ކޫއްޑޫގައި މިއަދު މަސްވެރިން ހަޅުތާލު ކުރަނީ
13 އެޕްރީލް 2022 - 01:29
ގއ. ކޫއްޑޫ ފަޅުގައި މަސްކިރަން ގޮސް އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިފްކޯ އާ މަޝްވަރާކޮށް އިންތިޒާމުތަކެއް ހަމަޖައްސައި މިހާރު މަސްކިރަން ވެސް ފަށާފައިވާ ކަމަށެވެ.
"މި ވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް ކިރޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެ އެވެ.
ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ކޮންމެ ދޯންޏަކުން ވެސް ގިނަވެގެން ފަސް ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯ އިން ކޮންޓްރޯލް ކުރިތާ ހަފުތާއަކަށް ވުރެ ގިނަ ވެއްޖެ އެވެ. އެއީ، މަސްވެރިން ހިތްހަމަނުޖެހުން ވަރަށް ބޮޑުވި ކަމެކެވެ. އަދި އޭގެ އުދާސްތަކާ އެކު، މަސްވެރިން މިއަދު ވަނީ ކޫއްޑޫގައި ހަޅުތާލު ވެސް ކޮށްފަ އެވެ. އެހެންވެ، މިއަދު އެއްކޮށްހެން އެ ފެކްޓަރީ އަކަށް މަހެއް ނުކިރަ އެވެ.
މަސްވެރިންގެ ހަޅުތާލާ ގުޅިގެން މިފްކޯ އިން މިއަދު ހަވީރު ނިންމީ، އެ ވަގުތު އޮތް ދޯނިފަހަރުގެ ހުރިހާ މަހެއް ކިރާ ގޮތަށެވެ. އެކަމަކު، އޭގެ ފަހުން އައި ދޯނިތަކުން، އެ ދޯނީގެ ހުރިހާ މަހެއް ނުގަންނަން ނިންމުމުން އެކަން ބޮޑު ހައިޖާނަކަށް ބަދަލުވެ، މިފްކޯގެ ނިންމުން އަނބުރާ ގެންދިޔަ އެވެ.
ރައީސް އޮފީހުން ބުނީ އަލުން މަސްކިރަން ފށީ މަސްވެރިންނާ އެކު އެއްބަސްވެވޭ ގޮތަކަށް އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެދުމަށް ފަހު ކަމަށެވެ.
"މަސްވެރިންނަށް ކިޔު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސް ކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ޕްލޭންގެ ދަށުން މަސް ކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގައިފަ އެވެ،" ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
13 April 2022
ކިހާ ސަޅި ހެއްޔެވެ؟ގޭދޮށު މަސްފެކުޓްރީހަދާ ސިދާ މަސްވެރިނަނަށް ޑޮލަރު ލިބޭނޭ ބުނެ މަސްވެރިންނަށް ނަނާ ހުވަފެން ދައްކައިގެން ވެރިކަމަށް އާދެވުނީމާ މިޖެހޭނީ ބޭނި މަސްކޮޅުކިރާލަންވެސް ހަތަރު ފަސް ދުވަސް ވަންދެން މުޒާހަރާކުރާސެވެ. ތިމާމެންގެ ޤާބިލްކަން ނެތިއްޔާއި ރައްޔިތުންނަށް ހުވަފެންދައްކާ ބައިސާ ނުކަނޑާނީއެވެ. އަދިވެސް ތިމާމެންނަށް ނުވާވަރުގެ ބޮޑެތި ވައުދުވެގެން ވެރިކަން ހޯދަން އުޅޭނެއެވެ. އެފެންވަރެއް ތިމާމެންގެ ނެތްކަން ޤަބޫލުކުރާށެވެ.
ގެއްލުން
13 April 2022
ކަލޭމެން ނަމޫނާއަށް ނަގާ ހުޅަނގުގެ ޤައުމުތަކާއި އެމެރިކާގައިވެސް ކޮންމެ ކަމަކަށް ގަވާއިދާއި އުސޫލުހުރޭ. އެއީ މުޅި މުޖްތަމައުގެ ހެވާއި ކުރިއެރުމަށް. މިސަރުކާރުން މިހަދާ ގޮތަކީ، ބަޔަކު ހަޅޭއްލަވާ މުޒާހަރާ ކުރާއިރަށް ކުރިމަގަށް ކުރާނެ ފައިދާއަށް ބެލުމެއްނެތި އެކަމެއް ފުރިހަމަކޮށްދިނުން. މިހުރިހާ ކަމެއް މިކުރަނީ އަހަރެމެން ފެލައިގެން ނަގަމުންދާ ޓެކުހުން. އެންމެން ބޭނުންވާ ހުރިހާކަމެއް ފުއްދައިދީގެން ޤަޢުމެއް ބިނާ ނުކުުރެވޭނެކަން ނޭނގޭހާ ގަމާރީތޯ؟
ގިރާވަރު މީހެއް.
14 April 2022
އެހެންތަ ؟ ކ.އަތޮޅު މާލޭ ގޮލާމެން ތަނަށް ދައްކާން ޖެހޭ ލާރި ދައްކަން ދެކޮޅު ހަދަމުންދަނީ ހިޔާފުލެޓް އެއްބަސްވުމެއް ނެތިގެންތަ ؟ މަސްވެރިންނޭ ކިޔާފައި ތިރަށު މީހުނަށް ތިގޮތަށް ވާހަކަ ދެއްކޭކަށް ނޯންނާނެ.
ޙެޔޮފުޅު
13 April 2022
ޜައީސް މީހާގެ ހެޔޮފުޅުކަމުން ދެއްތޯ؟ ޥޯޓު ކާރިވާ ވަރަކަށް "ރައީސްގެ ހެޔޮފުޅުކަން" ފެންނާނެ. މިއޮތީވާ ސަރުކާރެއް. މަސްކިރުންވެސް މިހަވާލުވަނީ ރައީސް އޮފީހުުން.
ނަސީމް
13 April 2022
ރައްޔިތުމީހާގެ އުދާސްތަށް ބަންޑުން ކޮށްލީމަ ރައީސް އެކަމާއި މެދު ވިސްނަވާ ގޮތެއް ނިންމުމަކީ ހަމަ އެކަންވާންވިގޮތް.
އުސްމާނުބެ
13 April 2022
ކެޕޭސިޓީ ނެތިއްޔާ ބަޔަކު ރުއްސަން ގަތުމުގެ މާނަޔަކީ ކޮބާ ، ހަމަ ފައިސާ އިސްރާފު ވާނީ ... މަސްވެރިންވެސް ނުކިރޭވަރައް ބޭނުމުގެ މާނަޔެއް ނެއް، ނޫނީ ބާނާމަހައް އަދި އިތުރު ގޮތެއް ހީދޯ ....
ރަދީފްއޮފިޝަލް
13 April 2022
އިއްޔެ ހަވީރާ ހިސާބަށް ކެޕޭސިޓީ ނެތް ތަނެއްގަ ކެޕޭސިޓީ މަތިވީ ހަމަ ކުއްލިއަކަށް އޮފީހުގެ ބަޔާނެއްގެ ސަބަބުން.މަމެންގެ ގައުމު މިއީ ކޮލިޓީ ގައުމެއް.މިފެންވަރުގެ ގައުމެއް ދެން ނުފެންނާނެ.ހެހެހެހެހެހެ.ވ.ވެދުން
ރަންނަ
13 April 2022
https://avas.mv/116740 މަސް ގަންނަން ބޯޓަކާއި ރީފާ ކެރިއަރެއް ގެނެސްފި
ށަވިޔަނި
13 April 2022
ރައްޔިތުން ނިކުމެ އަޑުގަދަކުރާއިރަށް މިފަދަ ނިންމުންތައް ބަދަލުވޭ. އެކަމަކު ރައްޔިތުން ކިތަންމެ އަޑުގަދަކުރިއަސް ނުވާ ކަންތައްހުރޭ. ކީއްވެ؟
ޝަފީރު
13 April 2022
ކަމެއް ކުރަންނޭންގި އެތައް ފައިސާއެއް ބޭކާރުކުރުން މިސަރުކާރާށް އޮތީ. އިއްޔެ އޮތީ ލައިސަންސް ވަގުތު ބޭކާރުކުރުން . ޢަބަދުވެސް ތަޖުރިބާ ކުރުން. ނޫނީ އޮޅުގެން
ޕައުންޑް މޮހޮދޭ
13 April 2022
އެހެންވީމަ ހިޔާ ފްލެޓްގެ އަގުވެސް ދާދި އަވަހަށް ހެޔޮވާނެ ދެއްތޮ!؟
ސިމްބެ
13 April 2022
ނުވާނެ ތިޔަކަމެއް. އެތަނުގެ އަގު މިހާރުވެސް ހެޔޮ. ކުއްޔަށް ދޭންވީމާ 15 ހާހަށް ދެވޭ.
ރަދީފްއޮފިޝަލް
13 April 2022
@ސިމްބެ ކަލޭގެ ނަން ލިސްޓްގަ ނެތީމަ ދޯ ތިހެން ތިބުނަނީ؟؟؟ ދޮގު ނަހަދާ ތެދުބަހުން ބުނެބަލަ.
ސިމްބާ 2
13 April 2022
ކުލ؛ި ނުދެއްކެންޔާ އަތުން ފައިން މަސައްކަތް ކޮއްގެން އާމްދަނީ އިތުރު ކުރޭ ، ނުވަތަ އުޅެވޭ ފެން ވަރުގެ ތަނަކައްދޭ .. ރަށައްގޮސް އެތާ އުޅުނަސް ރަގަޅުވާނެ . ނުފޯރާފަށުން އެހެން މީހުންގެ ހައްގައް ވެރިވެގެން އެޅެން ނޫޅޭ، ކަލޭ ކުލި މިދައްކާޔާން ކުލި ދައްކައިގެން އެތާ އުޅެން ބޭނުން މީހުން ލައްކަ އެބަތިބި
ހުސެން
13 April 2022
ދެވަނައަށް އެންމެގިނަމީހުންކުރާ ނުވަތަ ރާއްޖެއަށް ދެވަނައަށް އެންމެބޮޑު އާންމުދަނީއެއްލިބެނީ މަސްވެރިކަމުންކަމަށް ވީއިރުވެސް ކިރިޔާ މަސްވެރިކަންރަނގަޅުވެލައިފިނަމަ މަސްކިރޭނެ އިންތިޒާމުވެސް މިތަނުގައިނެތް، މިކަމުންހާމަވަނީ އެއްވެސްސަރުކާރަކުން މަސްވެރިންގެ އަގުވަޒަންނުކުރާކަން،
48343
13 April 2022
ސަރުކާރު ނޭވައިހޮޅިއަށްއެޅުނީދޯ. ނޭވައިހޮޅިއަށްއެޅޭނެތާ ނޭވައިހޮޅިއަށްއެޅޭ މުޒާހަރާކުރަންޏާ.