ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތްކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 އެޕްރީލް 2022 - 13:25
ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" އެޕާޓްމަންޓްތައް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ފްލެޓްތައް ވިއްކަން ހުޅުވާލާނެ ކަަމަށް ބުނެ މީގެ ކުރިން އެ ކުންފުންޏާއި ހައުސިން މިނިސްޓްރީން އެކި ތާރީހުތައް ދީފައިވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ކުރިން މަސައްކަތްކުރީ އެ ކަމަށްޓަކައި ހައުސިން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޕޯޓަލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ކަމަށެވެ.
އެކަމަކު، ދެ ފަރާތަށް ވެސް ފަހުން ވިސްނުނީ އެންމެ ފަސޭހައިން އަދި އަވަސް ކުރެވެން އޮތީ އެޗްޑީސީގެ ސިސްޓަމްގެ ތެރެއިން އެ ޕްރޮސެސް ކުރިއަށް ގެންގޮސްގެން ކަމަށް ވާތީ އެ ގޮތަށް މިހާރު ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އެންމެ މީޓިންއެއް ޕްލޭނިން މިނިސްޓްރީއާއެކު ބާއްވާލީމަ އެ ނިމުނީ. އެއީ ބައެއް ކަންކަން ނިންމާލަން. ސޯޝަލް ކްރައިޓީރިއާގެ ބައެއް ޕްލޭނިން މިނިސްޓްރީގެ ޕޯޓަލްގެ ތެރޭގައި ހުރޭ. އެކަމަކު، ފަހުން މި ނިންމުނީ އެޗްޑީސީގެ ޕޯޓަލްގެ ތެރެއަށް އެ ބައި ބަދަލުކުރީމަ ފަސޭހަވާނެއޭ މިކަން ކުރަން،" ސުހައިލް ވިދާޅުވި އެވެ.
"ޓެކްނިކަލް ބައެއް ކަންކަން ހައްލު ކުރަން ނެގި ވަގުތެއް މި ދިޔައީ."
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސުހައިލް ވިދާޅުވި ގޮތުގައި، ވިނަރެސް ފްލެޓް ދޫކުރުމާ ގުޅިގެން އެކިއެކި ތާރީހުތައް އެޗްޑީސީން ކުރިން ދީފައިވާތީ ދެން އެފަދަ ތާރީހެއް ވިދާޅެއް ނުވާނެ އެވެ.
"ދެން އެހާ ދުވަހެއް ނުނަގާނެ ޔަގީނުން ވެސް،" އޭނާ ވިދާޅުވި އެވެ.
އެ ތަންތަން އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން އެޗްޑީސީން ވަނީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ގަތުމުގެ ފުރުސަތު ދީފަ އެވެ. އެ ކެޓަގަރީތަކުން 288 މީހުން ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި "ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ.
- އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓު - އަގު: 2.5-2.7 މިލިއަން ރުފިޔާ - އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަ ވޭ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ މިއަހަރުގެ ޖުލައި ހިސާބުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
11 April 2022
ސިޔާސީ ނުފޫޒުން އެޗްޑީސީއަށް ވައްދައިފައި އެތިބަ މީހުން ކުރާހައިވެސް ކަމަކީ ރިޝްވަތު ނަގައިގެން ޑީލް ހެދުން. ހުޅުމާލެ އިންޑަސްޓރިއަލް އޭރިއާގައި ހުރި ކޮމާޝަލް ބިންތައް ވެސް 2 މިނިއަން ރުފިޔާގެ ކަޓް ދިނީމަ އެބަ ކުއްޔައް ދޭ. އެމްޑީ ސުހައިލު ކިތައްމެ ރަނގަޅަކަސް ސިޔާސީ ޕާޓީތަކުން ފޮނުވާފައިވާ ކުނިބުނިތަކުގެ ބާރު އެޗްޑީސީގައި ހިނގަނީ.
ރައްޔިތުންގެ އަޑު
11 April 2022
ގިނަ ދުވަހެއް ނުނަގާނެ ބޭރުގައި ކުލަލާ ނިންމާފަ އެތެރެ އޮތީ ހުހަށް މަސައްކަތް ކުރާ މީހުން އުޅެނީ ކޮން ފްލޯއެއްގަކަން އެބަ އެނގޭ
2000
11 April 2022
ތިޔަ އެޗް ޑީ ސީ އުވާލަ ބަލަ. ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ބޯހިޔާވަހިކަން ދީބަލަ. އެޗް ޑީ ސީ ހުޅުމާލެއަށް ވެރިވެގެން ރައްޔިތުންނަށް ކުރާ ފަސޭހައެއް ނެތް ކުރަނީ އުދަގޫ. ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ބަލަހައްޓަން ހަވާލު ކޮށް ބަލަ. ރަންނާރި އަރާހެން ހުޅުމާލެއަށް ވެރިވެގެން
ހގފދސ
11 April 2022
ފިނިހައް ދުވެލީގަ. 3 އަހަރާ ބައި ހިނގައްޖެ. ދެން އޮތީ ދޮޅުއަހަރު. އެހެންވީމަ ދެން ކުރިންވީހާ ދުވަހެއް ނުނަގާނެނު. ސަރުކާރުގެ އުމުރު ހަމަވުމުގެ ކުރިން ތި ތަންތަންވެސް ކެވުނުގޮތަކަށް ކައި ނިންމާލަން ޖެހޭނެނު.
ހައްގުބަސް ދޯ
11 April 2022
ހާކާލަ ހާކާލާ ތިބެނީ
1126
11 April 2022
2020 ނުގުނޭނެ. އެ އަހަރު އޮތީ ލޮކްޑައުން.
ހޮޅިންގެ ބޮޑުމީހާ
11 April 2022
މޭޔަރު މުއީޒު ތިކަމުގެ ތެރެއަށް ނުވަދޭތޯ އެބޭފުޅާ ތީގެތެރެއަށް ނުވަދެ ތިކަން ނިމޭނެހެން ހިއެއްނުވޭ ވަރަށް ބޯކޮށްޕާލާހިތްވާނެ މާލޭ ސަރަހައްދުގަ ބޮޑެތި ޕްރޮޖެކްޓުތައް ނިންމާ ހަވާލުކުރާއިރު އޭނައަށް އޭގެން ރާހަތެއް ނުވެދަންޔާ ވަރަށް ހިތްދަތިވާނެ އޭނާ އެކަމަކު ޔާމީނު ސަރުކާރުގަ ފެށިޕްރޮޖެކްޓެއްވިއްޔާ މިހާރުގެ މޭޔަރަށް ތިތަނުން ލިބެންވާ އެއްޗެއް އޮންނާނީ ލިބި ނިމިފަ މިހާރު
ޞވވވޗ
10 April 2022
ވިނަރެސް ފްލެޓެއްގެ މަހު އިންސްޓޯލްމަންޓް 23000ރ އިންމަތީގަ. މިވެސްސޯޝަލް ހައުސިންގ
ޗުޕާޗުޕް
11 April 2022
ކާކުބުނީ މީސޯސަލް ހައުސިންއޭ އެއްވެސް މީހަކުނުބުނޭ ތިހެނެއް
މަހުޖާ
11 April 2022
މިލިޔުމުގަ އެބައޮތް. ބަލަ އިމްޕްލައިޑު ބަސްތައްވެސް ފަހުމުވެގެންނޭ ދދުނިޔޭގަ އުޅެވޭނީ! ހައުސިން މިނިސްޓްރީ ނުވަތަ ޕްލޭނިން ވަންނާނީ ސޯޝަލް ހައުސިންވީމައޭ. ފުކެއް ބޮޑުވަރުދެން. ގިނަ މީހުންނަކީ ތަންދޮރު ނުދަންނަ މީހުނަށްވީމައޭ ގައުމު ފަހަތައް މިދަނީ.
ސައިމާ
10 April 2022
ސްކްރިޔާ ރައީސްޔާމިން އަދިވެސް ޔާމީންގެ ޕްރޮޖެކްޓް ތަަކުން ސަލާމަތް ނުވެފައި
ބޮޑުމީހާ
10 April 2022
2.7 މިލިއަން. ދައްކާ ނިމޭއިރު 5 މިލިއަން. މިއަށްވުރެ ފަސޭހަގޮތަކަށް ރައްޔިތުންނަށް މިކަންކޮށްދޭނެ ވެރިޔަކު ނެތީބާ! ވޯޓްވީމަ ރައްޔިތުންގެ ޚާދިމުން ހޮވުނީމަ ޑްރަކިއުލަރސް
މާލުނެތް ލާރިނެތް ރައްޔިތުމީހާ
10 April 2022
ބޮޑުމީހާ ޗޑސ ވަނީ ވިނަރެސް ފްލެޓްގެ އަގު އޮޅުވާލާފަ2.5 ފްލެޓްއަގުކަމަށް ދެއްކިޔަސް މަސްތަކަށް ބަހައިގެން އަގުދައްކާމީހުންނަ 25އަހަރުން ހަމަވާއިރު 4މިލިޔަނަށްވުރެ ބޮޑުފީއެއް ދެއްކިފަހުންނަގޮތަށް އަގުހަދާފައޮތީ... އޮޅުވާލުމުއްގެތެރޭގަ ރައްޔިތުން ވާވައްދައިގެން މިސަރުކާރުން ރައްޔިތުންފެލަނީ..ލަގްޒަރީ ފްލެޓްވެސް ބެންކްމެދުވެރިކޮށް ގަނެވޭ ވިނަރެސް ފްލެޓަށްވުރެ ހެޔޮއަގުގަ..
ފިލެޓް
10 April 2022
ޢާމުރައްޔިތުންގެ ޖީބުން ޢާމުންނަށް ބޭނުންވާ އެންމެ އަސާސީކަމެއް ކޮއްލުމުން ސަރުކާރާއި ދައުލަތައް ބޮޑެތި ޢާމްދަނީ ލިބޭ ވިޔަފާރިއެއްގެ ކުލަ މިފެންނަނީ ، ސަރުކާރަކީ ޢާމުންނާއެކީ ވިޔަފާރިކުރާ ކުންފުންޏަކަށްވީމަތޯ ސުވާލުއުފެދޭ! ގާނޫނުއަސާސީގައި މީތިވަރަށް ސާފްވަންއެބަޖެހޭ. ގާނޫނާއި ބާރުތަކުން ޢާމުންވަށާލައި ބަދެ ވިޔާފާރިކުރީމަ ގްއަންޓަނަމޯބޭގެ އިހްސާސްތައް އިތުރުވޭ.
އޮނަރަބްލް އަފީފު ދީދީ
10 April 2022
އެތައް މިލިޔަން ޑޮލަރުހޭދަކޮށްގެން ދައުލަތުންހެދި ހިޔާފުލެޓްދިނުމަށް އާންމުކުރި އުސޫލްތަކާއިޙިލާފަށްތޯ އެތަންތަން ޙަވާލުކުރީ؟ މިހެންމިދެންނެވީ ފުލެޓްލިބުނު ކ.އަތޮޅުމާލޭމީހުންބުނަނީ "އެޗްޑީސީ އިން އެމީހުނަށް އެތަންތަން ދީފައިވަނީ ކުއްޔަށް" ކަމަށް. # މިފަހަރު ވިނަރެސް ފުލެޓްދިނުމަށްހަދާ އެއްބަސްވުންތައްހުންނާނީ "ރާއްޖޭގެ ކޮންޓްރެކްޓްޤާނޫނާއި އެއްގޮތަށްތޯ" ތިޔަފުލެޓްތަކަކީ ފައިސާދައްކާނިމުމުން އަމިއްލަވާ ނުވަތަ އުމުރުދުވަހަށް "ކުއްޔަށް" ދޭތަނެއްތޯ؟
ސަދަން
10 April 2022
އކައްޗެއް ނޭގުނަސް ކޮމެންޓް ކުރާތި