07 އެޕްރީލް 2022 - 09:36
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުން ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކުލި ދެއްކުން މިހާރު ވެސް ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓުތަކުން މި މަހުން ފެށިގެން ކުލި ނަގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައި ވަނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ހަވާލުކުރުމުން ގިނަ ބަޔަކު ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައިގެން އެތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ލޯނެއް ލިބޭނެ އިންތިޒާމެއް އެ ފަރާތްތަކަށް ހަމަޖައްސާދީފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19 ގެ ތަދުމަޑުކަމުން މާލީ ގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާ އެކު ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީ ގޮތުން ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ
ކުލި ނުދައްކައިފި ނަމަ ޖޫރިމަނާކުރަން އެޗްޑީސީން ނިންމުމުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
"...ހިޔާ ފްލެޓުތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ޕީއެންސީގެ ޕީޖީ ލީޑަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.
ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ހަތަރު މަހުގެ މުއްދަތެއް ދިނުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ނަގަން ފެށުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލު ނުވުމާއި ފިނިޝިން ނުނިމޭތީ އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިދިޔަ މަހާ ހަމަޔަށް ކުލި ނުނަގާ ގޮތަަށް ނިންމީ އެވެ.
Ramadan mahaa dhimaakoh, Hiyaa Flat thakun kuli negumakee nikamethi, fageerunnah varah dhathikameh. Hiyaa flat thakuge kuli negun 3 mas dhuvahah faskohdhevvumah ilthimaas kuran. Miee flat thakufai dhiriulhey gina baehge aadheys. Sarukaarakah miee varah kuda kameh! pic.twitter.com/2fA98eVQ6n
— Adam Shareef Umar (@Adamshareefz) April 6, 2022
އެކަމަކު މި މަހު އެކަކުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިހާރު 3،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. ނަމަވެސް ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ކުލި ކުޑަ ކުރުމަށް ގޮވާލަމުންނެވެ. އެކަމަށްޓަކައި 1،500 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން މާކުރިން ނިންމާފައިވާ ކަމަށާއި އެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްލި
09 April 2022
މެމްބަރުން މީހާ ގަމާރުވީމަ ކަމަކުނުދާނެ، ފްލެޓްގެ ކުއްޔޭ ކިޔައިގެން ވާހަކަދައްކާއިރު، ދައްކަނީ ކުއްޔެއްނޫންކަން އެއީ ތަނަށް ދައްކަންޖެހޭ އަގުގެ ބައެއް ކަން އެގެން ޖެހޭނެ. އަގު ހަމަ ވީމާ ދެން ކިތަންމެ ޒަމާނެއް ވިޔަސް އެންމެ ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ. އަދި ވިއްކާލަން ބޭނުން އަގަކަށް ވިއްކާވެސލެވޭނެ.
އަލީރާޖާ
08 April 2022
މިއި ދެން ކިހާ ބޮޑު ވެއްޖެ ކަމެއްތަ؟ މި ނޫނީ ރާއްޖޭގަ ތަނަކަށް ކުއްޔެއް، ބިލަކަށް ފައިސާއެއް، ދައްކާޖެހޭ އެއްވެސް ބަޔަކު ނެތީތަ؟
އޮނަރަބްލް އަފީފު ދީދީ
08 April 2022
ފުލެޓްލިބުނު ކ.އަތޮޅު މާލޭމީހުނާއި (ދަފުތަރަކީވެސް ޤާނޫނީގޮތުން މާލޭގެރަށްވެހިން) އެޗްޑީސީ އަދި ސަރުކާރުންވެސް ދައްކާވާހަކައިގެސަބަބުން ވަރަށްބޮޑެތި އޮޅުންއަރާ މުސްތަޤުބަލުގައި މިތަނުގެމައްސަލަތަށް ކޯޓާއިހަމައަށް ހިގައްޖެނަމަ ފުލެޓް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކާއި އެޗްޑީސީގެ މުއާމަލާތް ތަކުގައި ބޭނުންކޮށްފައިހުރި ބަސްތަކުގެ ސަބަބުން ޤާނޫނީ އެތައް މައްސަލަތަކަކާއި ކުރިނަތިލާންޖެހޭނެ. "ތިތަން ދީފައިވަނީ ކުށްޔަށްނޫންކަން" އިގޭނެ އެދުވަހަކުން.
ޗިން
08 April 2022
އެހެންނޫނީ ދަތްދޮޅި ދުއްވާލަން ޖެހިދާނެ ދެއްތޯ؟
އާރު ޓީ ގޮލާ
07 April 2022
މި ނުހެދިގެން މި އުޅެނީ މާލޭ މީހުނަށް. 2 އަހަރު ދިނަސް ތިތާ މުށި ނުޖެހޭނެ ތި ގުރޫޕަށް. ހަދާފަ ހުރި ތަނެއްގަ ދޮރެއް ލާނެ ވަރެއް ނެތް ބަޔަކު ގޯތި ގޯތި މި ކިޔަނީ. ގޯތި ދިނީމަ ހެދޭހޭ.
އެއްވެސް ކުޅަނދެއްނެތް.
08 April 2022
މާލޭ ގޮލާމެން ފުލެޓާއި ގޯތި ހޯދަނީ އެމީހުން ވަންނާނެ ތަނެއް ނެތިގެން ނުވަތަ ދިރިއުޅޭނެ ތަނެއްގެ ބޭނުމަކުނޫން. ކ.އަތޮޅު މާލޭ މީހުން އެމީހުންގެ ރަށުން ބިމާއި ފުލެޓު ހޯދަން އުލެނީ ކުއްޔަށްދީގެން އާމްދަނީ ހޯދަން. އެމީހުނަށް ފުލެޓް ދިނުމުގެ ބަދަލުގައި ސަރުކާރުން ދޭންވީ 1000 ޑޮލަރު. އޭރުން ހެވިފައި ތިބޭނެ.
ލީލާސް
07 April 2022
ހިޔާ ފްލެޓް ކިޔާތަ ނުނިންމާ ހުރި ގޮޅި ތަކަކަށް.. ރައްޔިތުން ލޯނު ނަގައި ދަރަނިވެރި ވެގެން ފްލެޓަކަށް އެތަން ހެދީ.. ސެޕްޓެމްބަރު މަހުގައި ކުލި ދައްކަން ފަށަން ބުނި އިރު އެތަނުގެ ތަޅުދަނޑި ހަވާލު ކުރީ އޮގަސްޓު މަހު.. ކޮޓަރިއެއް އަދި ފާހާނާ އެއްގެ ދޮރެއްނެތް.. ޓައިލްސް އެއް ނުޖަހާ.. މިކަހަލަ ތަންތަނަށް ސޯޝަލް ހައުސިން އޭ ނުކިޔޭނެ. ވ.ސަލާމް
ރެޓޭ
08 April 2022
ސޯސަލް ހައުސިންގ ގެ މާނަ އޮޅިގެން ތިޔައުޅެނީ!
ޗީޓާސް
08 April 2022
ތިއީ ރަން ފަސްއަހަރުގައި ރައްޔިތުންނަށް ވެދުންކުރެވުނު ގަނޑުވަރުތައް. އޭގެން އެނގެނީ އެމީހުން ރައްޔިތުން ވަޒަންކުރިގޮތް.
ފެއިލް
07 April 2022
ރާއްޖޭގަ ތިތާނޫނީ ބަޔަކު ނޫޅެނީތޯ. ތި ހިޔާފުލެޓުގަ މިހާރުވެސް ކުލިދައްކައިގެން ކުއްޔައް އުޅޭމީހުން ގުނައީ. މަހަކު 12000 ދައްކައިގެން މި ަުޅެނީ. ޑިސެމްބަރު މަހުން ފެށިގެން ކުލި އެބަދައްކަން. ތިތާވެރިންނައް. އެކަން މަޖިލީހަށާ ރައީސް އައް އަދި އެޗްޑީސީއައް ނޭގެނީތޯ. މަޖިލިސް މެމަބަރުން ނިކުމެ ފުރަތަމަ ބަލަންވީ ތިތާ ކުއްޔައް އުޅޭ މީހުން ކުލި ދައްކައިގެންތޯ ތިބީ. އިތުރައް މުއްދަތު ދޭނެކަމެއްނެއް. ސަރުކާރުން ތިތަން ދިނީ ކުލިދެއްކޭވަރު މީހުން ބަލައިގެންނޯ. އަސްލަމްވެސް ކުރިން އެހެން ބުނި. މިހާރު ހަހަރުދުވަސް ވަނީ ހިލޭ ސާބަހައް އުޅޭތާ. ތީ ބޮޑު ގޯހެއް.
ބެލެންސް ޝީޓު
07 April 2022
ކީއްތޯ ވާނީ މަޖިލީސް މެންބަލުންކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށްލާފަ، މުސާރައިން ތަންކޮޅެއް ލާފަ، އެބައި ހަމަޖައްސާލަދިނިއްޔާ. ގައިމު ލޯނަށް ދައްކަންޖެހޭ އެއްޗެއް ފަސްނުކުރެވި، އެ ލޯނު ފުއްދަން އަތުލަންޖެހޭ އެއްޗެއް ނުހޯދުމަކީ އެހެން މީހުނަށްވެސް ބޮޑު ބޭ އިންސާފެއް. އަނެއްކާ ލޯނު ނުދެއްކިގެން ތިޔަ ތަން ހުސްކޮށް ނީލަމަށްލާން ނުޖެހުނިއްޔާވާ ރަނގަޅު
ޢާދަނުގެ ބޭބެ
07 April 2022
ޢާދަނާ ނުނިންމާ ތަން ހަވާލު ކުރިއްޔޭ ބަނޑެކޭ ކިޔާނެ ކަމެއްނެތް. ކަލޭމެން ކެއްކި ކަނދިގަޑު އެއީ
މަހަލްދީބް
07 April 2022
ކޮންމެ ރޯދަ މަހަކާ ދިމާކޮށް އާދައިގެ މަތިން ތަކެތީގެ އަގު ވަރަށް ބޮޑު ތަނުން އުފުލިގެންދޭ. މިކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރޭ. ރޯދަ މަހުގެ ކަރަންޓް އަދި ފެންބިލް ސަރުކާރުން ދައްކާ ދޭގޮތަށް ހަމަޖައްސަން މެމްބަރ ޝަރީފް ހުށަހަޅާއި ދިނުން ވަރަށް އެދެން. މިކަމުން ފައިދާ ވާނެ ހުރިހާ ނިކަމެތި ފަޤީރުންނަށް ވަކި ތަނެއްގަ ދިރިއުޅޭ ބަޔަކަށް އެކަނި ނޫން.
އެހީތެރި
07 April 2022
ފަގީރުން ރަޖިސްޓްރީކުރާ ދަފުތަރެއް އޮވޭ. އޭގައި ރަޖިސްޓްރީވާ މީހުންނަށް ސަރުކާރުން ވެދެވެންއޮތް އެހީތެރިކަމެއް ވެދިނުމަކީ އަހަރެންވެސް ތާއީދުކުރާކަމެއް. އެކަމަކު އެއީ އެފަރާތްތަކައް ލިބޭ އާމްދަނީއެއްކަމަށް ބަލައިގެން ނުވާނެ. އެނޫންގޮތެއް ހޯދޭތޯ މަސައްކަތްކުރަންވާނެ.
ނވރ19
07 April 2022
އެހީތެރި؛ ހިޔާ ފްލެޓްގަ އެކަނިތަ ނިކަމެތި ފަގީރުން ދިރިއުޅެނީ.؟ މެމްބަރު ޓްވީޓްގަ ބުނަނީ އެހެން. އެހީތެރި ހިޔާ ފްލެޓްގަ ތިބި މަހުން މަހަށް ޕޭމަންޓް ނުދެއްކޭ އެންމެން ފަގީރުންގެ ލިސްޓްގަ ޖައްސަ ދޭން ވީނު. މާ ފުދިގެން އުޅެވޭ މީހަކަށް ވަނީނަމަ މައިތިރި ވެގެން ކޮންމެސް އެހެންކަމަކާ އުޅެބަލަ.
ރުޅިގަނޑު
08 April 2022
ނަންނުގަތީގެ ނަމެއްވެސް ނެތެއްނު. ފަގީރުންގެ ދަފުތަރާއި ހިޔާ ފުލެޓަކާއި އެއްވެސް ގުޅުމެއް ނެތް. އެހެން ނަމަވެސް އެދަފުތަރަކީ ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރާކަމެއް. އައިރުޅީގައި ލިޔެވުނު ނުލިޔެވުނެއްވެސް ނޭނގުނީތޭ. އެއްކަލަ މޮޅު ހަޖަމްބޭސް ބޯލަންވީނު.