ވިޔަފާރި

އަހަރީ އާންމު ޖަލްސާ: ހިއްސާދާރުންނަށް މުހިއްމު ބައްދަލުވުމެއް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން: މި ޖަލްސާގައި ހިއްސާދާރުންގެ މަސްލަހަތު ހިމެނޭ މުހިންމު ނިންމުންތަކެއް ނިންމާ. --މިހާރު ފައިލް ފޮޓޯ

31 މާޗް 2022 - 11:14

3 comments

ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނަށް އެންމެ މުހިންމު އެއް ކޯޕަރޭޓް އިވެންޓެވެ. މި ޖަލްސާ، މާލީ އަހަރު ނިމެތާ ފަސް މަސްދުވަހުގެ ތެރޭގައި ބާއްވަން ޖެހެ އެވެ. މި ބައްދަލުވުމާ ގުޅިގެން ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކުންފުންޏާބެހޭ ގާނޫނާއި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި އަދި ލިސްޓުކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މި ޖަލްސާގައި ހިއްސާދާރުންގެ މަސްލަހަތު ހިމެނޭ މުހިންމު ނިންމުންތަކެއް ނިންމަ އެވެ. އަދި މި ޖަލްސާއަކީ ހިއްސާދާރުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާ ދިމާވެ، ކުންފުނީގެ ހިންގުމާއި ވިޔަފާރި އާއި ކުރިމަގާގުޅޭ ގޮތުން ހިޔާލު ހުށަހަޅަން ލިބޭ މުހިންމު ފުރުސަތެކެވެ. އެހެންވެ މިއީ ހުރިހާ ހިއްސާދާރުންނަށް ހަމަހަމަ އުސޫލަކުން ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރަންޖެހޭ ޖަލްސާއެކެވެ. ޖަލްސާގެ ނޯޓިސްއާ އެކު ޖަލްސާގައި މަޝްވަރާކުރުމަށާއި ހިއްސާދާރުންގެ ވޯޓުން ފާސްކުރުމަށް ހުށަހެޅިފައިވާ އެންމެހާ ކަންކަން ހިމަނަންވާނެ އެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިއްސާދާރުންގެ ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި ހިއްސާދާރުންނަށް ލިބެންޖެހޭ ހުރިހާ މައުލޫމާތެއް ޖަލްސާގެ ނޯޓިސްއާ އެކު ފޯރުކޮށްދޭންވާނެ އެވެ.

އޭޖީއެމްގައި ހިމަނަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކާއި އޮޑިޓަރުކަމަށް އައްޔަނުކުރުމަށް ހުށަހަޅާފައިވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންވާނެ އެވެ. އަދި ޑިރެކްޓަރުކަމަށް އައްޔަނުކުރުމަށް ހުށަހަޅާ ފަރާތުގެ 'ފިޓް އެންޑް ޕްރޮޕަ އެސެސްމަންޓް' ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން ކޮމިޓީން އޮންނަންވާނީ ހަދައިފަ އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން: ޖަލްސާގައި ހިއްސާދާރުންނަށް ޑިވިޑެންޑް ބެހުމާ ގުޅޭ ގޮތުން ގޮތް ނިންމާނެ. --ފައިލް ފޮޓޯ:މިހާރު

ކުންފުނީގެ ނިމިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި، ޑިވިޑެންޑް ނުވަތަ ފައިދާ ބެހުމާ އަދި އެނޫންވެސް ހިއްސާދާރުންގެ ވޯޓުން ފާސްކުރުން ލާޒިމުކޮށްފައިވާ ހުރިހާ ކަންކަމުގެ މައުލޫމާތު ޖަލްސާގެ ނޯޓިހުގައި ހިމަނަންވާނެ އެވެ.

ވޯޓުލުމަށް ހުށަހަޅާ ގަރާރުތައް އެއްވެސް އޮޅުމެއް ނާރާނެ ގޮތަށް ހުށަހެޅުމަށް އިސްކަންދޭންވާނެ އެވެ. ކޮންމެ އަހަރީ އާންމު ޖަލްސާއަކަށް ހުށަހެޅުމަށް އެޖެންޑާކުރެވިފައިވާ ކަންތައްތަކާބެހޭ ގޮތުން ހިއްސާދާރުންނަށް ފޮނުވާ މައުލޫމާތުތަކަކީ، އެ ކަމަކާބެހޭ ފުރިހަމަ މައުލޫމާތު ލިބިތިބެ ނިންމާ ނިންމުންތަކަށް ހެދުމަށްޓަކައި ތަފްސީލީ މައުލޫމާތު ދޭންވާނެ އެވެ. ޖަލްސާ ބާއްވާ ތާރީހުގެ މަދުވެގެން 14 ދުވަސް ކުރިން ނޯޓިހާއި އެންމެހާ މައުލޫމާތު ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށް މަދުވެގެން އެއް މީޑިޔާ މެދުވެރިކޮށް ފޯރުކޮށްދޭންވާނެ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ މެންބަރުން އައްޔަނުކުރުމާގުޅޭ ހަރުދަނާ ޝަރުތުތަކެއް މިފަހުން ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގެ އިސްލާހުގައި ހިމަނާފައިވެ އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ނޮމިނޭޓްކުރާ ފަރާތަކީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑަންޓް ޑިރެކްޓަރުންގެ ޝަރުތު ފުރިހަމަވާ ފަރާތަކަށް ވާންވާނެ ކަމަށާއި ކުންފުނީގެ އެގްޒެކެޓިވް މަގާމެއްގައި ހުރި ފަރާތެއް ކޮލިފައިނުވާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދަނީ: އަހަރީ އާންމު ޖަލްސާގައި ހުރިހާ ހިއްސާދާރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. --ފައިލް ފޮޓޯ:މިހާރު

މިއީ އާންމު ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނެވިފައިވާ މުހިންމު އިސްލާހެކެވެ. ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ގަވަނަންސް ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނެވިފައިވެ އެވެ.

ހިއްސާދާރުން ނުވަތަ ޕްރޮކްސީ އަށް، މި ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި އޮވެ އެވެ. ޕްރޮކްސީ ނޮމިނޭޓްކުރުމާގުޅޭ ގޮތުން އުސޫލު ކަނޑައެޅުމުގެ ފްލެކްސިބިލިޓީ އޮންނަނީ ކުންފުނިތަކަށް ދީފަ އެވެ. ޕްރޮކްސީ ނޮމިނޭޓްކުރުމާއި ވެރިފައިކުރުމުގެ ކަންކަން ކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް ސީއެމްޑީއޭ އިން ކުންފުނިތަކަށް ބާރުއަޅަ އެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ކުންފުނީގެ ޗެއަމަނެވެ. ނަމަވެސް، ޗެއަމަން އަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މެންބަރެއް ވަގުތީގޮތުން އައްޔަންކުރަން ޖެހޭނެ އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓް ކޮމިޓީ އަދި ނޮމިނޭޝަން ކޮމިޓީގެ ޗެއަމަންގެ އިތުރުން އެކްސްޓާނަލް އޮޑިޓަރު ވެސް މި ބައްދަލުވުމަށް ހާޒިރުވާން ޖެހެ އެވެ. އެހެންގޮތަކަށް ކަނޑައަޅާފައިނުވާ ނަމަ، ޖަލްސާގެ ކޯރަމަކީ 20 ޕަސެންޓް ހިއްސާ މިލްކުކުރާ ފަސް ހިއްސާދާރުންނެވެ.

ބައްދަލުވުން ބާއްވާއިރު ޖަލްސާ ފެށުނުކަން އިއުލާނުކޮށް ކޯރަމްގައި، ހިއްސާދާރުންގެ ގޮތުގައި ހާޒިރުވި ފަރާތްތަކުގެ އަދަދު ހާމަވާނަމަ އިއުލާނުކޮށް އެޖެންޑާ އާއި ވޯޓުލުމުގެ އިޖުރާއަތު ވެސް އިއުލާންކުރަންވާނެ އެވެ. ޖަލްސާއަށް ހާޒިރުނުވެ ވޯޓުލާން އެދޭ ހިއްސާދާރުންނަށް ވެސް ވޯޓުލުމަށް މަގުފަހިކޮށްދިނުމަކީ އެދެވިގެންވާކަމެއް ކަމަށް ސީއެމްޑީއޭގެ ސީޖީ ކޯޑުގައިވެ އެވެ.

ބައްދަލުވުމަށް ހުށަހަޅާފައިވާ ގަރާރުތަކާ ގުޅޭ މައުލުމާތު ހިއްސާދާރުންނަށް ޖަލްސާގައި އޮޅުންފިލުވައިދޭންވާނެ އެވެ. ކުންފުނީގެ ކޮންމެ އާންމު ބައްދަލުވުމެއްގައި ނިންމާފައިވާ ކަންކަން ރެކޯޑްކޮށް، ބައްދަލުވުމުގެ ޔައުމިއްޔާ ހިއްސާދާރުންނަށް ފޮނުވައި، ހިޔާލު ހުށަހެޅުމުގެ ފުރުސަތުވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދިނުން މުހިންމެވެ. މި ޔައުމިއްޔާ ފާސްކުރަނީ ދެން އޮންނަ އަހަރެއްގެ ޖަލްސާއަށް ހުށަހަޅައިގެންނެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިރާންނ

31 March 2022

އަހަރެން މިހިރީ މިވަގުތު ރާއްޖެއިން ބޭރުގަ. އިއްޔެ ހެނދުނުން ފެށިގެން މަގޭ ފޯނުގައި އިންނަ އިންޓަރނެޓް ބޭންކިން އެޕްއަކަށް ނުވަދެވޭ. އެކަމަކު ރާއްޖޭތިބި މީހުންނަށް ރާއްޖެއިންވަދެވޭ. ދެން އަހަރެން ބެލީ ކޮމްޕިއުޓަރ އިން އިންޓަރނެޓް ބޭންކިންގއަށް ވަންނަން. އެއްފަހަރު ވަދެވުނު. ދެން އަރަނީ އެއިނީ ބްލޮކް ކޮށްފައޭ. މިއަދު މިއީ 31. ބިލްތަކަށާއި ލޯންތަކަށާއި ކާޑަށް ޕޭއި ކުރަންޖެހޭ އިރު މިކަންކުރާނެ ގޮތެއް މަށަކަށް ނޭގުނު. ފައިން ޒިންމާ ނަގަނީ ކާކު؟

The name is already taken The name is available. Register?

120687

31 March 2022

ކުންފުންޏެއް އާންމު ބިޒިނަސް އެފެއާޒް އަކީ ކުންފުނީގެ މެނޭޖްމަންޓުގެ ޒިންމާއެއް. އެއީ ހިއްސާދާރުން ޒިންމާއެއް ނޫން. ހިއްސާދާރުންގެ ބައްދަލުވުމަކީ ގާނޫނީ ގޮތުން ކުންފުނީގެ މައްޗަށް ލާޒިމު، ހިއްސާދާރުންގެ ހައްގެއް. ހިއްސާދާރުން ސުވާލު ކުރަންވީ ކުންފުނީގެ ވިޔަފާރީގެ ކުރިމަގާ ގުޅޭ ގޮތުން. ވިޔަފާރީގެ އާ ޕްލޭންތަކާ ގުޅޭ ގޮތުން. އެއިން ހިއްސާދާރުންގެ ވެލްތަށް އަންނާނެ ނަތީޖާއާ ގުޅޭ ގޮތުން. ކައުންޓަރު ކިއު ދިގުވުން އެއީ އަހަރީ ޖަލްސާގެ މެންޑޭޓެއް ނޫން.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

31 March 2022

ބޮޑެތި ޖަލްސާތައް ނުބާއްވާ އެޓީއެމްތައް ޑައުންވާ މައްސަލަ ސޯލްވްކޮއްބަލަ.މަހުގެ ފުރަތަމަ 10 ދުވަހު 03 އޭޓީއެމް ހުންނަ ތަނެއްނަމަ 02 އޭޓީއެމް ޑައުންވެފަ.ހާއްސަކޮށް ގިނައިން ޑައުންވެފަ ހުންނަނީ ކޭޝް ޖަމާކުރެވޭ އެޓީއެމްތައް.ޓެކްނިކަލް މައްސަލައެއް ދިމާވެދާނެކަން ގަބޫލުކުރަން ، ނަމަވެސް މިކަން ދާއިމީކޮށް ހިނގާނަމަ އެއީ މައްސަލައެއް.ބޭންކުން އެބަޖެހޭ ރައްޔަތުންނަށް ފަސޭހައިން ކަންކަން ކުރެވޭނެ އިންތިޒާމްތަކެއް ގާއިމްކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454