ހިޔާ ފްލެޓްތައް ކައިރީ ބަޔަކު މަޑުކޮށްލައިގެން؛ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތައް މި މަހުން ފެށިގެން ކުލި ދައްކަން ޖެހޭނެ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 އެޕްރީލް 2022 - 13:35
ކުލި ދެއްކުން ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓުތަކުން އިއްޔެ އިން ފެށިގެން ކުލި ނަގަން ފަށައިފި އެވެ.
ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ހަތަރު މަހުގެ މުއްދަތެއް ދިނުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ނަގަން ފެށުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލު ނުވުމާއި ފިނިޝިން ނުނިމޭތީ އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިދިޔަ މަހާ ހަމަޔަށް ކުލި ނުނަގާ ގޮތަަށް ނިންމީ އެވެ.
އެކަމަކު އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ކުރިން އަންގާފައިވާ ގޮތަށް މި މަހުން ފެށިގެން ކުލި ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުލި ދެއްކޭނެ ކަމަށާއި އެ ކުންފުނީގެ މައި އޮފީހުން ވެސް ކުލި ބަލައިގަންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު 3،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. ނަމަވެސް ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އެ އަގުތައް ކުޑަ ކުރުމަށް ގޮވާލަމުންނެވެ. އެކަމަށްޓަކައި 1،500 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އެ ކުންފުނިން ބުނި ގޮތުގައި ފްލެޓްގެ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން މާކުރިން އޮތީ ނިންމާފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
03 April 2022
ރޯދަމަހަކީ އާއްމުކޮށް ޚަރަދު ބޮޑު މަހެއް އެހެންވީމަ އެންމެ ރަގަޅު ގޮތަކީ ފައިސާ ދައްކަން އިތުރު އެއްމަސް ލަސްކޮށްލުން ރަގަޅުވާނެ.
ހިންނަވަރު.
04 April 2022
ދަރަނިވެރިވެގެންތިބެވެސް ކާބޯތަކެތިން އިސްރާފު ކުރަންދޯ ތިވިސްނަނީ ؟ ބަލަ ކަލޭމެން އެތަނަށް ދައްކާންޖެހޭ ފައިސާ ދައްކަބަލަ. ހާދަ ގޮތެއްނެތް ބައެކޭދޯ ؟
ބަކުންބެ
03 April 2022
ތިފްލެޓް ލިބުނު މީހުން ފައިސާ ނުދައްކާ ލަސްކުރާ ކޮންމެ ދުވަހަކީ ދައުލަތަށް (އެންމެނަށް) ލިބޭ ގެއްލުމެއް.
ޣަހާ
03 April 2022
2023 ވޯޓުން ސަރުކާރު ބަލިކުރާނަން. ޙިޔާގެ ވެރިންނާ ތިގޮތައް އަބަދު ޖެއްސުމެއް ނުކުރެވޭނެ. ޢަހަރުމެން ވޯޓުު ލާނީ 5600 އަށް ކުލި ކުޑަ ކުރާބަޔަކަށްް.
ހާސަރު
03 April 2022
ރައްޔިތުންނަކީ ހަމައެކަނި ހިޔާގައި އުޅޭ މީހުންއެކަނިތަ؟! މިހާރުވެސް މި މާލޭސަރަހައްދުގައި ދެކޮޓަރިއަށް 12 ހާސް 15 ހާސް ކުލިދައްކާ ކިތައްހާސް މީހުން އެބައުޅޭތަ؟ ހިޔާގައި އުޅޭމީހުން ދައްކަނީ ކުއްޔެއްނޫން އެއީ އަގުހަމަކުރަން ދައްކާ ފައިސާ ،
ދެމިހާސަރު
03 April 2022
ހާސަރަށް ނޭނގޭ އެއްޗަކީ ތިޔަ ބުނާ 12000 ދައްކާ މީހާގެ ކުލިވެސް ކުޑަވާނީ ހިޔާގެ ކުލި ކުޑަކުރީމަ. ޢެކަން އެހެން ވިޔަ ނޫދޭން ހާސަރުމެން ހިޔާ ކުލި ކުޑަވިޔަނުދޭންވެސް ތިޔަ އުޅެނީ.
މީހާ.
04 April 2022
ކަލޭ ސަރުކާރު ބަލިކުރުމަކާއި ކަލޭގެ ބޮލުގައި އެޅިފައިއޮތް ދަރަންޏަކާއި އެއްވެސް ގުޅުމެއްނެތް. ތަނަށް ދައްކާންޖެހޭ ފައިސާ ނުދައްކަން ކޮންހާ އުޒުރެއް
ނޫނީ
03 April 2022
ސަރުކާރުން 30 ހާހެއްހާ ރައްޔިތުންނާ އިދިކޮޅަށް ނިކުމެގެން މޮޅުވާނެތޯ؟؟ ސަރުކާރުން ތިއަޅަނީ ވަރަށް ޅައެއްޗެއް. ސުހެއިލް ގަސްދުގައި ސަރުކާރަށް ޕުރެޝަރ ކުރަން ކުރިކަމެއްބާ މީ ރޯދަމަހާ ދިމާކޮށް ލާރިނަގަން މިއުޅެނީ.؟ ކޮންމެ ގޮތެއްވިޔަސް އެޗްޑީސީގެ ތި ނިންމުމުގެ ނުބައި އަސަރު 2023 ގެ ވޯޓުގައި އެމްޑީޕީއަށް ފެންނާނެ.
ޖޯޖް
03 April 2022
ކަލޭ ހީކުރީ ތި ފުލެޓް ތަކަކީ ހިލޭ ދީފަހުތި ތަނެއް ކަމައްތަ އަތުގަ ފައިސާ ނެތި އުޅެވެން ނެތިއްޔާމު ފުލެޓް ދޫކޮއްލާފަ ނިކުމޭ އިންސްޓޯލްމަންޓަށް މަ ސައިކު ނެގީ ލިޓަސްއިން ބޮޑު އެއްޗެއްދައްކަން ޖެހޭ މަބޭނުން އަގެއް ގަދަބާރުން ހަމަ ޖެއްސޭތަ
އިބުރާ
03 April 2022
މިހާރު ވެސް ކުލި ނުދައްކާ 7 މަސް ދުވަސް ވެއްޖެ. އަހަރެމެން ވެސް މިއުޅެނީ ކުލި ދައްކައިގެން މާލޭގައި. ކީއްތަ ވާނީ އެންމެ މަހަކު ކުލި ސަރުކާރުން ދިނިއްޔާ. ބަލަގަ ތިޔަ އެއްޗެއް ނުދެންޏާ ހަމަ އެދެވެނީ އަހަރެމެން އެންމެންގެ ލާރިއޭ.
ސަދަން
03 April 2022
ތިތަން ލިބިފަ ހުރީ އަހަރެމެންނަށް ވެސް. އަހަރެމެން ތި ކުލި ދައްކާނަން. އެއީ މިތަން ނުލިބި ތިބި އެތަކެއް ބަޔެއްގެ ހައްގުގަ. ކުލި ކުޑަކޮށްފި ނަމަ އަހަންނަށްވެސް ފައިދާ. އެކަމަކު މި ނުލިބުނު މީހުން އުޅެނީ މާ ހާލުގަ. އެހެންވީމަ ލިބުނީތީ ޝުކުރުކޮށްގެން މި ދައްކާނަން. ސަރުކާރާއެކު މިތިބީ
އުތުރު.
04 April 2022
ސަދަން އަކީ ޙަޤީގަތުގައިވެސް ދެކުނު ރަށެއްގެ މީހެއްވީހަ ތިއޮތީ ކަމުގެ އަސްލަށް ކޮމެންޓް ކޮށްފަ. ފުލެޓް ލިބުނު މާލޭ ގިނަމީހުން ފުލެޓްގައި ދިރިނޫޅެ އެތަންތަން އެހެން މީހުނަށް ކުއްޔަށްދީފަ ދިހަ 12 ހާސް ރުފިޔާ ކުއްޔައްދިންމީހުން އަތުން މަހަކަށް ނަގައިގެންވެސް މިއުޅެނީ އެތަނަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާކޮޅު ނުދީ މަކަރާ ޖަހަން. ލަދެއްވެސް ނެތް ބައެއްދޯ މިއީ ؟ ދުނިޔެއާއި ހެދި ތިވަރު ވާކަށް ނުވާނެ.
މާއްޓޭ
03 April 2022
ހިޔާފުލެޓްގަ އެކަނިތަ ރަށްއިތުންއުޅެނި. ދެރަކަމެއްނު
ޑިމޮކްރަސީ
03 April 2022
ހިޔާ ފްލެޓް ތަކުގަ ދިރި އުޅޭ ނިކަމެތި ދިވެހި ރައްޔިތުންގެ އަތުން ރޯދަ ހަދިޔާ އަށް ނަގަނީ 8500 ރުފިޔާ، އޮގާތެރިކަމުގެ ކޮޅެއްމެދެއްވެސް އަދި ނުފެނޭ
ޖޯޖް
03 April 2022
ކަލޭ އަމިއްލަ ތަނެއްގަނޫން ތިއުޅެނީ ސަރުކާރު އިމާރާތެއްގަ
ޒަރީނާ
03 April 2022
ކުލި ނުދެއްކެންޏާ ދެއްކޭ ބަޔަކަށް ފްލެޓް ހަވާލުކުރޭ، އަޅޭފަހެ ކުރިން އުޅުނީ ކުލި ނުދައްކާތަ؟
އެޑްމުންޑޯ
03 April 2022
ކުލި ނަގަންވެސް ޖެހޭ ، އެއީ ނަގަންޖެހޭ އެއްޗެއްކަމަށްވާނަމަ ، ކޮންމެހެން ލަސްކުރުމުގެ ބޭނުމެއްނެތް ، ބޭނުންތައް ފުދު ކުލިދައްކަން ތައްޔާރުވާން ، އެއީ ދުވަހެއްގައިވެސް މާލޭގައި އުޅޭ ބަޔަކަށް ނުލިބޭނެ ވަގުތެއް ،،
އަހައްމަދޫ
03 April 2022
އޯގާތެރި ސަރުކާރު ރޯދަ ހަދިޔާ ދެއްވީ
ހިޔާގައި15ހާހުންމަތީގައި މިހާރުވެސް އެއީ2 ގޮނޑިންމަތީގަ
03 April 2022
ކުލި ދައްކާފަ ތިބި ބަޔަކު އަތުން އަނެއްކާ ކުލި ނަގަނީކީއްވެބާވައެެވެ. ކުލިދައްކާފައިވާ ގޮތަކީ ތަންހަދަން ކުރިޚަރަދެެވެ. ތަންހަދަން އަމިއްލައަށް ޚަރަދުކުރީމާ ކުލިން ކެނޑެންޖެހެއެވެ. އެހެންވެ އަދި މިހިނގާ 2 އަހަރު ކުލި ނުނަގާ މަޑުކުރަންޖެހޭނެއެވެ. އެއީ ތަންހަދަން ކުރި ޚަރަދުގެ އަގު ހަމަވަންދެނެވެ. އެޗްޑީސީ އަކީ އަހަރެމެން ވޯޓު ދީގެން ހޮވާފަ ތިބި ބަޔަކު ތިބިތަނެއްނޫނެވެ.އަހަރެމެން ވާހަކަދައްކަން ބޭނުންވަނީ އަހަރެމެން ވޯޓުދީގެން ހޮވިމީހުންނާއިއެވެ.
ޢަނީ
03 April 2022
ޖުހާ ދައްކާ ކަހަލަވާހަކަ؟ ކުލި ދެއްކި ގޮތަކީ ގެޔައް ފަރުނީ ޗަރުގަތުން. ބަދިގެ ސާމާނުގަތުން.
ޕަކާސް
03 April 2022
ރޯނު އެދުރެއް
ޖޯޖް
03 April 2022
ކަލޭއަކައް ނޭނގޭނެ ހަދަންވާގޮތް އަތުގަ ލާރި ނެތިއްޔާމު ތަންދޫކޮއްލާފަ ނިކުމޭ
ޙަބީބު.
03 April 2022
6 މަހުކުލި ނުނަގަ 4 ފާރު ދީފަ ތިޔަބުނީ ދިރިއުޅޭށޭ ހުރިހާ މަސަތްކަތެއް މިކުރީ ލޯނު ނަގައިގެން މިހާރު މާލޭގަ އުޅޭތަނައް ކުލިދައްކަމުން އަދި ލޯނު ދައްކަމުން ހުރިހާ މުދަލެއް އަލުން ބަލުން ގަނެފަ ކުލިދައްކާފަ ތިޔައީ އެއްގޮތަކައްވެސް ކަމުދާ ގޮތެއްނޫން މިތަނުގެ ކުލި ހަވާލުކުރި ދުވަހުން ފެށިގެން ބަރާބަރު އެއްއަހަރު ފަހުން ނަގާގޮތައް ނިންމުން އެދެން އެހެންނޫން ހުރިހާކަމެއް ނިންމާފަ ކުލިދެެއްކީމަ ތަޅުދަނޑި ހަވާލުކުރާ ގޮތައް އޮތްނަމަ މައްސަލައެއްނެތް
ޙބބބ
03 April 2022
7 މަސް
ޝުކުރުވެރިވެބަލަ
03 April 2022
ތީގަ ސަރުކަރުން ކުރާނެކަމެއްނެތް. މިސާލަކަށް 1 ރުފިޔާ އަށް ސުޕާރި ޕެކެޓެއް ލިބެން އޮއްވަ ހަމަ އެރަހަލާ އެހެން ބްރޭންޑެއްގެ ސުޕާރި ޕެކެޓެއް 5 ރުފިޔާއަށް ގަތީއޯ. އަދި ސުޕާރި ޕެކެޓްގަ ދެބައިކުޅައެއްބައި ސުޕަރިހުއްޓަ އެޕެކެޓް ކެނޑިފަ ހުރީތީ އެއްލާލާފަ އެއަށް ވުރެ ޑަބަލްއަގުގަ އައު ސުޕާރި ޕެކެޓެއްގަތުމަކީ ކާކުގެ މައްސަލައެއް؟ ހުވާމިބުނީ މިއީ ހާދަ ޝުކުރުވެރި ނުވާބައެކޭ. ނެތްފެންވަރުން ފަހަށް ރައްކާކުރެވޭ ވރަށް ނުބަލަ އެންމެމތީފެންވަރު ބޭނުންވނިވެސް...
ރޯޒަސް
03 April 2022
4 ފާރު ކީއްކުރަން ނެގީ. އނަބުރާ ދިންނަމަ މަށަކަށް ނުވާނޭ ކިޔާފަ؟ އޭރުވެސް އެނގޭ ދޯ ކުލި ދައްކަން ޖެހޭކަން؟