އިންޑަސްޓްރިއަލް ޒޯންގައި ހަދާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންގެ ޑިޒައިން -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
17 އެޕްރީލް 2022 - 12:24
އިންޑަސްޓްރިއަލް ޒޯނުގައި ހަދާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، އެ ބިމުގައި ކުރިން ހަދާފައި ހުރި ވެމްކޯގެ ވަގުތީ އޮފީސް އިމާރާތް އެތަނުން ނަގައި، މިދިޔަ ހަފުތާގައި ބިން ހުސްކޮށްފައިވާ ކަމަށެވެ.
"އެ ބިން ހުސްކޮށް، ކޮންޓްރެކްޓަރާ ހަވާލުކުރެވި މިހާރު އަމަލީ މަސައްކަތް ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމަށް އިންޑަސްޓްރިއަލް ޒޯން އިން ބިން ހުސްކޮށްފައި -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ. އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން އެ ސްޓޭޝަނަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިންނެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގާ އެ ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރުގެ ތެރޭގައި ނިންމާށެވެ.
އިންޑަސްޓްރިއަލް ޒޯންގައި ހަދާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންގެ ޑިޒައިން -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
އެ ޓްރާންސްފާ ސްޓޭޝަންތަކަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ބަހައްޓާނެ ތަނެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފެދޭ ކުނި، އެ ސްޓޭޝަންތަކަށް ގެންގޮސް، ކުނި އުފުލަން އެތަނުގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ބަރުކުރާނެ އެވެ.
އެ ކޮންޓެއިނަރުތަކަށް ކުނި އަޅާނީ އެކި ބާވަތްތަކުގެ ކުނި ތިން ބަޔަކަށް ބަހާލައިގެންނެވެ. ކުނި އުފުލަން އެ ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން އެ އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ހުއްޓުވުމެވެ.
މާލެ ސަރަހައްދުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ގޮތުން ފެށި ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ކުނި އެންދުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ރައްކާތެރި ގޮތުގަ އެވެ.
ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމާއި މާލެ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށިތައް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލުމީހާ
21 April 2022
ތިކުރެހުމުގައި ވާ ފުރިހަމަކޮށް ނިމޭއިރު ފެންނާނެ ކަމަށް އުއްމީދު ކުރަން. ދަރުމަވަންތަ ހޮސްޕިޓަލާއި ، ބްރިޖުގެ ކުރެހުންވެސް ފުރަތަމަ ދެއްކި ގޮތާއި ، ހަދައި ނިމުނުއިރު އެތަންތަން ހުރީ އެހެނެއް ނޫން.
ހިތްތަލަ
17 April 2022
ތިޔާ ދައްކަނީ ކުނީގެ ވާހަކަ ކަމަށް ހީކުރަން ދައްކަނީ ވޭސްޓޭ ކިޔައިގެން
ހައިމު
17 April 2022
އަލީ ސޯލިހު އެންވަޔަރަމަންޓާއި ހަވާލު ވިފަހުން އެތަނުގެ ހިންގުން މެކުހައް ޖަހާފައިވާތަން މިފެންނަނީ.
ވަހީދު
17 April 2022
ލޮރިން ގޮސް އުފުލީގެ ތެރެއަށް ކުނިތައް އެޅޭނެ ގޮތަށް ތި ޢިމާރާތް ފަރުމާ ކުރިނަމަ، ވަގުތު ސަލާމަތްވެފައި ޖައްވުގެ ތެރެއަށް ޖަރާސީމު ދިއުން މަދުވާނެ، އަދި ވަސްދުވުން ވެސް ދަށްކޮށްލެވޭނެ.
ށަވިޔަނި
17 April 2022
ޗައިނާ ކުންގުންޏެއް. ވަގުތަށް ނިންމާނެ. ކިތަންމެ ރީއްޗަށް ހެދިއަސް ދުވަސްކޮޅަކުން ގޮނޑެއްފަދަ ވާނެ. ވެމްކޯގެ ވެހިކަލްތަކާ އެމީހުން ކުނި ނަގަން ގެންގުޅޭ ތަކެތި މިކަން ކަށަވަރު ކޮށްދޭ
މާހިރު
17 April 2022
މިކުރެހުމަށް ބަލާލީމާ ހެއްވާކަމެއް ފާހަގަ ނުވޭ ހެއްޔެވެ. ފެންނަފެނުމަށް ބަލާއިރު މަތީގައި ބޮޑެތި ވެހިކަލްތައް ޕާކުކުރަން ހަދާފައިވާއިރު މައްޗަށް އަރަން އަދި ފައިބަންވެސް ހަދާފައިވާ މަގުގެ ފުޅާމިނުގައި ހުރީ އެންމެ ވެހިކަލެއްގެ ޖާގައެވެ. އެހެންވިއްޔާ ވެހިކަލެއް މައްޗަށް އަރާ ވަގުތެއްގައި އެހެން ވެހިކަލަކަށް ފޭބޭނެގޮތެއް އޮންނާނެތޯއެވެ.
ބަސް
17 April 2022
ތިން ލެވެލް އައް ހަދާ ފަހުރީ. ފުރަތަމަ ލެވެލް އިން އެކަނި ތިރިޔައް ދާނީ. އެންމެ މަތީ ލެވެލް އިން ހަމަ އެކަނި ދާނީ ޖެހިގެން އޮތް ލެވެލް އައް. އެހެންވީމަ، ވަކި ގަޑިތަކަކައް ބަހާލީމަ، ޖެހޭނެ އެއްވެސް މައްސަލައެއް ނެތް. ޖޭމް ވިއަސް، ވެހިކަލް އައްމަޑުކޮއްލެވޭނެ އެހެން ލެވެލް އެއްގެ ޕާކިންގަ.
މުޙައްމަދު ނަންނި.
17 April 2022
މިކަމަކީ ކ.އަތޮޅު މާލޭގައި ކުރާ ކަމަކަށްވާތީ މާލޭގެ ތިމާވެށި ޖަމީއްޔާތަކާއި މާލޭގެ ޕާޓީ ތަކާއި މާލޭގެ އެމްޕީންތައް މިކަމަށް އެއްވެސް އެއްޗެއް ނުބުނާނެ. އެހެން ރަށެއްގައި މިކަން ކުރާން އުޅޭނަމަ ރަށް ބަންޑުން ކޮށްލާ ވަރު ކުރާނެ.
ޙިނި
17 April 2022
ބުރިޖު ޢެޅީމަ އެއްގަމު މަގުންވެސް ކުނި ތިލަފުއްޓައް ގެންދެވޭނެ. ތިކަމާ އަލުން ވިސްނަންފެނޭ، އަދި ކަންޑުމަގުން ކުނި ގެންދިއުމުގެ ބައި އުނިކުރަން ފެނޭ.
އެޅިގެން
17 April 2022
ބްރިޖް އެޅިއްޖެނަމަތާ ތިކަމާ ވިސްނަންޖެހޭނީ. ވިލިނގިއްޔާ ހަމައަށް އެ ބްރިޖް އެޅުނަސް އެއީ ލައްކަ ބޮޑުވަރެއް.
ހުސް ހޮޅި
17 April 2022
ކޮބާތަ ރ ވަންދޫގައި ހިންގި ބިލިޔަން ޑޮލަރުގެ މަޝްރޫއު؟
ނުދީ ދީ
17 April 2022
މާލެއަށް މީހުން އައުން ނުހުއްޓޭހާ ދުވަހަކު މާލޭގެ މައްސަލަތައް އިތުރުވަމުންދާނެ އަދި އެކަމަށް އަވަސް ހައްލުވެސް ބޭނުންވާނެ. ބަޔަކު ކިތަންމެ ރުޅިއަޔަސް ގައުމުގެ ވެރިކަންކުރާ ރަށުގަ ކަންކަން ހައްލުނުކޮށް ނުތިބެވޭނެ. ސްޓޭޑިއަމް އެޅުން ކަހަލަ ބޭކާރު ކަންކަމާ ފާޑުކިއަސް ކުނީގެ ކަމެއްގަ ފާޑުކިއުމަކާ އެއްވަރެއް ނުކުރެވޭނެ. އެއީ އެންމެ އާބާދީ ބޮޑުތަނުގަ ކުނި ނައްތާލާ ނިޒާމު ބޮއްސުންލައިފިނަމަ އައްޑޫގަ ތިބި މީހުންނަށްވުރެ ގިނަ މީހުންނަށް ގެއްލުންވާނެތީ.