ޚަބަރު / ހެލްތު މިނިސްޓްރީ

ކެންސަރުގައި 2020 ވަނަ އަހަރު 100 އަށް ވުރެ ގިނަ މަރު!

ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ކެންސަރު ސެންޓަރުގައި ބަލި މީހަކަށް ފަރުވާ ދެނީ.-- ފޮޓޯ: އަވްޝަން އިލްޔާސް/ މިހާރު

ކެންސަރުގެ އެކި ބަލިތަކުގައި އެކަނިވެސް 2020 ވަނަ އަހަރު ރާއްޖެ އިން 100 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ތަފާސްހިސާބު ރިޕޯޓުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކަށް ފަރުވާ ދިން މީހުންގެ އަދަދު އަދި އެ ބަލިތަކުގައި މަރުވި މީހުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ.

އެ މައުލޫމާތުތަކުން، ރާއްޖޭގައި ކެންސަރު ބަލި ގޯސްވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.

ރިޕޯޓުގައި ބުނީ ކެންސަރަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ބަލި ކަމަށެވެ.

ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 މީހުން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.

މާލެ އާއި ރާއްޖޭން ބޭރުގައި މަރުވި މީހުން ނުލައި، ކެންސަރުގައި އެންމެ ގިނަ މީހުން މަރުވީ ހދ، ގދ، އަދި އައްޑު އަތޮޅުގަ އެވެ. އައްޑޫގެ އެކި ރަށްރަށުން ކެންސަރުގައި 10 މީހުން މަރުވިއިރު ހދ. އަތޮޅުން ހަތް މީހުން އަދި ގދ. އަތޮޅުގެ ރަށްތަކުން ހަތަރު މީހުން އެ ބަލީގައި މަރުވި އެވެ.

ރިޕޯޓުގައިވާ ގޮތުން، ކެންސަރުގައި އެންމެ ގިނައިން މަރުވީ 72-89 އަހަރާ ދެމެދު އުމުރުގެ މީހުންނެވެ. އެ އުމުރުގެ 55 މީހަކާއި 54-71 އަހަރާ ދެމެދުގެ ކެޓަގަރީން 47 މީހަކު ވަނީ 2020 ވަނަ އަހަރު ކެންސަރުގައި މަރުވެފަ އެވެ.

އެ ބަލީގައި މަރުވި މީހުންގެ އަދަދު 36-53 އުމުރު ކެޓަގަރީގައި ހުރީ 16 ގަ އެވެ.

ގިނަ ފިރިހެނުން މަރުވީ ފުއްޕާމެ އާއި ފުރަމޭގެ ކެންސަރުގައި

މިނިސްްޓްރީން ހާމަކުރި މައުލޫމާތުގައި ބުނީ 2020 ވަނަ އަހަރު ފިރިހެނުން އެންމެ ގިނައިން މަަރުވީ ފުއްޕާމެއާ ލިވާ (ފުރަމޭ) ގެ ކެންސަރުގައި ކަމަށެވެ. އެ ދެ ބާވަތުގެ ކެންސަރުގައި ވެސް 17 މީހުން މަރުވި ކަމަށެވެ. އެހެނިހެން ކެންސަރުތަކުގައި 16 މީހުން މަރުވި އެވެ.

ޕްރޮސްޓްރޭޓް (ޖިންސީ ގުނަވަނަށް ޖެހޭ) ކެންސަރުގައި ހަ މީހަކާއި ޕެންކްރިއޭޓިކް ކެންސަރުގައި ފަސް މީހަކު މަރުވި އެވެ.

އަންހެނުންނަށް ނުރައްކާ ބޮޑީ އުރަމަތީގެ ކެންސަރުގައި

އުރަމަތީގެ ކެންސަރުގައި 2020 ވަނަ އަހަރު 11 އަންހެނުން މަރުވި އެވެ. ކެންސަރުގެ އެހެނިހެން ވައްތަރުތަކުގައި ނުވަ މީހަކާއި ފުރަމޭ ކެންސަރުގައި އެ އަހަރު އަށް މީހުން މަރުވި އެވެ.

އަނގައިގެ ކެންސަރުގައި ހަތް މީހަކު އަދި ލިމްފޮމަސް ކެންސަރުގައި ހަތަރު މީހުން މަރުވި އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

18 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

19 March 2022

މިހުރިހާކަމެއް ވެނިމިދާއިރު ހެލްތު މިނިސްޓްރީން ހިންގިނދިރާސާ ކޮބާތަ! ހިތުގެ މައްސަލަތައް، ކިޑްނީ، ކެންސަރ މިރާއްޖޭގަ އާއްމުވެއްޖެ.

The name is already taken The name is available. Register?

ސުލައިމާން

19 March 2022

200 މީހުން މަރުވިޔަސް މިސަރުކާރުން އެއްވެސް ދިރާސާއެއް އެބަކުރޭބާ؟މީ ކިހިނެއްވާ ކަމެއްތޯ އެބަ ބެލޭތޯ؟ނުރައްކާތެރި ބަލިތަކުގައި އިންތިހާއަށް މީހުން މަރުވާއިރު މިސަރުކާރުން ޑަރުވެސް ހިތަކަށް ނާރާ.

The name is already taken The name is available. Register?

ކޮވީޑާ

19 March 2022

2020 ގަ ބެލީ ކޮވިޑް ގަ މީހުން މަރުވިޔަ ނުދީ ވެތޯ. ދެން އެހެން ކޮންމެ ގޮތަކަށް މަރުވިޔަސް އޯކޭ ކޮށްލާފަޢޮތީ.

The name is already taken The name is available. Register?

ކަޑަ

19 March 2022

ކޮވިޑޭ ކިޔާފަ ހިދުމަތެނުދިންވިޔަ. ކޮވިޑްތެރޭ ހޮސްޕިޓަލުން ޖެހި ސަކަރާތް ތަހުގީގުކުރަންވާނެ

The name is already taken The name is available. Register?

ޙިނި

19 March 2022

ފުއްފާމޭގެ ކެންސަރު ޖެހޭނެ ސިންގިޜޭޓު ބޮންޏާ، ފުރަބޭގެ ކެންސަރު ޖެހޭނެ ރާބޮންޏާ، ދުވާލަކު 80 އެމްއެލް ރާ ބޮންޏާ 5 އަހަރުތެރޭ ފުރަމޭ ހަލާކުވާނެ

The name is already taken The name is available. Register?

ކޮރަލް

19 March 2022

މިަސާލަކަށް ސޮސެޖްއަ ކީ ކެންސަރު ޖެހޭ އެއްޗެކެވެ. އެކަމު ސޮސެޖް އެއް ކާލާއިރަށް ކެންސަރު ނުޖެހިދާނެ އެވެ. ސޮސެޖް އެތެރެ ކުރުން މަނާ ކުރަން ވީ އެވެ. ސިނިގިރެޓް ، ފޯއް ، އެނާޖީ ޑްރިންކް ، އަޖިނަމޮޓޯ މިކަހަލަ އެތައް ބާތެއް މަނާ ކުރަން ޖެހެ އެވެ.

The name is already taken The name is available. Register?

ތުލެނިވަސް

19 March 2022

ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގައި ކެންސަރުބަލި މިވަނީ ވަރަށް އާއްމުބައްޔަކަށްވެ ވަރަށް ބޮޑު މުސީބާތަކަށްވެފަ. ނަމަވެސް މިކަން މިހެންމިވާ ސަބަބެއް ހޯދާ މިކަން ހުއްޓުވުމަށް ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ

The name is already taken The name is available. Register?

ފަޒީ ފަޒް

19 March 2022

މިކަމަށް އޮތް ހަމައެކަނި ހައްލަކީ ހިޖާމަ.

The name is already taken The name is available. Register?

ފޮނި ކަލޯ

19 March 2022

މިސަރުކާރުން ބަލަނީ ސިއްހީ ކަންކަން އެއްފަރާތްކޮށް އަމިއްލަ ކަންކަމާއި ޕާޓީގެ ސިޔާސަތާއި ސަރުކާރުގެ މާލިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށް ފަސް އަހަރު ކެޔު މުގަ ހޭދަކޮށްލުން މީވާ ސަރުކާރެއް މިކަހަލަގެ ނާއުއްމީދާ ގުޅިފައިވާ ސަރުކާރެއް އަދި ނުދެކެން !

The name is already taken The name is available. Register?

2022

19 March 2022

ތި ހަސްފަތާލު އަޅަންވާނީ ހުޅުމާލޭގާ... ކީކޭބުނަނީ... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454