އެމެރިކާ އިން އިނގިރޭސި ވިލާތް، އޮސްޓްރޭލިޔާ، އިޓަލީ، ނޯވޭ، ތުރުކީ ވިލާތް، ނެދަލޭންޑް، ޑެންމާކް އަދި ކެނެޑާ ގުޅިގެން ތަރައްގީކުރާ އެފް-35 މަރުކާގެ މަތިންދާބޯޓު.
05 އެޕްރީލް 2022 - 12:20
އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް، މިދިޔަ މާޗު މަހުގެ މެދު ތެރޭގައި އެމެރިކާ އިން އަޖުމަ ބަލައިފި އެވެ.
އެމެރިކާ އިން އެ މިސައިލް އަޖުމަބެލީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެންމެ ވަރުގަދަވި ދުވަސްވަރު ކަމަށްވާތީ، ރަޝިޔާ އާއި އެމެރިކާއާ ދެމެދު އިތުރު ނުތަނަވަސްކަމެއް އުފެދުނަ ނުދިނުމަށްޓަކައި، އެމެރިކާ އިން އޮތީ އެކަން ސިއްރު ކޮށްފަ އެވެ. އަދި އޭރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިލާތުގެ ގައުމުތަކަށް ރަސްމީ ދަތުރެއް ކުރައްވަން އޮތުމާ ގުޅިގެން، އެ މިސައިލާ ބެހޭ އެއްވެސް މައުލޫމާތެއް، އެމެރިކާ އިން މިހާތަނަށް އާންމެއް ނުކުރެ އެވެ.
އެމެރިކާގެ ހުޅަނގު އައްސޭރީގެ ސަރަހައްދުގައި މި މިސައިލްގެ އަޖުމަބެލީ، ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓަކުން މިސައިލް ފޮނުވާލައިގެންނެވެ. މަތިންދާބޯޓުން ވަކިކޮށް ވައިގެ ތެރެއަށް މިސައިލް ދޫކޮށްލުމާ އެކު، އޭގައި އަޅާފައިވާ އިންޖީން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޮޓަމެޓިކުން ސްޓާޓްވެ، ބާރު ސްޕީޑްގައި ދުއްވައިގަނެ އެވެ.
މި މިސައިލްގެ އަޖުމަބެލުމާ ބެހޭ މައުލޫމާތު އެނގި ހުރި، އެމެރިކާގެ އޮފިޝަލުން ސީއެންއެން އަށް ބުނި ގޮތުގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ދަތުރު ކުރީ، 65،000 ފޫޓު އުހުން، 300 މޭލު ދުރަށެވެ. އެ މިސައިލް ގަޑިއަކު 3،800 މޭލު ބާރުމިނުގައި (އަޑަށް ވުރެ ފަސް ގުނަ ބާރަށް) ދަތުރުކޮށް، ފަސް މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 300 މޭލަށް ދަތުރުކުރި އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން މި މިސައިލް އަޖުމަބެލީ، ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ ހުޅަނގުގައި ހުރި ހަތިޔާރު ގުދަނަކަށް ހަމަލާ ދިނުމަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ، ކިންޒަލް މިސައިލް ރަޝިޔާ އިން ބޭނުންކުރިތާ ދެތިން ދުވަސް ފަހުންނެވެ.
އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ބޭނުންކުރި ކަމަށް ރަޝިޔާ އިން އެއްބަސްވުމުން ވެސް، އެމެރިކާ އިން އެކަމަށް މާ ބޮޑު ރައްދެއް ނުދެ އެވެ. އެމެރިކާ އިން ބުނެފައިވަނީ، އެފަދަ މިސައިލެއް ބޭނުންކުރުމުގެ މާ ބޮޑު ބޭނުމެއް ނުފެންނަ ކަމަށާއި، އަދި އެފަދަ މިސައިލް ބޭނުންކުރަން ފެށިޔަސް، ހަނގުރާމައިގެ ވައްޓާފާޅި އަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށެވެ.
ރަޝިޔާގައި އުފައްދާފައިވާ ކިންޒަލް މިސައިލަކީ ވެސް، މަތިންދާބޯޓުން ފޮނުވައިލާ ގޮތަށް އުފައްދާފައިވާ، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
05 April 2022
ރަޝިޔާގެ ހަތިޔާރު ފެނި ދުނިޔޭގައި އެއަށް ޑިމާންޑް ބޮޑުވާތީ ދައްކާވާހަކަ. ކިތަންމެ ބާރަށް ދަތުރުކުރިއަސް ހޮނުން ރައްކާތެރި ވާނެ ފިޔަޅު އަޅާފަހުއްޓަސް ﷲ އިރާދަފުޅުކުރިމަތީ ގަދައެއް ނުހެދޭނެ.
މުދިންބެ.
05 April 2022
ކަލޭމެންގެ މަސައްކަތަކީ ހަތިޔާރު އުފައްދާ ދުނިޔެ ފަސާދަކޮށް ލޭ އޮހޮރުވުންތައް ހިންގުން. ﷲ އިންސާނުން ބިމުގައި ލެއްވީ ހަނގުރާމަކޮށް ލޭ އޮހޮރުވާކަށް ނޫން. އަދި މި ދުނިޔެ ޕީސްފުލް ތަނަކަށް ވާނެ.
ބޮޑިބ
06 April 2022
ލޭނުހޮރޮވާ ބަޔަކު އެބަތިބިތަ . ކޮންމެ ބަޔަކުވެސް އާރާއި ބާރުގައި އޮންނައިރު ކުދި ގަބީލާ ތަކަށް ގޮތްބަދަލުބކުރަން ސިޓީއެއް ފުނުވާފަ އިޖާބަ ނުދީފިއްޔާ އަރާ ތަޅާލައި އަންހެނުން ތައް ވެސް މިލްކު ކޮށްލަނީ.
ކޮރަލް
05 April 2022
އެފް މަރުކާގެ ބޯޓް ތައް ހަދަނީ ގައުމުތައް ގުޅިގެންނެވެ. ޢެކަމު އެބޭނުން ކުރެވެނީ ހަމަ އެކަނި އެމެރިކާ އަދި އިޒްރެލް އަށެވެ.
އަފްރާސިޔާބު
05 April 2022
އަނެއްކާ އަނެއް ދޮގު. އެމެރިކާއަށް އެއްޗެއް ހަދައިގެން ރަނގަޅަށް ގޮއްސިއްޔާ އެކަމެއް ޓީވީތަކުން ދައްކައި ނޫސްތަކުގައި ލިޔެ ހޯބޯ ލަވާނެ. ވޭތުވެދިޔަ ހައެއްކައަހަރު ތިހެން ޓެސްޓް ހަދަދައި ތިބެނީ. މިހާރު ތިބުނީ މާރޗްމަހުގެ ތެރޭގައި ކާމިޔާބު ކޮށްފީމޭ ސިއްރުކޮށްގެން މިތިބެނީ ރަޝިޔާ ރުޅިއަތުވެދާނެތީއޭ. މިހާރު ތިވާހަކަ ތިދެއްކީ ރުޅި ނާންނާނެކަމަށް ޔަގީންވާތީތަ؟ ތިވެސް ރަޝިޔާ ބިރުގަންނަވާނަމޭ ހިތާ ދައްކާ ހޮޅިވާހަކަ.
ރަދީފްއޮފިޝަލް
05 April 2022
ފަހުގެ ޓެކްނޮލޮޖީގަ ދުނިޔެ ދަނީ ވަރަށް ބާރަށް ކުރިއަށް.އެެމެރިކާގެ ތިޔަ މިސައިލް އެއީ ކާމިޔާބް އެއްޗެއް ނަމަ ތިކަމަށް ގޮންޖަހައި މިސައިލް އުފެއްދުމުގެ ރޭސް ފުޅާވުން ނޫން ކަމެއް ނުވާނެ.މިކަމުން ދުނިޔޭގެ މަސްލަހަތު ގެއްލި އިތުރު ހަމަނުޖެހުން ހިނގާނެކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނޭ.ވ.ވެދުން
ބުޗާ
05 April 2022
ރަދީފްއަށް އެނގޭތަ މިޒާތުގެ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްއެއް އިހަކަށް ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭންއަށް ހަމަލަދޭން ބޭނުންކުރިކަމަށް ރަޝިޔާ ސަރުކާރުން ބުނިކަން؟ އެެއީ މިހާރު ޖެހިގެން މިއުޅޭކަމަކީ!
އަބޫބަކުރުބެ
05 April 2022
މިމީހުން ކޮންމެއެއްޗެއް ޓެސްޓުކުރިޔަސް އެކަކުވެސް އެކައްޗެކޭވެސް ބުނެގެންނުވަަނެ.
އަބޫބަކަރި
05 April 2022
ކަލޭމެން ކަހަލަ ތުންތަޅުވާ ބައިގަނޑަށް އެއްވެސް އެއްޗެއް އީޖާދުކޮށް ޓެސްޓުކުރެވޭނެ ފެންވަރެއްނެތް.
އަބޫ ޖަހުލުއްލާ
05 April 2022
ތުންތަޅުވާ ބައިގަޑޭ؟ ހަހަހަ ތެދެއް ތިއީ!!