ލައިފްސްޓައިލް / މީހުން

ޗޫޓީގެ ސުވާލާއި ޖަވާބު: ރީތި ކަމަކީ އަދި ރީތިވުމަކީ ކޮބާ؟

ރީތިކަމަކީ އަދި ރީތިވުމަކީ ކޮބައި ހެއްޔެވެ؟ ލިޕްސްޓިކެއްގެ ސައިޒުން ނުވަތަ ޖާދޫގެ މި ފިހިކޮޅުން އަހަރެމެންނަށް ރީތިކަން ބަޔާންކޮށްދެވިދާނެ ހެއްޔެވެ؟ އަދި ރީތިވުން އެއްކޮށް ގުނަކޮށް ކަނޑައި ވަކިކޮށް ހައްލުކުރެވިދާނެ ހެއްޔެވެ؟

ވަރަށް ބައިވަރު ފްރީލާންސް މޭކަޕް އާޓިސްޓުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އެބަތިއްބެވެ. އެހެންވީމަ މޭކަޕްކޮށްދޭން އެނގުމަކީ ނުވަތަ މޭކަޕް އާޓިސްޓަކަށް ވުމަކީ މިއަދުގެ މި އާ ދުނިޔޭގައި އެހާ އާ ކަމެއް ނޫނެވެ. އަދި އަމުދަކުން ހާއްސަ ކަމެއް ވެސް ނޫނެވެ. އެކަމަކު ދެން މި ކިޔައިދޭ ވާހަކަ ވަރަށް ވެސް ހާއްސަ އެވެ. ސަބަބަކީ ކިތަންމެ ގިނަ މޭކަޕް އާޓިސްޓުންނެއް ގޭދޮށުގައި ތިއްބަސް ޖާދޫގަރެއްގެ ދަނޑިކޮޅަށް އެ މޭކަޕް ފިހިކޮޅު ބަދަލުކޮށްލަން އެނގޭ ހަމައެކަކު ވެސް ނެތީމައެވެ. މިދެން ފޮނިތޮށިކާފޫރުތޮޅި ލަނީކީއެއް ނޫނެވެ. އައިމިނަތު ހިޝާން ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ، ޗޫޓީ އަކީ މި ބުނާ ޖާދޫގަރެވެ. ފަހަރެއްގައި ޗޫޓީ ވެސް މިކަމަށް އެއްބަހެއް ނުވާނެއެވެ.

އެކަމަކު ސަތޭކައާ ގާތްކުރާ އަދަދަކަށް ފޮޓޯޝޫޓް ހަދައި ލޯކަލް މޭކަޕް އާޓިސްޓުންނާ ޑީލްކުރެވި، ކުރެވިފައިވާ ތަޖުރިބާ އިން މި ވާހަކައެއް ލިޔާ ނަމަ ޗޫޓީ އަކީ ހަމަ އަސްލަށް ވެސް މި އެންމެންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އެއް 'ކުރެހުންތެރިޔާ' އޭ ބުނެވިދާނެއެވެ.

ޗޫޓީގެ އެންމެ ހާއްސަ ސިފައަކީ ވަގުތަށް އޭނާ ކަމޭހިތާހިތުމެވެ. އަހަރެމެން އެއް ފަހަރަކު ހުޅުމާލޭގެ ބީޗުގައި ކުރި ޝޫޓެއްގައި ޗޫޓީ ބައިވެރިވިއެވެ. ހަނދާންވާ ގޮތުން އަހަރެމެންނަށް އޭނާ ލިބުނީ ވެސް ލާސްޓް މިނިޓުގައި ދަންވަރުގެ ގަޑިއެއްގައެވެ. ފަތިހު ފަށަން އޮތް ޝޫޓިން އަށް އެންމެންދިޔައިރު ޝޫޓީ ގޮސް އިނެވެ. ފަޖުރުތަރި ވެސް އިނީ ލަދުން ގޮސް ހަލާކުވެފައެވެ.

ޗޫޓީ މޭކަޕްކުރަނީ. --ފޮޓޯ ކްރެޑިޓް: ދައުރު

މިއީކީ ވަކިކޮޅަކަށް ޖެހިގެން ލިޔާ ލިޔުމެއް ނޫނެވެ. ރޯދަ އަށް ހުރެގެން ލިޔާ ލިޔުމެކެވެ. ވަގުތަށް ކަމޭ ހިތުމަކީ ކޮންމެ ޕްރޮފެޝަންއެއްގައި ވެސް އެންމެ އަސާސީ އެއް އަހުލާގެވެ. އަދި ޖާދޫ އާއި މޭކަޕްގައި ވެސް އެންމެ މުހިންމު އެއްޗަކީ އޭގެ "ޓައިމިން" އާއި "ޓައިމް" އެވެ. އެއަށް ޖާދޫއޭ ކިޔަނީ އެހެންވެގެންނެވެ.

މި ދައްކާ ވާހަކައެއް ފަހުމުވިޔަސް ނުވިޔަސް ދެން މިއޮތީ ޗޫޓީގެ އިންޓަވިއުއެވެ. -- ރީތިކަމަކީ އަދި ރީތިވުމަކީ ކޮބައި ހެއްޔެވެ؟ ލިޕްސްޓިކެއްގެ ސައިޒުން ނުވަތަ ޖާދޫގެ މި ފިހިކޮޅުން އަހަރެމެންނަށް ރީތިކަން ބަޔާންކޮށްދެވިދާނެ ހެއްޔެވެ؟ އަދި ރީތިވުން އެއްކޮށް ގުނަކޮށް ކަނޑައި ވަކިކޮށް ހައްލުކުރެވިދާނެ ހެއްޔެވެ؟

"ޔެސް. ބިއުޓީ އިޒް ނޮޓް ނެސެސަރިލީ އެބައުޓް މޭކަޕް. އަޅުގަނޑުގެ ނަޒަރުގައި އެންމެ ރީތި ރީތިކަމަކީ، އަމިއްލަ ނަފުސަށް އެ އޮންނަ އިތުބާރު. އަމިއްލަ ނަފުސަށް އެވަރުގެ އިތުބާރެއް އުފެދުން އެއީ ވަރަށް ރީތި ހަގީގަތެއް،" ޗޫޓީ ކިޔައިދެނީ މިހެންނެވެ.

"އެ ކޮންފިޑެންސް އެ މީހަކަށް ލިބިދާނެ އޭނާ އަޅައިގެން ހުންނަ ހެދުމަކުން ވެސް އަދި އެހެން ގޮތަކުން ވެސް. ކޮންމެ މީހަކަށް ވެސް އެއީ ތަފާތު ތަޖުރިބާއެއް. އެހެންވީމަ ލިޕްސްޓިކް ޖެއްސުމެއް ނޫން މީގައި އެންމެ މުހިންމީއެއް.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އެމީހަކު އެންމެ އުފާވާކަމެއް ކުރާށޭ. އަދި އިތުބާރާއި ޔަގީންކަން ތިމާގެ ނަފުސަށް ގެނެސްދޭ ކޮންމެ ކަމެއް ވެސް ކުރާށޭ."

ޗޫޓީގެ މާނަކުރުމުގައި ރީތިވުމާއި ރީތިކަމަކީ މިކަލަ އެކްސްޕީރިއަންސެކެވެ. އޯލްރައިޓެވެ. ދެން މި އޮތީ ސުވާލާއި ޖަވާބެވެ.

ޗޫޓީ މޭކަޕްކުރަނީ

1- އެހެންވީމަ ޗޫޓީގެ މި ދަތުރު ފެށުނު ގޮތާއި މޭކަޕްގެ މި ކުލަ ދުނިޔޭގައި އާދެވިފައި ހުރި ހިސާބު ސިފަކޮށް ކިޔައިދީބަލަ އަހަރެމެންނަށް؟

ޗޫޓީ: އަބަދުވެސް ވަރަށް ޝައުގުވެރިކުރުވި ދިމާލެއް އާޓަކީ. އަދި ވަކިން ހާއްސަކޮށް އެ ޝައުގުވެރިކަން ބޮޑުވެގެން ދިޔަ މި ކުލަތަކާއި އޭގައިވީ އެކި ކަހަލަ ޓޯންތަކުގެ އަސަރު މީހެއްގެ މޫނަށްކުރާ ގޮތް ފެނި ދަސްވި ހިސާބުން ފެށިގެން. އެހިސާބުން ފެށިގެން އަޅުގަނޑު ބޭނުންވީ މިކަން ކެރިއާއެއްގެ ގޮތުގައި ހާސިލުކުރަން. އެއީ 2010 ވަނަ އަހަރު.

އެހިސާބުން ފެށިގެން މި ދާއިރާއިން ކިޔަވައި ތަމްރީނުވެ ފަރިތަކޮށް ޕްރޮފެޝަނަލީ އަޅުގަނޑު މިގޮތަށް މޭކަޕްކޮށްދޭން ފެށީ 2016 ވަނަ އަހަރު.

2- ކޯ އިންސްޕިރޭޝަންސް އާއި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ގަބޫލުކުރާ އުސޫލުތަކަކީ ކޮބައިތޯ ޗޫޓީ؟

ޗޫޓީ: ތެދުތެދަށް ބުނަނީ ނަމަ އިންސްޕަޔާވޭ ހުރިހާ ދިމާލަކުން ވެސް. ފެންނަ ކޮންމެ އެއްޗަކުން ވެސް. އަޅުގަނޑަށް ހީވަނީ އާޓްހެން އެންމެ މުހިންމު އެލެމަންޓަކީ އަދި ހުރިހާ ވެސް އެއްޗަކީ މީގަ. އެހެންވީމަ ފަހަރެއްގައި އެ ވެދާނެ ޕެއިންޓިންއަކަށް ވެސް ފިލްމެއްގައި ފެންނަ އެއްޗަކަށް ވެސް ނުވަތަ ގުދުރަތީ މަންޒަރަކަށްވެސް. މީގެ އިތުރުން ކުޅަދާނަ އެހެން މޭކަޕް އާޓިސްޓުންގެ މަސައްކަތުން ވެސް ވަރަށް އިންސްޕަޔާވޭ.

3- ޗޫޓީގެ މޭކަޕް ކިޓުން ދުވަހަކުވެސް ބާކީނުކޮށްލެވޭނެ ތިން ޓޫލަކީ ކޮބާ އަދި އެއީ ކީއްވެގެންތަ؟

ޗޫޓީ: ސީދާ ވަކި ހާއްސަ ނުވަތަ އެންމެ ޓޫލްއެއް އެގޮތަށް ހޮވާކަށް ނޭނގޭ. ހީއެއްނުވޭ އެކަން ކުރެވިދާނެހެން. ސަބަބަކީ ކޮންމެ (ޓޫލެއްގައި ވެސް) އެ އެއްޗަކަށް ހާއްސަ ކަމެއް އޭގައި އެކުލެވިގެންވުން. ހުރިހާ އާލާތްތަކަކީ ވެސް އެއްވަރަކަށް މުހިންމު އެއްޗެހި. އަދި އެއްވަރަކަށް ލޯބިވާ އެއްޗެހި. އެހެންވީމަ ވަކި މިވެނި އެވެނި އެއްޗެއް އެގޮތަށް ޗޫޒްކުރަން ވަރަށް އުނދަގޫ.

4- ޗޫޓީގެ ސިގްނެޗާ ލުކަކީ ކޮބައިތަ؟

ޗޫޓީ: އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ސިގްނޭޗާ ލުކްއޭ ބުނީމަ އެއަށް ވާނީ އަސްލު މީހެއްގެ (ރީތިކަމަށް) އިތުރު ފުރިހަމަކަމެއް ގެނެސްދޭން ކުރާ މަސައްކަތްހެން. އެ ރީތިކަން ގެއްލުވާނުލައި، އެމީހެއްގެ ސްކިންޓޯން ގެއްލުވާނުލައި ފޭސް ސްޓްރަކްޗާ ހަރާބުކޮށްލާ ކަހަލަ މޭކަޕަކަށް ނުދިއުންހެން. އަޅުގަނޑު ގަބޫލުކުރަނީ މިހެން. މޭކަޕެއް އެންމެ ފުރިހަމަ ވަނީ ނުވަތަ އެންމެ ރީތިވަނީ (އެ ސަބްޖެކްޓެއްގެ) ލޮލާއި މޫނުގެ ބައްޓަމާ ގުޅިލާމެހިގެން އެމީހެއްގެ ސްކިންޓޯންއާ ވެސް ހަމަ އެ ބީދައިން ގުޅިގެން ދިއުމުންހެން.

5- ޗޫޓީ އަށް އެންމެ ކަމުދާ މޭކަޕް ޓްރެންޑްތަކަކީ ކޮބައިތަ؟

ޗޫޓީ: އެބައުޓް ޓްރެންޑްސް، ޓްރެންޑްސް ޑޫ ކަމް އެން ގޯ. އެންޑް ޓްރެންޑްސް ރިއަލީ ޑޫ ހޭވް ދެޓް އާޓިސްޓިކް ޓޭސްޓް އޮން އިޓް. އެކަމަކު ބްރައިޑަލް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު ކްލެސިކް ލުކްސް އޯލްވޭޒް ވިންސް. ސަބަބަކީ ބްރައިޑުން އާންމުކޮށް ބޭނުންވަނީ ވެސް އެ ލުކް. ނެޗުރަލް، ކިރިޔަކިރިޔާ ޖެހިލާފަ ހުންނަހެން ހީވާ އެކަމަކު ދެޓް ސެކްސީ ލުކް. އެހެންވީމަ އެއީ ދުވަހަކުވެސް ބާވެގެންދާނެ ސްޓައިލެއް ނޫން.

ޗޫޓީގެ އިންސްޓަގްރާމް ޕޯސްޓެއް

6- އަންހެނުންނަށް އަދި ފިރިހެނުންނަށް ޗޫޓީ ދޭން ބޭނުންވާ ބިއުޓީ އެޑްވައިޒަކީ ކޮބާ؟

ޗޫޓީ: ކޮންމެ ޖިންސަކަށް ނިސްބަތްވިޔަސް ތިމާގެ ސްކިން، ހަންގަނޑަކީ ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަން ޖެހޭ އެއްޗެއް. މޮއިސްޓަރައިޒިން ކުރުން ނުވަތަ އަތްވަށް ނުކުންނައިރު ސަންސްކްރީން ބޭނުންކުރުން މިކަހަލަ މިކަހަލަ ކަންކަން. ސަބަބަކީ މޭކަޕް އެންމެ ރީތިވާނީ މިގޮތަށް ފަރުވާތެރިކަމާ އެކު ބަލަހައްޓައި ކެއާކުރާ ސްކިންއެއްގައި. އެކަމަކު މޭކަޕްނުކުރިޔަސް ސްކިން މިގޮތަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް.

7- ސާފުތާހިރުކަމާއި ޕްރޮފެޝަނަލް ސްޓޭންޑަޑެއް ދެމެހެއްޓުމަށް ދޭ ސަމާލުކަމަކީ ކޮބައިތަ މޭކަޕް އާޓިސްޓެއްގެ ހައިސިއްޔަތުން؟

ޗޫޓީ: ސެނިޓޭޝަން އަށް ދޭ ސަމާލުކަމަކީ އަޅުގަނޑުގެ މި މަސައްކަތުގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަންތައް. އޭގެ ސަބަބުން ރައްކާތެރިކަން ލިބިގެންދަނީ ހަމައެކަނި އަޅުގަނޑުގެ ކްލައިންޓުންނަކަށް އެކަންޏެއް ނޫން. އަޅުގަނޑުގެ އަމިއްލަ ސާމާނުތަކަށް ވެސް ލިބޭ ފައިދާ ގިނަ. ކޮންމެ ކްލައިންޓަކަށް ފަހު ބޭނުންކުރާ ހުރިހާ އެއްޗެއް ޑިސްއިންފެކްޓްކުރަން. އަދި އެއް ކްލައިންޓެއްގެ މޭކަޕްގައި ބޭނުންކުރި ބްރަޝްއެއް ދެ ވަނަ ކްލައިންޓެއްގެ މޭކަޕްގައި ބޭނުމެއް ވެސް ނުކުރަން. ހަމަ ކޮންމެ ފަހަރަކަށް ވެސް އާ ބްރަޝް ހޯދަނީ. މިފަދަ ސާފުތާހިރުކަމެއް ގެންގުޅުން ވަރަށް މުހިންމުވޭ ރީތި ފުރިހަމަ މޭކަޕެއް ކުރަން ވެސް.

8- މޭކަޕް އަދި މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބައިތަ؟

ޗޫޓީ: އެންމެ ސަޅި ކަމަކީ އަޅުގަނޑުގެ މަސައްކަތާ މެދު ހިތްހަމަޖެހިފައި ތިބޭ ކްލައިންޓުން ފެނުން. އެ ހިތްހަމަޖެހުމާއެކު އެމީހުން ދޭ ފީޑްބެކް މޯޓިވޭޓްސް މީ ޓް ބިކަމް ބެޓާ އެން ބެޓާ. އަޅުގަނޑުގެ މަސައްކަތާ މެދު މީހަކު ހިތްހަމަޖެހިފައި ހުންނަތަން ފެނުމަކީ މުޅި ދުވަސް ފުރިހަމަވުން ކަހަލަ ކަމެއް ހަމަ އަސްލުވެސް.

9- މޭކަޕް އާޓިސްޓަކަށް ނުވި ނަމަ ޗޫޓީ ފެންނާނީ ކޮން ޕްރޮފެޝަންއަކުންހެން ހީވަނީ؟

ޗޫޓީ: އަޅުގަނޑު ވާނީ ބިއުޓީ ފޮޓޯގްރަފާއަކަށް. ސަބަބަކީ މޭކަޕްގެ އެ ޑީޓެއިލް ކެޕްޗާކޮށް ގެނެސްދޭން އެނގޭ އެނގުމަކީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކަމެއް. ސްކިންގެ ޓެކްސްޗާއާއެކީގަ. އަނެއްކޮޅުން އަމިއްލަ އަށް އެގޮތަށް ފޮޓޯނެގުމަކީ ވަރަށް ބޮޑު އުފަލެއް. އެހެންވީމަ މޭކަޕްނުކޮށްދޭ ނަމަ ބުނެވިދާނެ އެއީ ފެނިދާނެ ދިމާލެކޭ.

ޗޫޓީގެ އިންސްޓަގްރާމް: އޭނާގެ މަސައްކަތުގެ ވަރަށް ފުރިހަމަ މަންޒަރެއް މި ޕޭޖުން ފެންނާނެ.

10- މޭކަޕަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ އެއްޗެއްތަ؟ އަންހެނުންނާ އެއްވަރަކަށް ނުވަތަ ފިރިހެނުންނަށް ވެސް މޭކަޕް މުހިންމުވޭތަ؟

ޗޫޓީ: ފިލްމާއި ރެޑް ކާޕެޓް ހަފުލާތަކުން ފެންނައިރު ފިރިހެނުން ވެސް ތިބެނީ ހަމަ މޭކަޕްކޮށްފައި. އަދި މޭކަޕްކުރުމުގެ މާނައަކީ ހަމައެކަނި ރެޑް ލިޕްސްޓިކެއް ހާކާލުމެއް ނޫން. ބައެއް ފަހަރަށް މޭކަޕްކުރާ ވަރަށް މުހިންމު އެއް ކަމަކީ ކުލަ ރަނގަޅުކޮށްލަ ދިނުން. މިސާލަކަށް ލޮލު ކައިރީގައި، ތިރީގައި އަނދިރިވެފައި ހުންނަ ތަން. ނުވަތަ ފުރިހަމަކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް ހެޔޮވަރުކޮށްލަދިނުން. ނަތީޖާއަކަށް ވަނީ މޭކަޕްކޮށްގެން ހުންނަ މީހާ ފެންނައިރު އެ ހާލަތަކާއި ވަގުތަކާއި ތަނަކަށް މާ ބޮޑަށް ވެސް އެކަށޭނެ. އަދި ހުންނާނީ ތައްޔާރަށް. އެހެންވީމަ ފިރިހެނުންނަށް ވެސް މިގޮތަށް މޭކަޕްގެ ބޭނުން ހިފިދާނެ. މޭކަޕަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ އެއްޗެއް ނޫން.

11- އެންމެން މޭކަޕްކޮށްދީފަ ޗޫޓީ އަށް ކިހާ ވަގުތެއް ލިބޭތަ ނުވަތަ އާންމުކޮށް ކިހާ ވަރަކަށް ޗޫޓީ މޭކަޕްކުރަންތަ؟ ތަނަކަށް ދާންވިޔަސް ނުވަތަ އިވެންޓަކަށް ހާއްސަވިޔަސް؟

ޗޫޓީ: މޭކަޕް ޕްރިފަރެންސް އިޒް ޑިފްރެންޓް ފޯ އެވްރިވަން. ބައެއް މީހުންނަށް ކަމުދާނީ ފުލް ފޭސް މޭކަޕެއް. ނުވަތަ ނެޗުރަލް ނޯ މޭކަޕް ފޯ އެވްރިޑޭ ކަހަލަ ގޮތެއް. އަޅުގަނޑަށް އާންމުގޮތެއްގައި ދިމާވާ ގޮތަކީ ވަގުތެއް ނޯވެދާނެ، ނުލިބިދާނެ މޭކަޕްކޮށްލާކަށް ވެސް ނުވަތަ ވަގުތު ލިބޭ ގޮތަކުން ކިރިޔަކިރިޔާ މޭކަޕްކޮޅެއް ހާކާލައިގެން ވެސް އަޅުގަނޑު ގޮސްދާނަން މިހެން އާންމުކޮށް އުޅޭއިރުގަ. އެކަމަކު އިވެންޓެއް ނަމަ، ހާއްސަ ހަފުލާއެއް ނަމަ ފުލް ފޭސް މޭކަޕާ ނުލައެއް ނުދަމޭ ބުނެވިދާނެ. އާންމުކޮށް އެކަމަށް ހޭދަވާނީ 30 މިނެޓް. ކްލައިންޓެއްގެ މޫނު އެގޮތަށް ތައްޔާރުކުރަން އެކަމަކު ނަގާފާނެ އެއް ގަޑިއިރު. ބްރައިޑެއް ނަމަ އަދި އިތުރު އެހެން ކަންކަން ކޮށްދޭ ނަމަ ދެ ތިން ގަޑިއިރު ނަގާފާނެ.

ނިންމާލަމުން އަޅުގަނޑު ބުނެލަން ބޭނުންވަނީ މޭކަޕްކުރާ ހިތްވިޔަސް އަދި ނުވިޔަސް އެހެން މީހުންނަށް އިހުތިރާމްކޮށް ހިތްހެޔޮވާން ދަސްކުރައްޗޭ މީހެއްގެ ސިފަޔަށް ކޮމެންޓްކުރުމުގެ ކުރާއިރު. ސަބަބަކީ އެގޮތަށް ވިސްނާނުލައި ކުރާ ކޮމެންޓަކުން އެމީހެއްގެ ދުވަސް އެއްކޮށް ހަރާބު ވެސް ކޮށްލެވިދާނެއޭ. އަދި މިގޮތަށް ވިސްނައިގެން ދޭ ކޮމެންޓަކުން އެ ދުވަސް އެމީހެއްގެ އެންމެ އުފާވެރި ދުވަހަށް ވެސް ވެދާނެއޭ.

3 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅި

06 April 2022

" އަޅުގަނޑު ބުނެލަން ބޭނުންވަނީ މޭކަޕްކުރާ ހިތްވިޔަސް އަދި ނުވިޔަސް އެހެން މީހުންނަށް އިހުތިރާމްކޮށް ހިތްހެޔޮވާން ދަސްކުރައްޗޭ މީހެއްގެ ސިފަޔަށް ކޮމެންޓްކުރުމުގެ ކުރާއިރު. ސަބަބަކީ އެގޮތަށް ވިސްނާނުލައި ކުރާ ކޮމެންޓަކުން އެމީހެއްގެ ދުވަސް އެއްކޮށް ހަރާބު ވެސް ކޮށްލެވިދާނެއޭ. އަދި މިގޮތަށް ވިސްނައިގެން ދޭ ކޮމެންޓަކުން އެ ދުވަސް އެމީހެއްގެ އެންމެ އުފާވެރި ދުވަހަށް ވެސް ވެދާނެއޭ " މިކަން ދަސްކޮށްދީބަލަ މޭކަޕް ކުރާ ކުދިންނަށް

The name is already taken The name is available. Register?

ކަސްޓަމާ

05 April 2022

ވަރަށް ރަނގަޅު ސާރވިސް އެއް ޗޫޓީގެ ފަރާތުން ލިބުނީ... ކަންދިމާކުރި ގޮތުން ބުކިންގވެސް ހެދުނީ ވަރަށް ޝޯޓްނޯޓިސްއެއްގަ، ބަޓް ޝީ ވޯޒް ވެރީ ހެލްޕްފުލް އެންޑް ނައިސް.. އަބަދުވެސް ކާމިޔާބަށް އެދެން..

The name is already taken The name is available. Register?

އަލީ އަލީ

05 April 2022

ވަރަށް މޮޅު ކާމިޔާބައް އެދެން! ހުރިހާ މޭކަޕެއްވެސް ވަރަށް ޗިލް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454