އަގްސާ މިސްކިތުގެ ސަރަހައްދުން ފަލަސްތީނުގެ އަންހެނަކު ހިނގާލާފައި ދަނީ. --ފޮޓޯ:އޭއެފްޕީ
18 އެޕްރީލް 2022 - 12:18
ފަލަސްތީނުގެ އެންމެހައި ރައްޔިތުން، އަލް ގުދުސް ނުވަތަ ބައިތުލް މަގްދިސްގައި ހުންނަ އަލް މަސްޖިދުލް އަގްސާ އަށް ޖަމާވެ، މުސްލިމުންގެ ތިން ވަނަ ހަރަމްފުޅުގައި، އިޒްރޭލު ސިފައިންނާއި ފުލުހުން ހިންގާ އުދުވާނީ އަމަލުތައް ހުއްޓުވުމަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފި އެވެ.
ފަލަސްތީނުގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުގެ ސަލާމަތީ ބާރުތައް މަސްޖިދުލް އަގްސާ އަށް ވަދެ ހިންގަމުން ދަނީ ވަރަށް އުދުވާނީ އަމަލުތަކެއް ކަމަށާއި އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. މިދިޔަ ހުކުރު ދުވަހު އިޒްރޭލް ސިފައިން ވަނީ އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފަ އެވެ.
Israeli occupation forces have raided Al-Aqsa Mosque in occupied East Jerusalem using tear gas and stun grenades ⤵️
— Al Jazeera English (@AJEnglish) April 15, 2022
🔗: https://t.co/PTMNuJPuXm pic.twitter.com/NhnODgrbvq
އިޒްރޭލުގެ ސިފައިންނާއި ފުލުހުން އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ވެސް މިހާރު އަންނަނީ، އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ތިބެގެން، ފަލަސްތީނު މީހުންނަށް ހަމަލާ ދެމުންނެވެ. އިއްޔެ ވެސް ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ފުލުހުން އަގްސާ މިސްކިތަށް ވަދެ، އެ މިސްކިތުގައި އަޅުކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ގެއްލުންދީ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Israeli occupation forces raided the Al-Aqsa Mosque compound in occupied East Jerusalem, with medics saying at least 152 Palestinians have been injured in the ensuing violence — in pictures https://t.co/nsugAoclij pic.twitter.com/vBAwmmkgE9
— Al Jazeera English (@AJEnglish) April 15, 2022
"އެކަން ހުއްޓުވުމަށްޓަކައި ކޮންމެ އަގެއް އަދާކުރަން ޖެހުނު ކަމަށް ވިޔަސް، އިޒްރޭލުގެ މި އުދުވާނީ އަނިޔާވެރި އަމަލުތައް އެ ގޮތުގައި ދެމިގެން ދާކަށް، ފަލަސްތީނު ރައްޔިތުން ދުލެއް ނުކުރާނެ،" ނަބީލް އަބޫ ރުދައިނާ ވިދާޅުވި އެވެ.
އަލް ގުދުސްގައި އޮންނަ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވެސް އިއްޔެ ވަނީ، އަގްސާ މިސްކިތުގެ ހިމާޔަތުގައި ވީހާ ގިނަ ބަޔަކު އަލް ގުދުސަށް ޖަމާވުމަށް ގޮވާލައިފަ އެވެ.
Israeli occupation forces terrorize and attack a #Palestinian father and his child at #AlAqsa Mosque in occupied #Jerusalem.#AlAqsaUnderAttack pic.twitter.com/T5BfF7hVSe
— Wafa News Agency - English (@WAFANewsEnglish) April 17, 2022
އިޒްރޭލުން އަގްސާ މިސްކިތުގައި ހިންގާ އުދުވާންތައް ކުށްވެރި ކުރައްވަމުން، ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އިއްޔެ ވިދާޅުވީ މަސްރަހު ހޫނުކުރަނީ އިޒްރޭލުން ކަމަށެވެ. އަދި އަލް އަގްސާ މިސްކިތުގެ ބައިނަލްއަގުވާމީ ހައިސިއްޔަތާއި އެ މިސްކިތުގެ ތާރީޚީ ހައިސިއްޔަތަށް ވެސް އިޒްރޭލުން އިހްތިރާމް ކުރަންޖެހޭނެ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ގާނޫނީ ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށް ވެސް އަބްދުﷲ ރަސްގެފާނު ގޮވައިލެއްވި އެވެ.
ޖޯޑްންގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަގްސާ މިސްކިތުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކަކީ، އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
Horrendous footage shows Israeli forces closing the gates of the Dome of the at #AlAqsa mosque, locking inside dozens of #Palestinian women who are still besieged there.#AlAqsaUnderAttack pic.twitter.com/3PFaYUkaOS
— Wafa News Agency - English (@WAFANewsEnglish) April 17, 2022
އިޒްރޭލު ސިފައިންނާއި ފުލުހުން އިއްޔެ އަގްސާ މިސްކިތަށް ވަދެ، އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް، ކަރުނަގޭހާއި ސްޓަން ގްރެނޭޑާއި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިން ހަމަލާ ދީފައިވެ އެވެ. ފަލަސްތީނުގެ އެތައް މުސްލިމުންނެއް ގުރުއާން ކިޔަވައި ނަމާދުކުރަން ތިއްބައި، ބާރުގެ ބޭނުންކޮށް މިސްކިތުން ފައްސައިލުމަށް ފަހު، ޔަހޫދީ ވަޒަންވެރިން މިސްކިތަށް ވަދެ އެތަނުގެ ތެރޭގައި ޔަހޫދީ ކިޔެވެލިތައް ކިޔަވައި އަޅުކަން ކުރުމަށް ފުރުސަތު ފަހިކޮށްދިނެވެ.
އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ މީހުން އަގްސާ މިސްކިތަށް ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް މަގު އަމާންކޮށްދިނުމުގެ ގޮތުންނެވެ.
Israeli occupation forces assault #Palestinian worshipers and evacuate them from the courtyards of #Jerusalem's al-Aqsa Mosque to secure Israeli settlers who are breaking into the Mosque. pic.twitter.com/ZF9j8Mud7h
— Wafa News Agency - English (@WAFANewsEnglish) April 17, 2022
އިޒްރޭލާއި ޖޯޑްންއާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާގެ ދަށުން، އަގްސާ މިސްކިތުގެ އެންމެހައި ކަންތައް ރާވައި ހިންގާނީ، ޖޯޑްން އިން ހިންގާ ވަގުފް ފަންޑެއްގެ ބެލުމުގެ ދަށުން އަދި އިޒްރޭލުގެ ސަލާމަތީ އިންތިޒާމުތަކާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އަގްސާގެ ކަންތައް ހިންގުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި، އަގްސާ މިސްކިތުގެ ގޯތިތެރޭގަ އާއި މިސްކިތުގެ ތެރޭގައި އަޅުކަން ކުރުމަށް ޔަހޫދީން ވަނުމަކީ މަނާކަމެކެވެ.
އޭގެ ބަދަލުގައި ޔަހޫދީންނަށް އަޅުކަމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ހުޅަނގު ފާރު ނުވަތަ ބުރާގު ފާރު ކައިރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
18 April 2022
މުސްލިމުންގެ ފުރަތަމަ ގިބުލަ ހަލާކުކޮށް އިހާނެތި ކުރަމުން ދާ އިރު. ކައިރީގައި އޮތް އަރަބި އިސްލާމީ ގައުމުތަކަށް ޖެހޭ އޮޔެއް ވަޔެއް ނެތް ކަހަލަ. މި ވެރިންނަކީ އުންމަތަށް ހިޔާނާތްތެރިވީ މީހުން. ﷲ އެމީހުންގެ ބަދަލުގައި އެގައުމުތަކަށް އުންމަތް ދެކެ ލޯބިވާ ބަޔަކު ފޮނުއްވާންދޭވެ.
ބަސީރު
18 April 2022
ދުނިޔޭގައި ހިގާ ހުރިހައި ކަމަކީ ﷲ ގެ އިރާދައިން ހިގާ ކަންކަން.
ބަސީރު އައް
18 April 2022
ތިހެން ނުބުނޭ! އެހެންވިއްޔާމުން މިހާރު ނަސްރު ލިބޭ ގައުމު ތަކަކީ..... ތިބުނަނީ ހުޅަގު ގެ ގައުމު ތަކައް މާ ތާއީދު އެބައޮތޭތަ؟