ހިޔާ ޓަވަރެއްގެ ބެލްކަނީގައި ހުރި މެޝިނެއްގައި ރޯވެ އަނދާފައި--
18 އެޕްރީލް 2022 - 12:10
ހުޅުމާލޭ ހިޔާ ފްލެޓެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.
އަލިފާން ރޯވީ 12 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އަށް ވަނަ އެޕާޓްމަންޓްގަ އެވެ.
އެތަނުގައި އަލިފާން ރޯވެފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު އޭގައި ފެންނަނީ އެތަނުގައި ހުރި ދޮންނަ މެޝިނުގައި ވަރަށް ބޮޑަށް ރޯވެ އަނދަނިކޮށެވެ. އަލިފާންގަނޑު ނިއްވާލި އިރު މެޝިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ރޯވީ މަތިން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން ކަމަށް ބުންޏަސް އެކަން ކަށަވަރެއް ނުވެ އެވެ.
ރޯވި ފްލެޓްގެ މަތީ ފްލޯގައި އުޅޭ މީހަކު ބުނީ އެ ފްލެޓްގައި ސިނގިރޭޓް ބޯ މީހަކު ނޫޅޭ ކަމަށާއި އަލިފާން ރޯވެގެން އުޅޭކަން އެންގީ ވެސް އެ މީހުން ތިރިއަށް ގޮސްގެން ކަމަށެވެ. އަލިފާން ނިއްވަން އުޅުނު އިރު މެޝިން މަތީގައި ސިނގިރެޓް ފޮއްޓެއް ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.
ބެލްކަނީގައި ހުރި ކުނި ކޮތަޅު ވެސް ހުރީ އަލިފާން ރޯވެފަ އެވެ. އަލިފާން ނިއްވާލި އިރު މުޅި އެޕާޓްމަންޓް އޮތީ ދުމުން ފުރިފަ އެވެ.
ވެއްޓުނު ސިނގިރޭޓް ފިލްޓަރުން ބެލްކަނީގައި ރޯވެފައި.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު 4:25 ގަ އެވެ. އެކަމަކު އެމްއެންޑީއެފުން ދިޔައިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.
އެ ހިސާބަށް އެމްއެންޑީއެފުން ދާން ހޭދަވީ ކިހާ ވަގުތެއް ކަމެއް ނޭނގެ އެވެ.
ހިޔާ ފްލެޓްތަކުގައި އާންމުކޮށް މީހުން އުޅެން ފެށުމުގެ ކުރިން، މަތިން ވައްޓާލި ފިލްޓަރަކުން އެހެން އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވިކަން އެނގިފައިވެ އެވެ. އެކަމަކު މިއީ މީހުން އުޅެން ފެށި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަށް ބެލެވެ އެވެ.
ފްލެޓްތަކުގައި އުޅޭ މީހުން އުކާ ސިނގިރޭޓް ފިލްޓަރުތައް ބެލްކަނިތަކަށް ވެއްޓޭތީ މީގެ ކުރިން ވެސް މީހުން ޝަކުވާކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޓަވަރުތަކުގެ ތިރިއަށް އަޅާފައި ހުންނަ ކުނިތަކުގައި އަލިފާން ރޯވުން ވެސް އާންމުވެފައި ވާއިރު ސިނގިރޭޓް ފިލްޓަރުން އެތައް ފަހަރަކު މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
20 April 2022
ހުރިހާ ވައްތަރެއްގެ މީހުން އެއްތާކު އުޅެންވީމަ ހުރިހާކަމެއްފެންނާނެ.
ނިކަމެތިރައްޔިތުމީހާ
19 April 2022
ތި ހިނގާ ދިޔައީ އެތަކެއް ފުރާނައަށް ނުރައްކާ ވާ ވަރުގެ ކަމެއް! ތި އަލިފާންގަޑު ނިއްވާނުލެވުނު ނަމަ މުޅި އިމާރާތް އެއްކޮށް އަނދައިގެން ދިޔަޔަސް ސިފައިންނަކަށް ނުނިއްވޭނެ! ތިހާ މައްޗަށް ފެން ޖެހުނުގެ ގާބިކު ކަމެއް އެމީބުބްގެ ނެތް. ހެޔޮ ނުވާނެ ތަންކޮޅެއް ބަލައިގެން އުޅެބަލަ
މަބުނީ
19 April 2022
މިހާ ގިނަ ބަޔަކު މަތިމައްޗަށް އުޑާހަމަޔަށްނަގާފަ ތޮއްޖަޢްސާފަ ހުރި ތަނެއްގަ އަލިފާން ނިއްވާ ސްޓޭސްޝަބެއް ގާއިމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް.
ހަސަންދީ
19 April 2022
ފުލެޓްތައް ލިބުނީ ހުސްނިކަމެތިންނަށް ކަމަށް ހަދައި ފުލެޓްތައް ހަދަން ހަމަސްދުވަސް ހޯދައި އަދި ނުވިތާކައް ކުލި ކުޑަކުރަން އުޅޭ ފުލެޓު ޖަމްޢިއްޔާ ސިޔާސީ ސްޓަންޓްތައް ޖައްސައި ހެދުމަށްވުރެ މިފަދަ ތަންނަނުގައި އުޅޭނެ އުސޫލުތަކާއި ތަހުޒީބުތައް ތަރުތީބުކޮށް ކިޔާދީ އެފަރާތްތައް އެވެއަރ ކުރުން ރަގަޅުނޫންބާ؟ ޢުޅެނީ ނިކަމެތިން ތަންހަދައުވަނީ ޔޫރަޕުގެ މިޑުލްކުލާސް ފެންވަރަށް
ފާނަކޮށި
19 April 2022
ވަރަށް ރަނގަޅު ވާހަކައެއް
ޖުހާނާ
19 April 2022
ކިތަންމެ ވަރަކަށް ހޭލުންތެރިކުރިޔަސް ގިނަ ދިވެހިންނެއް ރަނގަޅެއް ނުވާނެ. އެމީހަކު ބޭނުން ކަމެއް ކުރެވެން ވާނެކަމަށް ބަޔަކު އޮތީ ދިވެހިންނަށް ވިސްނާދީފައި. އެމީހުންގެ ފަހަތުން ރާއްޖޭގެ ގިނަ ބަޔަކު ދުވަނީ.
ޝާން ހަސަން
19 April 2022
8 ވަނަ ޓަވަރުގެ މަތީގަހުރި ގަސްއިންދާފަ ހުރި ޕޮޓުންވެސް އަނިޔާއެއް ނުވަނީސް ނަގަން އެޓަވަރު މީހުންނައް އަންގަވާ ދެއްވުން އެދި އެޗް ޑީ ސީ އަ ދައްނަވަންނ
ފްލެޓް
19 April 2022
މިތަނުގެ ބޭސްމަންޓްގައި ހުރި އެންމެ ސައިކަލެއްގަ ރޯވިޔަސް މުޅިތަން ހުއްޓުމަކަށް އަންނާނެ، ނެތް ސްޕްރިންކްލަރ ގަނޑެއްގެ ހިސާބުވެސް....... ވަރަށް ވާހަކަ.....
އައްލާ
19 April 2022
ވަޅިވެސް, ރޭގަވެސް ވަޅިހަރާ މީހަކު މަރާލައިފި.
ބޮޑުމީހާ
18 April 2022
ތިވެސް ކުރީ ސަރުކާރުގެ މައްސަލައެއް!
އާރުޓީސް
18 April 2022
ކުޅަނދު ހަމަނުވާ މީހުންނަށް ފުލެޓު ދިނީމަ ތިޔަކަހަލަ ކަންކަން ހިނގާނެ.
ބައި ކުޅަނދު
18 April 2022
ދިވެހިސްތާނުގަ އުޅޭތަ ކުޅަނދު ހަމަވާ ބައެއް. ކިޔަވަން ދަނީ ވެސް ގިނަ މީހުން ސެޓްފިކެޓް ހޯދަން. މީހުންނާ އިންނަނީ މުދަލަށް ރުފިޔާއަށް އުޅެން ފަސޭހަ އަށް.
ހާލުފޮޅި ފޮޅި
18 April 2022
ފްލެޓްގަ އުޅޭ ފުންނާބު އުސް މީހުންގެ ފަރުވާ ކުޑަކަން.. ދެން ބުނޭ ތަން ހަދާފަ ހުރި ގޮތުންނޭ ރޯވީ.. ވަރެއްގެ ބައެއް..