ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
08 އެޕްރީލް 2022 - 23:01
ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކެއުންބުއިމާއި ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ހާއްސަކޮށް، ރާއްޖޭގައި ކެންސަރު ބައްޔަށް ހުށަހެޅޭ ސަބަބުތައް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ދިރާސާކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ އެ ކަންކަމަށް ފަރުވާ ބަހައްޓާ އަދި ޕެންޑެމިކްތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމުގައި ވެސް 'ރެޒީލިއަންޓް' ބަޔަކަށް ހެދުން،" ޣިޔާސުއްދީން ސްކޫލްގައި ބޭއްވިި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާ ގައުމީ ސްޓްރެޓެޖިކް ޕްލޭން އަންނަ ޖޫން މަހުގެ ތެރޭގައި ލޯންޗުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑްރަގާ ގުޅޭ ދިރާސާ ވެސް ހަދާފައިވަނީ ޑަބްލިއުއެޗްއޯގެ އެހީގަ އެވެ.
ކެންސަރު ބައްޔާ ގުޅޭ ދިރާސާ ކުރަން ފެށިއިރު، ރާއްޖޭގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު، ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބުން ޖެހެނީ ރާއްޖެއިން ބޭރަށް ދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
09 April 2022
ބޮންދު އަތައް ކެމިކަލް ފުޅިއެއް ދީފަ ގަސްހައްދަން ބުނީމަ ހޭވެރިކްންވެސް ނުހުރޭ. ބަލާނެ މީހަކު ނުހުރޭ. އެގްރިކަލްޗަރ މިނިސްޓްރީ އިންވެސް ބަލައެއް ނުލާ. ހެލްތު މިނިސްޓްރީއިން ދުނިޔޭގެ ސިއްޚަތު ދުވަހާ ދިމާކޮއް ހެޔޮވަރުގެ ކަރައެއް ފަޅާލީ. ކަންނިމުނީ. ވަރައް ވެދުން
އާލަމް1
09 April 2022
ޙުރިހާވެސް މައްސަލައަކީ ގޮތްނޭގޭ ތަފާތު ކެމިކަލް އަޅާފައިހުންނަ ރީތިވުމަށް ބޭނުންކުރާ ސާމާނު ސެކުޝުއަލް އެންލާޖްމަންޓް އާއި އެންހޭސްމަންޓް! ޢިތުބާރު ނުހިފޭ ރެޖިސްޓަރ ނޫން ފަރާތްތަކުން އޮންލައިން ޕޭޖް އަކުން އެއްޗެއް ފެންނައިރަށް ގެނެސް އުނގިޅާ ކައިބޯހަދަނީ މިފަދަ އެއްޗެތި އެތެރެކުރުން ހުއްޓުވީމަ %80 ތިކަން ދައްވާނެ ބޮޑުކުރަން ކުލަބަދަލުކުރަން ގިނައިރުކުރަން ހިކެން މި ބޭނުންކުރާ ގިނަ ތަކެއްޗަކީ ހެލްތް ހުއްދަ ނުކުރާ މިންގަނޑު ތަކަަށް ހުންނަތަކެތި
އައިމީ
09 April 2022
މިތާ އުފައްދާ އެއްޗިއްސާ ބޭރުން ގެންނަ އެއްޗެހިވެސް ކޮލެޓީގެ ކަންފުޅެއްވެސްނެތް. ބޭރުން ކެޔަސް ގެއިން ކައްކައިގެންކެޔަސް ސަލާމަތެއްނެތް. ފައިސާއަށް ބޫތުކައިގެން ތަކެތި އުފައްދާ ނުނީ އެތެރެކުރާ މީހުން ކެންސަރާ ދޭތެރޭ ވިސްނާކަށް ބޭނުމެއްނުވޭ. މޮނީޓާކޮށް ފިޔަވަޅު އަޅާނެ ބަޔަކުނެތްތަނެއްގަ ކީކޭ ދެން ކިޔަންއޮތީ؟
ޑާޑި
09 April 2022
ރޭޑިއޯ ފްރެކުއެންސީ ރޭޑިއޭސަން. މާލޭގެ 10ބުރި އިމާރާތް ތަކުގަޔާ ހޮޅިދަޑިތަކުގައި ވަރަށްކާރި ކާރީގައި ހުރޭ ޓްރާންސްމިޓަރ ހަރުކޮށްފައި. މިފަދަ ޓްރާންސްމިޓަރ ތަކަކީ އެތަކެތިހަރުކުރެވިފައިވާ އެންޓަނާތަކަށް ވެސް ހާއްސަ ކުރެވިފައި ވާ ޕްރޮޓެކްޓިވް ކްލޯތިން ލައިގެން ނޫނީ އެރުން މަނާތަކެއްޗެވެ.
ޝިޔާމް
09 April 2022
ނަސީމު މީގައި ހުރި ކޮމެންޓްތައް ކިޔާލާ. އޭރަށް ދިރާސާނުކޮށް ބޭކާރު ލާރިއެއް ހަރަދު ކުރާކަށް ނުޖެހޭނެ.
ބޮޑުމީހާ
09 April 2022
އިދާރާތަކަށް ރޭކާލަނީ އެތައްބަޔަކު މަރުވެ ނިމިދާފަހުން. ކިޑްނީ، ހިތުގެ ކެންސަރު މީހުސް ދިރާސާކުރަންޖެހޭ ކަންކަން. މާލޭގަ މިއުޅޭ މާހައުލުގެ ސަބަބުންވެސް އެތައްކަމަކަށް މަގުފަހިވޭ
ހަމް77
09 April 2022
1)ކޭފެ ތަކުގަ ހެދިކާ ތެލުލަނީ ރިސޯޓުތަކުން އުކާލާ ތެޔޮ ތިލަފުށީ ޕެކްކޮއްގެން ގެނެސް. ތެޔޮ އެންދިވަރަކަށް ކެމެކަލްސް ބޭރުވާނެ. 2) ޢަވީގަ ފްލާސްޓިކް ފެންކޭސް ޖަހާފަ ބަހައްޓާ. ÷މިއީ ބޮޑު ގޯހެއް. 3) މާލެ ސިޓީގެ ވައި ތަގައްޔަރުވުން. ތެޔޮ އަންދައިން ދުއްވާ އެއްޗިސް މަޑުކޮއް އިލެކްޓްރިކް ވެހިކަލް އައް ފުރުސަތުދީ.
ޙަމްތުމް
09 April 2022
މިއީ ވަރަށް ބޮޑު ތެދެއް! އަދި މިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް!
އާދަނުގެބެ
09 April 2022
ސިނގިރޭޓު ދުމަކީ ވަރަށް ބޮޑު ސަބަބެއް. ސިގިރޭޓު ނުބޯ މީހުންވެސް މަގުމައްޗަށް ނިކުމެއްޖިއްޔާ އޮންނަނީ ސިގިރޭޓު ދުންގަޑު ތެރެއަށް ނިކުންނަން ޖެހިފަ.
އާލަމް1
09 April 2022
މިހާރު ބޭނުންކުރުން ހައްދުން ނެއްޓިފައިވާ ވޭޕް އަކީ ސިގެރޭޓްއަށްވުރެން ނުރައްކާ އެއޗެއްކަން އެނގިތިބެ ހެލްތުން އެކަމަށް އެއްވެސް ފިޔަވަޅެއނާލާ ގެންނަވަރަކަށް ދޫކުރަމުން ދަނީ ޓޮބޭކޯ ކޮންޓޮރޯލް ޤާނޫނު އާއި ޤަވައިދު އޮތްތަނެއް ދަންނަ ވެރިއަކު ނެތް ބާ ކާރުތަކަށް ހެދޭނެ ގޮތެއްނެތް މިހެންގޮސް ނޫން އެއްކަމެއްނެތް
އެޑްމުންޑޯ
09 April 2022
ރާއްޖޭގެ 90 ޕަސެންޓް މީހުންގެ ދިރިއުޅުމުގެ އާދަތަށް ހުންނަނީ ކެންސަރަށް މަގުފަހިވާގޮތަށް ، ކެއުން ބުއިމާއި ދުއްވާ އެއްޗެހީގައި ނޫނީ ތަންތަނަށް ނުދިއުމުާއި ވައްތަރުވައްތަރުގެ ބަންދުކުރި ކާނާ ތަކާއި މިކަހަލަ ކިތަންމެ އާދތަކެއް ،
ޙިނި
09 April 2022
ކެންސަރު ޖެހޭ ރާބޯ މީހުނަށާ ސިންގިރޭޓު ބޯމީހުނައް، އަދި ކެންސަރު ބަލި ޖެހުމައްފަހު އޭތި ބޮޑުވެ ފެތުރެން ބޭނުންވާ ހަކަތަ އަކީ ހަކުރާއި ،ގުލްކޯޒް ( ކާބޯޙައިޑްރޭޓްސް)