާނުގެ ކޮއިލު ހުރަސްކުރަންދާ މޮހޮނު
31 March 2022
މެންދުރު ބްރޭކަށް ދާއިރު އެމަގަށް ދިމާކޮށްލާއިރު އަންނި މަގު ބަންދު ކޮށްފަ. ޢެ ގެއްލުނީ އެތައް ވަގުތެއް އެކަމާ ހެދި. ހަވީރު ގެއަށްދާން އެ މަގަށް ދިމާކޮަށްލާއިރު އަންނި މަގު ބަންދުކޮށްފަ. މީ ހަފްތާގެ ގިބަ ދުވަސްތަކުގެ ހާލު. ޢަޅެފަހެ ... މެންދުރު ކައެ ހަވީރު ސައިވެސް ބޮނީ. ތިހާ އުދަނގޫނުކޮށް އުަޅެބަލަ އަންނި ރަސްގެފާނު. ޢަހަރެމެންނަށްވާ އުދަނގޫ ގެ ނަތީޖާ ފެންނާނީ ވޯޓުން
ފެއާރީ ހަސީ
31 March 2022
މަރުހަބާ. ޜަނގަޅަށް ހިންގާލާތި
ވަކީލި
31 March 2022
މުވައްޒަފުން ވަރަށް ކަޑަ ކައިވެނި އަދި ރަޖިސްޓްރޭސަން ސެކްސަން
ހުސެން އަމީން
31 March 2022
މާތް މީހެއް. ތިޔަ ކޯޓު ރަނގަޅު ކުރެވޭނެ ކަމަށް އުންމީދު ކުރަން.