ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވީ ގޯއްޗަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައި އެކަން ޖޫން ހިސާބުގައި އިއުލާނުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައި: ހުޅުމާލެއިން ގޯތި ދޭނީ ދެވަނަ ފިޔަވަހިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އެޕްރީލް 2022 - 15:56
ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން ހިސާބުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ގޯތި ދޭން ނިންމާފައިވާކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މާލޭ މީހުންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދޭނެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޖޫން ހިސާބުގައި ގޯއްޗަށް ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ގޯތި ދެއްވަން ރައީސް ހަމަޖައްސަވާފައި އޮތީ. އެހެންވީމަ އެކަން ވެސް ހިނގާނެ. އަޅުގަނޑަށް ހީވަނީ ޖޫން ހިސާބުގައި ރައީސް އިއުލާންކުރައްވާނެހެން ގޯއްޗަށް،" މާބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.
މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން--
މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ބޮޑުވި އެވެ. އޭގެ ފަހުން މާލޭ މީހުންނަށް ގޯތި ދޭނެ ގޮތުގެ މައުލޫމާތު ސަރުކާރުން ހާމަކުރިއިރު ގޯތި ދޫކުރާނީ ހިލޭ ކަމަށް ރައީސް ވިދާޅުވެ އެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައިފައެއް ނުވެ އެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ގޯތި ދޫކުރުމުގައި ބަލާނީ ހަތަރު ޝަރުތަކަކަށެވެ. އެއީ މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުމާއި އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުމާއި އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުމާއި ދަފްތަރަށް އުފަން މީހަކަށް ވުމާއި މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހަކަށް ވުމެވެ.
މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމމމމމމމމމމމމމ
11 April 2022
1. މާލެ އިއްޒައްތެރި ބޭފުޅުން. 2. ރާއްޖެތެރޭ މީހުން.
ވޯޓަށް
10 April 2022
މިއީ ވަރަށް ދެރަކަމެތް. މިމާލޭގައި ކުލީގެ އަޅުވެތިކަން ދަމަހެއްޓުމަށް ކޮންމެ ސަރުކާރަކުންވެސް މި މަސައްކަތްކުރަނީ ރައްޔިތުންގެ ޓެކުސްފައިސާއިން ބިންހިއްކާފަ، މާލެމީހާގެ ޖީބު ބަރުކުރެވޭތޯ، ކުލީގެ އަޅަކަށް ރާއްޖެތެރޭމީހާ މިހަދަނީ،މާލޭ މީހުންނަށް ބިންދޭންވީމަ، ޤާނޫން އަސާސީއަށް ބެލުމެއްވެސް ނޯވޭ. މާލޭގައި ކުއްޔަށް އުޅޭމީހުން ވެއްޖެ މިކަމާ އިދިކޮޅަށް ތެދުވެ، ދާއިމީ ހައްލެއް ލިބޭތޯ މަސައްކައްކުރަން
ސިމްޕަލް
10 April 2022
މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި. މާލެ ނޫން ކޮންމެ މީހަކަށް، މާލޭ މީހުންނަށް ދޭ ބިމުގެ އަގަށްވާ 10 މިލިއަން ރުފިޔާ. #ގޯތީގެއިންސާފު
4444444
10 April 2022
އެގައުމެއްގަ ދިރިއުޅޭތާ ވަކި އަހަރެއްވީމަ އެގައުމެއްގެ ސިޓިޒެންއަކަށް ވެގެންދޭ އެހެން ގައުމުތަކުގަވެސް.. ކ.މާލެ މީ ރާއްޖެ ކީއްކުރަން ދުނިއެންވެސް ބޭރުގައޮތް ރަށެއް
އޮނަރަބްލް އަފީފު ދީދީ
10 April 2022
ކ.އަތޮޅު މާލޭމީހުނަށް "ބިންދޭށޭކިޔާފައި ދޭންއުޅެނީ ބިމެއްނޫންކަން" ވެރިކަމުގައި ތިބިމީހުނަށް ރަނގަޅަށްއިގޭ. # ރާއްޖޭގެ އާބާދީގެ 3 ބައިކުޅަ 2 ބައިމީހުން ބިކަކޮށްލާފައި މާލޭސަރުކާރުން ވޭތުވެދިޔަ 60 އަހަރު ދައުލަތުގެ ޙަޒާނާ ތަޅާ ބުރުއްސާލީ މާލެއަށާއި މާލޭގެ ބިންވެރިންނަށް. # މީހުން އެވާހަކަދައްކާތީ މިހާރު މިކުރާކަމަކީ ނަމުގެކުރިއަށް "ޤައުމީ" ނުވަތަ މޯލްޑިވްސް ލާފައި ދައުލަތްދަރަނިކޮށް ލޯނުނަގައި އެފައިސާ މާލެއަށާއި މާލޭގެބިންވެރިންނަށް ހޭދަކުރުން.
މާލޭ ބިން
10 April 2022
ޢަސްލުގަ ގޯހެއްމީ. ޥޯޓް ކޮޅުހޯދަންވެގެން ހިނގާޖަރީމާއެއް. ޑިވެހި ދައުލަތައް ލިބޭ ލާރި ޚަރަދުކޮންގެން ބިން ހިއްކައްޏާ ކޮންމެ ދިވެހި ދަރިއަކަށްވެސް ގޯތި ދޭންޖެހޭނެ. މާލޭމީހުންނަށް ގޯތިދޭން މާލޭސިޓީ ކައުންސިލަށް ލިބޭ ލާރިން ބިންހިއްކައިގެންދީ.
ޖޯޖް
10 April 2022
ކަލޭ ރަށުގަބިން ހިއްކާ ބޮޑުހިލަ ޖަހާ ފުލެޓު އަޅާފައެހެރީ ރަށު ކައުންސިލުންހޯދި ލާރިން ތަ
މަރިޔަންމާ.
10 April 2022
މިތަނުގައި ކޮމެންޓްކުރާ ކުދިން ހާދަ ވަރަކަސް ކ.އަތޮޅު މާލޭ މީހުން ބޭޒާރު ތިކުރަނީ. ބަލަ އެމީހުންގެ ރަށުން އެމީހުނަށް ގޯތި ދޭން ސޯލިޙްގެ ސަރުކާރުން އުޅޭތީ ތިވަރަށް ކަންބޮޑުނުވެބަލަ. އެތަންތަން ލިބުނީމަ ހަމަ ކަލޭމެން ކުދިންނަށޭ އެމީހުން އެތަންތަން ކުއްޔަށްދޭނީ.
މިހާރުނޫސް ކިޔާ މުޤައްދަސް ރަށުގައި ދިރިއުޅޭ ބީރައްޓެއްސެއް.
10 April 2022
އަޅުގަނޑަކީވެސް މާތްވެގެންވާ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭގައި އުޅެމުންދާ 'ކުލީ އަޅެއް' އިގޭތޯ. އެކަމަކު ވަގުތު ލިބޭވަރަކުން ނޫސްކިޔާތީ މިއިންޒަމާނަކު ނުފެންނަވަރުގެ ހަބަރެއްކަމުގައި މި ޙަބަރު ވެއްޖެކަމަށް ހީކުރެވިގެން ހަމަ ކޮމެންޓެއްކޮށްލީ. ލިއުމަށް 24 ގަނޑި އިރު ނުވަނީސް ކޮމެންޓް ތަކުގެ އަދަދު 200 އާއި ގާތްކޮށްފި. އަދި އެހާމެ ޖޯޝާއި އެކުގައި ކުދިން އެބަ ކޮމެންޓް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
10 April 2022
ބޯހިޔާވަހިކަމުގެ ޤާނޫނެއްހަދާ "ތަފާތު ކުރުމެއްނެތި" މިޙައްޤު ހުރިހާ ރައްޔިތުނަށް ކަށަވަރުކޮށްދޭންޖެހޭ. # މިގޮތުން ފުރަތަމަ ފުލެޓް ނުވަތަ ގޯތިން ޓެކްސްފުރީކޮށް އޭނާހޯދާ 2 ވަނަ ފުލެޓާއި ގޯތިން %50 ޓެކްސް އަދި 3 ވަނަ ގޯއްޗާއި ފުލެޓުން ނުވަތަ އެއަށްވުރެން އިތުރަށްހޯދާ ގޯއްޗާއި ފުލެޓުތަކުން %100 ޓެކްސް ދައުލަތަށް ނަގާގޮތަށް އަވަހަށް ޤާނޫނު އިސްލާޙް ކުރޭ. ކީއްވެ ކ.އަތޮޅު މާލޭ މެންބަރުން މިކަމަށް އިސް ނުނަންގަވަންވީ؟ މާލޭ މީހުންގެ ޙައްޤުގައި މިކަންކުރޭ.
ޔޫސޭ.
10 April 2022
ނަސްލީ ތަޅާފޮޅުމަކަށް ނުދަނީސް ސަރުކާރުން މިކަމަށް އެއްޗެއް ބުނާކަށް ނުވޭތަ ؟