04 އެޕްރީލް 2022 - 13:56
ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، އެ ސަރަހައްދުގެ މަގުތަކުން މިހާތަނަށް އާންމުންގެ 400 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ނާކާމިޔާބުވެ، ކިޔޭވްގެ ރަށްބޭރުން ހިފި ސަރަހައްދުތައް ދޫކޮށް، ރަޝިޔާ ސިފައިން މިހާރު ވަނީ ފަހަތަށް ޖެހިފަ އެވެ. އިރުމަތީ ސަރަހައްދުން ކިޔޭވް ހިފުމަށް ހަމަލާ ދިން ރަޝިޔާ ސިފައިން، ބޮޑެތި ގެއްލުންތަކަކާ އެކު އެނބުރި ދިޔައީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ބަލައިގެންފައިވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ދޮންބާސް ސަރަހައްދަށެވެ.
ހުޅަނގުއުތުރު ފަޅިން ކިޔޭވް ހިފުމަށް މަސައްކަތް ކުރި ރަޝިޔާ ސިފައިން، ބޮޑެތި ގެއްލުންތަކެއް ލިބި ކުރިއެރޭނެ ގޮތެއް ނުވުމުން، އެނބުރި ދިޔައީ ޔޫކްރޭންގެ އުތުރުން އޮތް ބެލަރޫސްގެ ތެރެއަށެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ކިޔޭވްގެ ރަށްބޭރުގައިވާ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ނަމަވެސް، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މައިން ހަރުކޮށްފައި ހުރުމުން، އާންމުން އެނބުރި އައުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އޭގެ އިތުރުން އަސްކަރީ ދަންތުރަތައް ޖަހާފައި ހުރުމުން، އަސްކަރީ ތަޖުރިބާކާރުން އެ ސަރަހައްދުތައް ބަލައި ފާސްކޮށް، ހުރިހާ ނުރައްކާތަކެއް ނައްތައިލުމަށް ފަހުގައި ނޫނީ، އާންމުންނަށް ނުވަދެވޭނެ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
ކިޔޭވްގެ ހުޅަނގުއުތުރުގައި އޮންނަ ބޫޗާ އިން ރަޝިޔާ ސިފައިން ފައިބައިގެން ދިޔުމުން، އެ ސަހަރަށް ވަން ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި، ގިނަ އަދަދެއްގެ އާންމުންގެ ހަށިގަނޑުތައް ބޮޑެތި ވަޅުގަނޑުތަކަށް އަޅާފައި އެބަހުއްޓެވެ. އެ ވަޅުގަނޑުތަކުގައި ބައެއް މީހުންގެ ހަށިގަނޑުތައް ހުރީ އެއްބައި ވަޅުލެވިފައި ކަމަށްވާތީ، އެ ވަޅުތަކަށް އަޅާފައި ހުރީ ކިތައް ހަށިގަނޑުކަން ޔަގީން ނުވާ ކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި، ކިޔޭވްގެ ރަށްބޭރުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދުތަކުން، އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ، ކިޔޭވްގެ ހުޅަނގު އުތުރުގައި އޮންނަ ބޫޗާއަށާއި އިރްޕިންގެ އިތުރުން ހޮސްޓޮލެމް އަށެވެ. މި ހުރިހާ ސަރަހައްދުތަކަކީ ވެސް، ކިޔޭވް ހިފުމަށް ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ވަން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ އަވަށްތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްދިވެހިން
04 April 2022
ދިވެހިންނަށް ވާގޮތަކީ އެމެރިކާ ދެެކެ ރުޅި އަންނާތީ، ރަޝިޔާއިން ކުރާ ކޮންމެ ކަމަކަށް ތާއީދުކުރެވެނީއެވެ. ޔޫކްރޭނަށް ރަޝިޔާ ސިފައިން އިން އަރާ އެގައުމުގެ އާންމުންނާއި ކުޑަކުދިންނެއް މަރާ، ހޮސްޕިޓަލްތަކާއި ސްކޫލްތައް ބޮންއަޅާ ބިމާ ހަމަކުރީމަވެސް ގޯސްމިވަނީ ޔޫކްރޭން ރައްޔިތުންނެވެ. ވީމާ، ނޮވެމްބަރ 3 ގައި ތަމަޅަ ޓައިގަރުން ރާއްޖެ އަރައިގަތުމުން، އެމީހުން ގަޔަށް ބަޑި ޖެހީމަ ގޯސްވާނީ ދިވެހި ސިފައިން ތާއެެވެ. ދިވެހިންނަކީ މޮޔަ ބައެެކެވެ.
އައްޑަނަ
05 April 2022
ފަލަސްތީނުގެ އަންހެނުނާއި ކުޑަކުދިންނަށް ދުވާލުދާ ހަތަރުދަމު ކެނޑިނޭޅި އަނިޔާކޮށް ގެދޮރުން ނެރެނީ އެމެރިކާ އާއި ހުޅަނގުގެ ވާގިވެރިކަމުގަ ވީ އިރު ހުޅަނގުން ހުޅަނގު ކާލިޔަސް ފަލަސްތީނު މައްސަލަ އަހަރުމެނަށް މުހިއްމީ
ޒެރޮނޮސްކީ
04 April 2022
މިއީ ފުއްޕާފަ ނިއުކުލިއަރ ހަތިޔާރު ހުއްޓޭ ކިޔައިގެން އުޅުނު ރަޝިޔާގެ ފެންވަރަކީ. ކުޑަކުޑަ ޔުކުރޭނުއަތުން ތިންސެޓުންވެސް ބަލިވެގެން އެދިޔައީ. އެހެންވީމަ ނެތްފެންވަރު ނުދައްކާނީ.. އިނގިއްޖެތަ ޕޫޓިން
ރަދީފް އޮފްލައިން
04 April 2022
3 ސެޓޭ؟ ނިއުކް ވެސް އެބަހުރި.ކަލޭގެ ޔުކްރެއިން ބޭބެ އަދި އެމެރިކާ ބޭބެ ރޮއެ އާދޭސްކުރަނީ ނިއުކް ބޭނުންނުކުރަން ބުނެ.އެހެންވީމަ 4 ސެޓް 1 ސެޓުން މޮޅުވީ ރަޝިޔާ ބޭބެ.ވ.ވެދުން
އަލީ ސަމީރު
05 April 2022
ޕުޓިން ހީ ކުރީ ސީރިޔާގެ ނިކަމެތިން ބޮލަށް ބޮން އެޅި ގޮތަށް މި ފަހަރު ވެސްމިކންކުރެވޭނެ ކަން
ލާމަސީލު
04 April 2022
ހަތިޔާރު ގެންގުޅޭނީ އާއްމުންތަ؟ އެމީހުންވެސް ހަތިޔާރުން ރަޝިޔާ ސިފައިންނަށް ހަމަލާދިނީމަ އެވާނީ ހަނގުރާމަވެރިންނަށް.
ރަދީފްއޮފިޝަލް
04 April 2022
ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގްކުރާ ބޮޑީ ތަކުން އެކަން ކުރާނެ.ދެފަރާތުން ވެސް (ޔުކްރެއިން އަދި ރަޝިޔާ) ދިޔައީ ހަނގުރާމައިގަ ހައްޔަރުކުރެވޭ ސިފައިން (ޕީއޯޑަބްލިޔު) މަރަމުން.މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
ގަޅިރަދީފް
05 April 2022
ނޫނޭ ނޫނޭ ރަށިޔާއިން ތިޔާކަަހަލަ ކަމެއް ނުކުރާނެ