130 ކިލޯ ޑްރަގް މައްސަލާގައި ބަންދުން ދޫކޮށްލި ދެ މީހުން: އެ މައްސަލާގެ ޝަރީއަތް އަންނަ ހަފުތާގައި ހައި ކޯޓުން ފަށާނެ -- ފޮޓޯ/ޕޮލިސް
14 އެޕްރީލް 2022 - 17:10
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަަލާގައި ދައުވާ ލިބޭ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ އަންނަ އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އޮކްޓޫބަރު، 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގު މައްސަލާގައި ދައުލަތުން ދައުވާކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިއްބާ ދާދިފަހުން ކްރިމިނަލް ކޯޓުން އެ މީހުން ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށްޓަކައި ދެ މަސް ދުވަހަށެވެ.
އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން އަންނަ އާދިއްތަ ދުވަހު އެ މައްސަލާގެ ޝަރީއަތް ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
ޝަހީބާއި އަހުމަދު މޫސާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށްފަހު ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ ބޭސްފަރުވާއާ ގުޅިގެން ކުރި ޝަކުވާތަކާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލީ ރޭގަނޑު ގެއިން ބޭރަށް ނުދިއުމާއި މާލެ ސަރަހައްދުން ބޭރަށް ނުދިއުމުގެ އިތުރުން ކޯޓަށް އެއްބާރުލުން ދޭން ޝަރުތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޑޭ
15 April 2022
ބަންދުގައި ތިބޭ މީހުން ފަރުވާ އަށް ފޮނުވުމާއި ބެހޭ ޤަވައިދެއް ހަދަން ޖެހޭ. އެއްވެސް ޤާނޫނެއް ޤަވާއިދެއް ނެތް ޙާލަތުގައި ޤާޟީ އަކަށް ހުންނަ މީހަކަށް ބޭނުން ޙުކުމެއް ނުވަތަ އަމުރެއް ނެރެވިދާނެ..
އައްލާ
14 April 2022
މިހާރު ރާއްޖެޔަކު ނުތިބޭނެ. މިއޮތީވާ ޝަރުޢީ ނިޒާމެއް.
1828
14 April 2022
މިދެންނުވޭ މިހާރު ޚަބަރަކަށްވެސް
ފޮނިފޮނިޓައްޕު ކުމާރު
14 April 2022
ދޫކުރާނެ، ވާންކުރާނެ. އަނެއްކާ އެހެންއުޅެފާ ވާންކޮށްފާ ދޫކޮށްލާނެ.
ފެއިލް
14 April 2022
ބޭކާރުކަންކަން ދެކޯޓުން އޮއްވަޅު ކުޅެންވީނުންތޯ.