ޓީވީއެމް ޗެނަލް ހިންގާ އިމާރާތުގެ ބޭރު -- ފައިލް ފޮޓޯ | މިހާރު
04 އެޕްރީލް 2022 - 07:03
ޓީވީ މޯލްޑިވްސްގެ ހިދުމަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ދައްކަން ފެށި "އެހާރާއި މިހާރު" ހުއްޓާލައި، އޭގެ ވިއްސަކަށް އަހަރު ފަހުން އަނެއްކާ ވެސް ދައްކަން ފަށައިފި އެވެ.
ޓީވީއެމްގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވި، ހިންދީ ކުރީގެ ލަވަތަކާއި ފަހުގެ ލަވަތައް ހިމަނައިގެން އުފައްދާ "އެހާރާއި މިހާރު" މި ރޯދަ މަހު އަލުން ދައްކަން ފެށީ ރޯދަ މަހަށް ހާއްސަކޮށް ފޮނުވާ ޕްރޮގްރާމްތަކުގެ ތެރޭގަ އެވެ.
"އެހާރާއި މިހާރު" ދައްކަން ޓީވީއެމުން ތާވަލް ކޮށްފައި ވަނީ ކޮންމެ ރެއެއްގެ އިޝާ ނަމާދުގެ ބަންގި އާއި ގުރުއާނަށް ފަހު، 8ގެ ހަބަރާ ދޭތެރޭ އޮންނަ ވަގުތުގަ އެވެ.
ޓީވީއެމް ފެށިގެން އައިސް ފޮނުވަން ފެށި "އެހާރާއި މިހާރު" އަކިީ އޭރުން ފެށިގެން ގޮސް 2000ގެ ކުރީކޮޅާ ހަމައަށް ވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޕްރޮގްރާމެކެވެ. އެކި ދުވަސްވަރު އެކި ބަދަލުތައް އައި އެ ޕްރޮގްރާމް 90ގެ ތެރޭގައި އާންމުންގެ ރިކުއެސްޓަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އޭރު ލަވަތަކަށް އެދޭ މީހުންގެ ލިސްޓް ކިޔަން ވެސް ވަރަށް ގިނައިރު ހޭދަވި އެވެ.
ދިވެހިންގެ ތެރޭގައި ހިންދީ ލަވައަށް އޮތް ނުފޫޒުގެ އެންމެ ބޮޑު އެއް ރޯލު ކުޅުނީ ވެސް އެ ޕްރޮގްރާމެވެ. އެކަމަކު، ރައީސް މައުމޫންގެ ފަހުކޮޅު ސަރުކާރަށް އައި ބަދަލުތަކާއި، ސިޔާސަތުތަކަށް އައި ބައެއް ބަދަލުތަކާ އެކު ޓީވީއެމުން ހަމައެކަނި އަމިއްލަ ކޮންޓެންޓް ދައްކަން ނިންމައި، އޭރު ކޮންމެ ހަފުތާއަކު އެއްފަހަރު ދައްކަމުން އައި ހިންދީ ފިލްމާއި "އެހާރާއި މިހާރު" ހުއްޓާލި އެވެ. އެ ނިންމުން ނިންމި އިރު، ހިންްދީ ފިލްމެއް ދައްކައިގެން ޓީވީ މޯލްޑިވްސް އޭރު ކޮޕީ ރައިޓްސްގެ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެސް ދާން ޖެހުނެވެ.
ޓީވީއެމްގެ އޮފިޝަލަކު ވިދާޅުވީ "އެހާރާއި މިހާރު"ގެ ނަމުގައި ހަމަ އެކަހަލަ ގޮތަށް އެ ޕްރޮގްރާމް ގެނައީ ސްޕޮންސަރުންގެ އެދުމުގެ މަތިން ކަމަށެވެ.
"މިހާރު ކުރިން ހަދާވަރަށް އަމިއްލަ ކޮންޓެންޓެއް ވެސް ނުލިބޭ. އޭގެ އިތުރުން ސްޕޮންސަރުންގެ ވެސް އެދުުގެ މަތިންް އެ ޕްރޮގްރާމް އަލުން ދައްކަން މި ފެށީ،" އޮފިޝަލް ވިދާޅުވި އެވެ.
"އެހާރާއި މިހާރު" އަލުން ދައްކަން ފެށިއިރު، އެ ޕްރޮގްރާމް ދައްކާ ގަޑިއާ ދޭތެރޭ އާންމުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. އިޝާ ނަމާދު ބަންގި އަށް ފަހު، ލަވަ ދެއްކުމަކީ ޓީވީއެމުން މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.
އެކަމާ ބެހޭ ގޮތުން އޮފިޝަލްް ވިދާޅުވީ ޓީވީއެމްގެ ޕްރޮގްރާމްް ގައިޑަށް ބަލާލުމުން އޭގެ ޖަވާބު ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
"އެހެން ހުރިހާ ވަގުތެއް މިއޮތީ ޝެޑިއުލްކޮށްފައި. ގަބޫލު ކުރަންވާނެ މިއީ ބަޔަކު ސްޕޮންސާ ކޮށްފައިވާ ޕްރޮގްރާމެއް ކަން ވެސް،" އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމް އަޅުގަނޑުމެން މި ދައްކަނީ އިޝާ ނަމާދުގެ ބަންގި އަށް ފަހު ގުރުއާން ވެސް ދައްކައި ނިމުމުން އޮންނަ ހުސްވަގުތުކޮޅުގައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާރު
04 April 2022
ކޮމެންޓްތައް ކިޔާލީމަ މިއެނގުނީ، ވަރަށްގިނަބަޔަކު މިބަލަން ބޭނުންވެފަތިބިކަން، ދެން އެހެންވީމަ ރަނގަޅު ގަޑިއަކަށް ބަދަލުކޮށްލަން ވިސްނާނެކަމަށް ހީކުރަން.
ސްޕޮންސަރު
04 April 2022
މާދަމާ މަޣްރިބް ބަންގި ގޮވީމަ ދެން ހިންދީ ފިލްމެއް ދައްކަން ބަޔަކު ސްޕޮންސަރ ދޭއިރަށް އެގަޑީގަ އެވެސް ދައްކަންވީދޯ؟ ސްޕޮންސަރޑް އެއްނުން. ދޯހަޅި ވާހަކަދައްކާ “އޮފިޝަލް”!!
ވަހީދުބެ
04 April 2022
ކިޔާހުވާ ތޭރާވާދާ ފޮނުވައްޗޭ....ކިޔާހުވާ
އެޑްމުންޑޯ
04 April 2022
އެއްވެސް ބަޔަކު ތިޕްރޮގްރާމް ސްޕަންސަރ ނުކުރާނެ ، އިންޑިޔާގެ އަޅުވެތިކަން މައްޗަށް ދާވަރަކަށް ތިކަހަލަ ކަންތައް ފެންނާނެ ،
ހިންދުސްތާނު
04 April 2022
އެހެންނުންވާނީ މީ މީހާރު އެއްބައިނު
ހާމިދު ޝާހިދު
04 April 2022
ސަރުކާރުގެ ލާދީނީ ކަން ޓީވީއެމްގެ ތެރެއަށްވެސް ތިއޮތީ ވަދެފައި. ހަގީގަތުގައި 70، 80، 90 ގެ އަގަރުތަކުގައި ހިންދީ މިއުޒިކާއި ފިލްމު ރަސްކަން ކުރިނަމަވެސް، 2000 ގެ ކުރީ ކޮޅުން ފެށިގެން އެކަން ފަނޑުވާން ފަށާފައިވަނީ، އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުން އިތުރުވެ، ސޯޝަލް މީޑިއާއިން އާ ކޮންޓެންޓް ދިވެހިންނަށް ލިބެން ފެށުމުން. އަދި ދިވެހިންގެ އޮރިޖިނާލިޓީ ކުރިއަރަން ފެށީމަ. އެކަމަކު މިހާރު އިންޑީއާގެ ތައްޕާހަށް ވެއްޓޭވަރަކަށް މިކަން އިތުރުވެގެން ދާނެ.
ޙަސަން އަޙްމަދު
04 April 2022
"ދިވެހިންގެ ތެރޭގައި ހިންދީ ލަވައަށް އޮތް ނުފޫޒުގެ އެންމެ ބޮޑު އެއް ރޯލު ކުޅުނީ ވެސް އެ ޕްރޮގްރާމެވެ." މި ޖުމްލައިގައި މި ބުނާ އެއްޗެއް މާސާފެއް ނޫން. އެކަމަކު އެކި އެކި ގޮތްގޮތަށް ހައިޕޮތިޓިކަލް ކޮށް ޖުމްލައިގެ މާނަކުރީމާ ވެސް ތެދު ވާހަކައަކަށް ނުވޭ. އެއްވެސް އަސާސެއް ނެތް ޚިޔާލީ ސްޓޭޓްމެންޓެއް.
ހަސަނު
04 April 2022
މަ ހިތަށް އަރަނީ ތަރާވީހު ނަމާދު ކުރާ މީހާ އެ ގަޑިގާ ކޮންމެ އެއްޗެއް ދެއްކިއަސް ނުފެންނާނެއޭ.. އެހެންވީމާ ޓީވީން ލަވަ އެއް ދެއްކިއަސް ތަރާވީހަށް ލިބޭ އުނިކަމެއް ނެތް...
މަރީނާތު
04 April 2022
މީ ނަމާދު ގަޑި. މިގަޑީގަ ކިހިނެއް ބަލަނީ
ޢާދަނުބެ
04 April 2022
މި ސަރުކާރުން ތިކަަލަ ހުރިހާކަމެތް ކުރާނެ ދެން އެންމެންނަށްވެސް އެނގޭނެ އެމްޑީޕީ އަސްލު ފިކުރަކީ ކޮބައިކަން މަ ނުބުޏަސް އެވެސް ހެޔޮނުބައި ވިސްނޭ މީހުންނަށް
ޖޯޖް
04 April 2022
ޢާދަނާ މިދކިތަކައް ނާރާ އެހެން މީހުންގެ ބޮލުގައި ތިއަޅުވަނީ ކޮން ކަމެެއް
ކްރޯޑް
04 April 2022
ޢިޝާނަމާދު ނިމުމާއެކު ހަމަ ފަށާނީ ތަރާވީޙު ނަމާދު ކުރަން ދެން އެގަޑީގައި ތިޔަފަދަ ޕްރޮގްރާމެއް ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ ހިތަށްއަރާ . އަހަރަކުން އަންނަ މާތް ވެގެންވާ މިމައްސަރުގައި ކުރެވޭ އެންމެ މުހިއްމު އަޅުކަމުގެ ވަގުތު ތިޔަފަދަ ވާހިއްޔާތު ޕްރޮގްރާމެއް ދައްކާނީ ކަނޑައެޅިގެން އިސްލާމްދީނަށް އިހްތިރާމްގެ ކަންފުޅެއްވެސް ނެތް ބަޔަކު.މަހިތުން ތިޔަ ޕްރޮގްރަާކި ހައިކޮމިޝަންގެ އެދުމަށް އެމީހުނަށް ދައްކައިދޭ ޕްރޮގްރާމަކަށްވާނީ.
ކުޑަކަތީބު
04 April 2022
އެހެންވެދޯ ބޮޑެތި އިސްރާފުތައް ތި ކުރަނީ، ވައްކަން ކުރަނީ، މީހުން މަރަނީ، އެއީ ލާދީނީ އެއް ނޫންތަ؟ ލަވައެއް ބަލައިގެން ދީނުން ބޭރުވި މީހެއް ދައްކަބަލަ؟ މީހަކަށްވީ ގެއްލުމެއް ދައްކަބަލަ؟